Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކެންސަރު ބަލި

އެއީ ވޭންދެނިވި އެކަނިވެރިކުރުވާ ކަމެއް، އެކަމަކު ހިތްވަރާއެކު ކުރިއަށް

މިބަލިން ސަލާމަތްވެވޭނީ ހިތްވަރާއެކު ބައްޔާ ހަނގުރާމަކޮށްގެން

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2022 | ހުކުރު 12:38
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް

''އެއީ ވޭންދެނިވި އެކަނިވެރިކުރުވާ ކަމެއް، އެކަމަކު އާއިލާގެ އެންމެން އެ ކެކުޅުން ތަހައްމަލް ކުރޭ'' މިއީ ކެންސަރާއި ހަނގުރާމަކޮށް ރަނގަޅުވި މީހަކު އެކަމުގެ ތަޖުރިބާ ހިއްސާކުރި ގޮތެވެ. ތެދެކެވެ. ކެންސަރު ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. އެހާމެ ވޭންދެނިވި ބައްޔެކެވެ. ދުނިޔޭގެ އެތައް ބަޔަކު މިބަލީގައި ދުނިޔެ ދޫކުރަމުންދާއިރު، ބައްޔާއި ދެކޮޅަށް ގިނަ ބަޔަކު ދަނީ ހަނގުރާމަ ކުރަމުންނެވެ. ބަލީގެ ނުރައްކާތެރިކަމުން މަރު ބައްޔެއްގެ ގޮތުގައި ސިފަ ކުރާ މީހުން ވެސް މަދެއް ނުވާނެއެވެ. ނަމަވެސް މިއަދު ހާލަތު ވަނީ ބަދަލުވާން ފަށާފައެވެ. ސިއްހީ ގޮތުން ލިބޭ ކުރިއެރުމާއެކު، އަވަސް ގޮތެއްގައި ފަރުވާ ދެވި މިބަލިން އެއްކޮށް ރަނގަޅުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ބަލިން ރަނގަޅުވާ މީހުން އެކަން ހިއްސާކުރުމަކީ ބަލި ތަހައްމަލް ކުރާ މީހުންނަށް ލިބޭ ހިތްވަރަކަށް ވެސް ވެއެވެ.

ކެންސަރު ބަލިން ރަނގަޅުވެފައިވާ ހުސައިން ރަޝީދު ބުނެފައިވަނީ ކެންސަރު ބަލިޖެހުމަކީ ވަރަށް ވޭންލިބިދެނިވި އެކަނިވެރިކުރުވާ ކަމެއް ކަމަށާއި، އާއިލާގެ އެންމެން އެބައްޔެއްގެ ކެކުޅުން ތަހައްމަލްކުރަން ޖެހޭ ބައްޔެއް ކަމަށެވެ. މިބަލިން ސަލާމަތްވެވޭނީ ބަލިމީހާ ހިތްވަރާއެކު މިބައްޔާ ހަނގުރާމަކޮށްގެން ކަމަށެވެ. ހުސެއިން ރަޝީދު މިބައްޔާ ދެކޮޅަށް ނުކުތީ ނެތް ހިތްވަރުއާއެކު މާތްﷲށް ވަކީލުކޮށްގެންނެވެ. ގައިގައި އެތަކެއް ވޭނެއް އެޅިއެވެ. އެތައް ދުވަހެއް މާޔޫސްކަމުގައި ތަހައްމަލް ކުރިއެވެ. ނަމަވެސް އުންމީދު ކަނޑާލާނުލައި ބަލިން ސަލާމަތްވުމަށް މަސައްކަތް ކުރިއެވެ.

ހުސެއިން ރަޝީދު ކިޔާދިން ގޮތުގައި އޮޕަރޭޝަނަކީ މިބަލީގެ އެންމެ ފަސޭހަ މަރުހަލާއެވެ. ކީމޯއާއި ރޭޑިއޭޝަން ފަރުވާގެ މަރުހަލާއަކީ އެކަނިވެރިކުރުވާ ދުނިޔެމަތިން ފޫހިކުރުވާ މަރުހަލާއެކެވެ. އަދި ބައްޔާއި ކުރިމަތިލާންވީ ވަގުތަކީ ކީމޯއާއި ރޭޑިއޭޝަން ފަރުވާގެ ވަގުތު ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ހުސެއިން ރަޝީދު އޭނާ ފަރުވާ ފެށީ އާއިލާ މެންބަރުންނާއި ވަކިން އެކަނިމާއެކަނި ހުރެއެވެ. އެދުވަހު ސަޕޯޓު ގުރޫޕެއް ވެސް ނެތް ކަމަށާއި ކެންސަރ ސޮސައިޓީއެއް ވެސް ނެތް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން މިބަލީގައި ކާމިޔާބު އެދޭ މީހުންނަށް ހިތްވަރަކީ ވަރަށް މުހިންމު އެއްޗެކެވެ. އަދި އެފަދަ މީހުންނާއި އާއިލާތަކަށް ހިއްވަރު ދިނުމަށް ވެސް އޭނާ އެދިފައިވެއެވެ.

ހުސެއިން ރަޝީދުގެ ހިތްވަރާއެކު، މާތްﷲގެ އިރާދަފުޅާއެކު އޭނާ ވަނީ މިއަދު ކެންސަރު ބަލިން ސަލާމަތްވެފައެވެ. މިބަލިން ސަލާމަތްވިތާ 20 އަހަރު އަންނަ މާޗް މަހުގެ 3 ވަނަ ދުވަހު ފުރުނު ނަމަވެސް އަދިވެސް އޭނާގެ ހިތުން އެބިރުވެރިކަން ފިލައިގެން ނުދެއެވެ. އެއީ އޭނާ ކެންސަރާއި ހަނގުރާމަ ކުރި ދުވަސްވަރަކީ ރާއްޖެ އެހާ ބޮޑަށް ކެންސަރަށް ހޭލުންތެރި ދުވަސްވަރަކަށް ނުވާތީއެވެ. ގިނަ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައިވާތީއެވެ.

ނަމަވެސް މިހާރު ވަނީ ވަރަށް ބޮޑަށް ހާލަތު ބަދަލުވެފައެވެ. ދަތުރުފަތުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކެންސަރު ބަލި ތަހައްމަލް ކުރަމުންދާ މީހުންނަށް އެހީވުމަށް ކެންސަރ ސޮސައިޓީ ފަދަ ގިނަ ޖަމިއްޔާތައް ހުރެއެވެ. ސިއްހީ ފަރުވާ ފުޅާވެ، ޚިދުމަތް އަވަހަށް ހޯދެއެވެ. ފަރުވާއަށް މާލީ ތަނަވަސްކަން ނުލިބި ހިތް މާޔޫސްވާކަށް މިއަދު ނުޖެހެއެވެ. ހުރިހާ ގޮތަކުން ވެސް ވަނީ ކުރިއެރުން ލިބިފައެވެ. މީގެ އިތުރުން ކެންސަރުގެ ތަފާތު ބަލިތަކަށް އާއްމުން ހޭލުންތެރިކުރުވައި، ކެންސަރަށް މީހާ ހުށަހެޅިގެންދާ އެންމެހައި ކަންކަމުން ދުރުވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ވެސް ތަކުރާރުކޮށް ދަނީ އިލްތިމާސް ކުރަމުންނެވެ. އެހެންކަމުން މިބަލި ތަހައްމަލު ކުރަމުންދާ ހުރިހާ ފަރާތްތަކުން ވެސް އައުހިތްވަރަކާއެކު ބައްޔާއި ހަނގުރާމަ ކުރުން ބުއްދިވެރިއެވެ.

ކެންސަރު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
22 އޮކްޓޯބަރު 2025

ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި

22 އޮކްޓޯބަރު 2025
ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި
18 އޮކްޓޯބަރު 2025

50 ބާވަތުގެ ކެންސަރު ދެނެގަނެވޭ ލޭގެ ޓެސްޓަކުން ލިބުނު ނަތީޖާ އިން އުއްމީދު

18 އޮކްޓޯބަރު 2025
50 ބާވަތުގެ ކެންސަރު ދެނެގަނެވޭ ލޭގެ ޓެސްޓަކުން ލިބުނު ނަތީޖާ އިން އުއްމީދު
04 ފެބުރުއަރީ 2025

ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

04 ފެބުރުއަރީ 2025
ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
12 އެޕްރީލު 2024

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

12 އެޕްރީލު 2024
ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު