Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް އަބްދުﷲ ޔާމީން

ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާދޭނީ ހަމައެކަނި ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކަށް: ޔާމީން

ސިޔާސީ ކަންކަމުގައި، "މިނެދޭ ނާޅިން މިނެދޭން" އެބަޖެހޭކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖެނުއަރީ 2022 | ހޮނިހިރު 08:02
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

2023ގައި އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އައިސްފިނަމަ ސަރުކާރުގެ ވަޒީފާތައް ދޭނީ ހަމައެކަނި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ފަރާތްތަކަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްއިން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީއަށް ކެމްޕޭން ކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، 2023ގައި ޕީޕީއެމްގެ ސަރުކާރެއް ގާއިމުވެއްޖެނަމަ، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ވަޒީފާތަކަށް ނަންގަވާނީ ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތައް ކަމަށެވެ. އަދި އެހެން ބަޔަކަށް ޖާގަވެސް ނޯންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރު ޕީޕީއެމްއާއެކު މަސައްކަތްކުރާ މީހުންނަށް ޖާގަ އޮންނާނެކަމަށެވެ.

ޔާމީން ވިދާޅުވީ، ދެވަނަ ފަހަރަށް ވެރިކަމަށް އާދެވިއްޖެނަމަ، ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް ވަޒީފާތައް އިއާދަ ކުރައްވާނެ ކަމަށެވެ. އެގޮތަށް ކުރައްވާއިރު، ކުރިން ތިބި މަގާމަށްވުރެ ބޮޑު މަގާމެއް ދެއްވާނެ ކަމަށާއި އަދި އެކަމުގައި ހިލޭ ގާނޫނީ އެހީވެސް ފޯރުކޮށްދޭނެކަމަށެވެ. ސިޔާސީ ކަންކަމުގައި ކަންކަން ކުރަންވީ ގޮތް ދަސްވީ މި ސަރުކާރުން ކަމަށާއި، އެ ދަސްވި ކަންކަން އެމަނިކުފާނުގެ ސަރުކާރެއްގައިވެސް ކުރައްވާނެކަމަށެވެ. ރައީސް ޔާމީން ވަނީ ސިޔާސީ ކަންކަމުގައި "މިނެދޭ ނާޅިން މިނެދޭން" އެބަޖެހޭކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތަކާ ގުޅޭގޮތުންވެސް މި ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން ދައުލަތުން ހެކި އުފައްދާކަމަށް ޔާމީން ތުހުމަތު ކުރައްވައެވެ. އިދިކޮޅުގެ މަގުސަދަކީ އެކަންކަން ހުއްޓުވުންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިޚާބު ޕީޕީއެމްއަށް ގެއްލިގެން ދިޔައީ ޖުމްހޫރީ ޕާޓީއާއެކު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ބައެއް ގޮނޑިތައް އެ ޕާޓީއަށް ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، ޕީޕީއެމްގައި ރައީސް ޔާމީނުގެ ބަސް ހިނގާކަމުގައިވާނަމަ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއެއް އެހެން ބަޔަކަށް ދޫކޮށްނުލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންޔާމީން

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
11 އޮކްޓޯބަރު 2024

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު