Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ކެންސަރު

50 ބާވަތުގެ ކެންސަރު ދެނެގަނެވޭ ލޭގެ ޓެސްޓަކުން ލިބުނު ނަތީޖާ އިން އުއްމީދު

މި ޓެސްޓުން ވަރަށް ގިނަ ކެންސަރުތައް ފުރަތަމަ މަރުޙަލާގައި ދެނެގަނެވޭތީ، ފަރުވާ ފަސޭހައިން ކުރެވި، ބަލިން ރަނގަޅުވުމުގެ ފުރުޞަތު އިތުރުވެގެންދާނެ ކަމަށް ދިރާސާ ކުރި ފަރާތްތަކުން ބުނެއެވެ.

ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2025 | ހޮނިހިރު 12:23
ލެބް ޓެކްނީޝަނަކު ޓެސްޓް ކުރުމަށް ލޭގެ ސާމްޕަލެއް ތައްޔާރު ކުރަނީ

ލެބް ޓެކްނީޝަނަކު ޓެސްޓް ކުރުމަށް ލޭގެ ސާމްޕަލެއް ތައްޔާރު ކުރަނީ

އައު ދިރާސާއަކުން ދައްކާގޮތުގައި، 50 އަށްވުރެ ގިނަ ބާވަތުގެ ކެންސަރު ދެނެގަތުމަށް ކުރެވޭ ލޭގެ ޓެސްޓަކުން ބަލި ދެނެގަތުމުގެ މަސައްކަތް އަވަސް ކުރެވިދާނެ އެވެ.

އުތުރު އެމެރިކާގައި ކުރެވުނު ތަޖުރިބާއެއްގެ ނަތީޖާ އިން ދައްކާގޮތުގައި، މި ޓެސްޓުން ވަރަށް ގިނަ ބާވަތުގެ ކެންސަރުތައް ދެނެގަނެވުނެވެ. އޭގެ ތެރެއިން ހަތަރުބައިކުޅަ ތިންބަޔަކީ އެއްވެސް ބާވަތެއްގެ ސްކްރީނިންގ ޕްރޮގްރާމެއް މިހާތަނަށް ނެތް ކެންސަރުތަކެވެ.

މި ޓެސްޓުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކެންސަރުތައް ދެނެގަނެވުނީ ބަލީގެ ފުރަތަމަ މަރުޙަލާގައެވެ. މި މަރުޙަލާގައި ބައްޔަށް ފަސޭހަ އިން ފަރުވާ ކުރެވޭނެއެވެ. އަދި ފަސޭހަ އިން ރަނގަޅު ކުރެވިދާނެއެވެ.

އެމެރިކާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމުގައިވާ ގްރެއިލް އިން އުފައްދާފައިވާ ގެލެރީ ޓެސްޓުން، ކެންސަރުގެ ޓިއުމަރުން ނެއްޓިފައިވާ ކެންސަރުގެ ޑީއެންއޭގެ ބައިތައް ލޭގައި ހުރިތޯ ދެނެގަނެވެއެވެ. މިހާރު އިނގިރޭސިވިލާތުގައި ދަނީ މި ޓެސްޓު ތަޖުރިބާ ކުރަމުންނެވެ.

މި ތަޖުރިބާގައި އެމެރިކާ އާއި ކެނެޑާގެ 25،000 މީހުން އެއް އަހަރު ދުވަހުގެ މުއްދަތަށް މޮނިޓަރ ކުރެވުނެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ކޮންމެ 100 މީހަކުން އެކަކަށް ޕޮޒިޓިވް ނަތީޖާ ލިބުނެވެ. މި ޕޮޒިޓިވް ނަތީޖާ ތަކުގެ ތެރެއިން 62 އިންސައްތައިގައި ފަހުން ކެންސަރު ހުރިކަން ކަށަވަރު ކުރެވުނެވެ.

މި ދިރާސާގެ އިސްފަރާތް ކަމުގައިވާ، އޮރެގަން ހެލްތު އެންޑް ސައިންސް ޔުނިވަރސިޓީގެ ރޭޑިއޭޝަން މެޑިސިންގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ނިމާ ނަބަވިޒާދޭ ވިދާޅުވީ، މި ޑޭޓާ އިން ދައްކާގޮތުގައި މި ޓެސްޓުން ކެންސަރު ސްކްރީން ކުރުމުގެ އުސޫލުތަކަށް "އަސާސީ ބަދަލެއް" ގެނެވިދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ޓެސްޓުން ވަރަށް ގިނަ ބާވަތުގެ ކެންސަރުތައް "ކުރީކޮޅު ދެނެގަނެވިދާނެ" ކަމަށެވެ. "އެއީ ކާމިޔާބު ފަރުވާ އެއް ދިނުމަށް ނުވަތަ ފަސޭހަ އިން ރަނގަޅު ކުރެވުމުގެ ފުރުޞަތު އެންމެ މުހިންމު ދަނޑިވަޅު" ކަމަށް އޭނާ ވިދާޅުވިއެވެ.

ނެގެޓިވް ނަތީޖާ ލިބުނު މީހުންގެ ތެރެއިން 99 އިންސައްތަ އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުގައި ކެންސަރު ނެތްކަން މި ޓެސްޓުން ރަނގަޅަށް ދެނެގަނެވުނެވެ.

ގައިނެކޮލޮޖިކަލް، ބޮވެލް، ފުއްޕާމޭ އަދި ސަރވިކަލް ސްކްރީނިންގ އާ އެކު މި ޓެސްޓު ބޭނުން ކުރުމުން، ޖުމުލަ ގޮތެއްގައި ދެނެގަނެވުނު ކެންސަރުތަކުގެ އަދަދު ހަތް ގުނައަށް އިތުރުވިއެވެ.

އެންމެ މުހިންމު ކަމަކީ، ދެނެގަނެވުނު ކެންސަރުތަކުގެ ތެރެއިން ހަތަރުބައިކުޅަ ތިންބަޔަކީ އެއްވެސް ބާވަތެއްގެ ސްކްރީނިންގ ޕްރޮގްރާމެއް ނެތް ކެންސަރުތަކެވެ. މީގެ ތެރޭގައި އޮވެރިއަން، ލިވަރ، މައިދާ، ބްލެޑަރ އަދި ޕެންކްރިއަސްގެ ކެންސަރު ހިމެނެއެވެ.

މި ލޭގެ ޓެސްޓުން 10 ކޭސް ގެ ތެރެއިން 9 ކޭހުގައި ކެންސަރު ފެށުނު ގުނަވަން ރަނގަޅަށް ދެނެގަނެވުނެވެ.

މި ފާހަގަކޮށްލެވޭ ނަތީޖާތަކުން ދައްކާ ގޮތުގައި، މުސްތަޤުބަލުގައި ކެންސަރުގެ ކުރީކޮޅު ބަލި ދެނެގަތުމުގައި މި ލޭގެ ޓެސްޓަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ.

ނަމަވެސް، މި ދިރާސާގައި ބައިވެރިނުވާ ސައިންޓިސްޓުން ބުނާގޮތުގައި، މި ލޭގެ ޓެސްޓުން ކެންސަރުން މަރުވާ މީހުންގެ އަދަދު މަދުކުރެވޭކަން ދެއްކުމަށް އިތުރު ހެކި ބޭނުންވެއެވެ.

ޔޫކޭ ގެ އެންއެޗްއެސް އިން ކުރިން ބުނެފައިވަނީ، ނަތީޖާތައް ކާމިޔާބު ވެއްޖެ ނަމަ، އިތުރު އެއް މިލިއަން މީހުންނަށް މި ޓެސްޓުތައް ފުޅާކުރާނެ ކަމަށެވެ.

ގްރެއިލްގެ ބަޔޯފާމާގެ ރައީސް ސަރ ހަރޕާލް ކުމާރު މި ނަތީޖާ ތަކަކީ "ވަރަށް އުއްމީދީ" ނަތީޖާ ތަކެއް ކަމަށް ވިދާޅުވިއެވެ.

ބީބީސީ ރޭޑިއޯ 4 ގެ ޓުޑޭ ޕްރޮގްރާމަށް ވާހަކަ ދައްކަވަމުން އޭނާ ވިދާވިދާޅުވީ، "ކެންސަރުން މަރުވާ މީހުންގެ ތެރެއިން ގިނަ މީހުން މަރުވަނީ އެމީހުންގެ ކެންސަރު ދެނެގަނެވެނީ މާ ލަހުން ކަމަށް ވާތީއެވެ."

ގިނަ ކެންސަރުތައް ދެނެގަނެވެނީ "ވަރަށް ލަސް ހިސާބުން" ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. އަދި މަޤްޞަދަކީ "ކުރީކޮޅު ދެނެގަތުމަށް ބަދަލުވުން" ކަމަށާއި، އޭރުން "މާ ފައިދާހުރި އަދި ފަހަރެއްގައި ފަސޭހައިން ރަނގަޅު ކުރެވިދާނެ ފަރުވާތައް ބޭނުން ކުރުމުގެ ފުރުޞަތު ލިބޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

ކެންސަރުގެލެރީ ޓެސްޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި

ބައިޑަން، ކެންސަރު ފަރުވާގެ ރޭޑިއޭޝަންގެ ފުރަތަމަ މަރުހަލާ ނިންމާލައިފި

22 އޮކްޓޯބަރު 2025
ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

04 ފެބުރުއަރީ 2025
ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

12 އެޕްރީލު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭ

ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނޭ

04 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު