Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެންސަރު ބަލި

ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭ

4 ފެބުރުއަރީ 2024 | އާދީއްތަ 08:18

ފެބުރުއަރީ 4 އަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ފެބުރުއަރީ 2024 | އާދީއްތަ 08:18
ރޯށަނީ ބިލްޑިންގް

ރޯށަނީ ބިލްޑިންގް | ސޯޝަލް މީޑިއާ

ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ކެންސަރަށް ޚާއްސަ ދުވަސް ފާހަގަ ކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި، އަދި ބަލި ޖެހުމުން ފަރުވާ ހޯދޭނެ ގޮތްތަކާމެދު މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ.

Advertisement - newsAdvertisement

ކެންސަރު ބައްޔަކީ ހަށިގަނޑުގެ ބައެއް ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓި އާދަޔ ޚިލާފަށް ގިނައިން ސެލް އުފެދުމުން ޖެހޭ ބަލިބަލީގެ ތެރެއިން ހިމެނޭ ބައްޔެެއް ކަމަށާއި، ކެންސަރުބަލީގެ ވަރަށް ގިނަ ވައްތަރުތައް ހުންނަަކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބައްޔަކީ ހަށިގަނޑުގެ އެކި ތަންތަނުގައި އުފެދިދާނެ ބައްޔެކެވެ. އަދި ކެންސަރުގެ ޓިއުމަރުތައް އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް އެހެން ހިސާބުތަކަށްވެސް ފޯރައި ފެތުރެއެވެ.

އޭގެ އިތުރުން، މި ބަލި ދުރާލާ ދެނެގަނެ ފަރުވާ ނުލިބިއްޖެނަމަ ނުވަތަ ފަރުވާއިން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ހަށިގަނޑުގެ އެހެން ބައިތަކަށް ނުވަތަ ގުނަވަންތަކަށް ބަލި ފެތުރިގެންދެއެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެގިނައިން މީހުން މަރުވާ ސަބަބެވެ. އެގޮތުން ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވެއެެވެ.

މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރުބަލި ޖެހި މަރުވާ މީހުންކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ކެންސަރު ޖެހުމަށް ގިނައިން މަގުފަހިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ހިރާސްތަކުގެ ސަބަބުންކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ އެފަދަ އަމަލުތަކުން ދުރުވުމާއެކު ކެންސަރު ބައްޔަށް ސްކްރީންކޮށް ބަލީގެ ކުރީ ކޮޅުގައި ބަލި ދެނަގަނެވުމުން ކެންސަރު ޖެހުމުގެ ނިސްބަތް ތިންބައިކުޅަ އެއްބައި ދަށްކުރެވޭކަން ފާހަގަކޮށްފައެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި ދިވެހިރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ 03 ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން އަންދާޒާ ކުރި 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.

އެޗްޕީއޭއިން ބުނީ، ކެންސަރު ބަލިން ރައްކާތެރިވުމަށާއި މި ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކެންސަރު ބަލީގެ ރެޖިސްޓަރީ ޤާއިމުކޮށް "ނެޝަނަލް ކެންސަރ ރެޖިސްޓްރީ" ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

އަދި 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރެޖިސްޓްރީގައި ތިބި ކެންސަރު ބަލި މީހުން މި ރެޖިސްޓްރީއަށް އަޅައި، އަދާ ހަމަކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށްވެސް ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ، މި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ނުވަތަ ބްރެސްޓް ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ލޭގެ ކެންސަރު، ތައިރޮއިޑް، ޕްރޮސްޓޭޓް ކެންސަރު އިތުރުކަމަށެވެ.

ފެބުރުއަރީ 4 އަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. 2024 ވަނަ އަހަރަށް ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" އެވެ.

ކެންސަރުއެޗްޕީއޭ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލުކޮށްފައިވާ ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކަނީ، ސަމާލުވޭ!

12 އޯގަސްޓު 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލުކޮށްފައިވާ ބެޗެއް ރާއްޖެ އެތެރެކޮށް ވިއްކަނީ، ސަމާލުވޭ!
28 ޖުލައި 2026

ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބޭބީ ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތައް ނިމުމަކަށް ގެނައުމަށް 5.5 ބިލިއަން ޑޮލަރު ހުށަހަޅައިފި

28 ޖުލައި 2026
ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބޭބީ ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތައް ނިމުމަކަށް ގެނައުމަށް 5.5 ބިލިއަން ޑޮލަރު ހުށަހަޅައިފި
20 ޖުލައި 2026

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ

20 ޖުލައި 2026
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ
10 ޖުލައި 2026

2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ

10 ޖުލައި 2026
2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ
09 ޖުލައި 2026

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި

09 ޖުލައި 2026
49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި
05 ޖުލައި 2026

ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި

05 ޖުލައި 2026
ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި
06 މާރިޗު 2026

ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ދެނެގަތުމަށް ހެލްތު މިނިސްޓްރީއާއެކު ދަނީ މަޝްވަރާ ކުރަމުން: މިނިސްޓަރު މާރިޔާ

06 މާރިޗު 2026
ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ދެނެގަތުމަށް ހެލްތު މިނިސްޓްރީއާއެކު ދަނީ މަޝްވަރާ ކުރަމުން: މިނިސްޓަރު މާރިޔާ
12 ފެބުރުއަރީ 2026

ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟

12 ފެބުރުއަރީ 2026
ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟
04 ފެބުރުއަރީ 2026

ރާއްޖޭގައި ކެންސަރު ބަލި އާއްމު، 2025 ވަނަ އަހަރު ވެސް 100ށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވޭ

04 ފެބުރުއަރީ 2026
ރާއްޖޭގައި ކެންސަރު ބަލި އާއްމު، 2025 ވަނަ އަހަރު ވެސް 100ށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވޭ
03 ފެބުރުއަރީ 2026

ކޮންމެ އަހަރަކު ހަތް މިލިއަން މީހުންނަށް ކެންސަރު ޖެހުން ހުއްޓުވިދާނެ: ޑަބްލިއުއެޗްއޯ

03 ފެބުރުއަރީ 2026
ކޮންމެ އަހަރަކު ހަތް މިލިއަން މީހުންނަށް ކެންސަރު ޖެހުން ހުއްޓުވިދާނެ: ޑަބްލިއުއެޗްއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް