Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ޗައިނާގެ ހާލަތު

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ބެއިޖިންގ އެތެރޭގައި ދަތުރުކުރުމުގައި ކޮންޓްރޯލްތަކެއް

ކޭސްތަކުގެ އަދަދު މަދުނަމަވެސް ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިމިވަނީ ކޮވިޑް ފެތުރުން މިހާރަށްވުރެވެސް ބޮޑަށް ކޮންޓްރޯލް ކުރުމުގެ ގޮތުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ޖެނުއަރީ 2022 | ހުކުރު 00:41
ބެއިޖިންގ ގައި ވިންޓަރ އޮލިމްޕިކްސް ބާއްވާ ސަރަހައްދުގައި ޕެރެމެޑިކްސް ހަރަކާތްތެރިވަނީ

ބެއިޖިންގ ގައި ވިންޓަރ އޮލިމްޕިކްސް ބާއްވާ ސަރަހައްދުގައި ޕެރެމެޑިކްސް ހަރަކާތްތެރިވަނީ

ކުރިޔަށް އޮތް ވިންޓަރ އޮލިމްޕިކްސް އާއި ދިމާކޮށް ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ބެއިޖިންގ ގެ އެތެރޭގައި މީހުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ކޮންޓްރޯލްތަކެއް ގެންގުޅެން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ބެއިޖިންގ އިން ފެނިފައިވާ ކޭސްތަކުގެ އަދަދު މަދުނަމަވެސް ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައިމިވަނީ ކޮވިޑް ފެތުރުން މިހާރަށްވުރެވެސް ބޮޑަށް ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. އެގޮތުން ބެއިޖިންގ ގެ ފެންގތާއީ ޑިސްޓްރިކްޓުގައި ދިރިއުޅޭ މީހުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެމީހަކު އުޅޭ ސަރަހައްދުން އެހެން ސަރަހައްދަކަށް ނުދިޔުމަށް ވަނީ އަންގާފައެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮވިޑް ޓެސްޓްކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެޑިސްޓްރިކްޓަކީ ބެއިޖިންގ އިން މިހާރު ފެންނަމުންދާ ކޭސްތައް އެންމެ ގިނައިން ފެންނަމުންދާ ޑިސްޓްރިކްޓެވެ. އެއާއެކު އެޑިސްޓްރިކްގެ ބައެއް ސަރަހައްދުތައް ވަނީ ލޮކްޑައުންވެސްކޮށްފައެވެ.

ބެއިޖިންގ އިން ބުދަ ދުވަހު ފެނިފައިވަނީ ކޮވިޑްގެ 5 ކޭހެކެވެ. އެއީ އޭގެކުރީ ދުވަހާ އަޅާބަލާއިރު 14 ކޭސްގެ މަދުވުމެއްކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ)ން ބުނެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ޗައިނާއިން ފެންނަ ކޭސްތަކުގެ އަދަދު މަދުނަމަވެސް ޗައިނާ ފާހަގަވަނީ ބޮޑެތި ފިޔަވަޅުތަކެއް އަދިވެސް އަޅަމުން އަންނަ ޤައުމެއްގެ ގޮތުގައެވެ. އެގޮތުން ކޭސްތައް ފެންނަ ހިސާބުތައް ލޮކްޑައުންކުރުމަށްފަހު އެސަރަހައްދުގައި އުޅޭ މީހުން ޓެސްޓްކުރުމަކީ ޗައިނާއިން މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ.

ވަކިން ޚާއްސަކޮށް ކުރިޔަށް އޮތް އޮލިމްޕިކްސް ގޭމް އާއި ދިމާކޮށް ގިނަ ބަޔަކު ޗައިނާއަށް ދާނެތީ ކޭސްތައް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

އޮލިމްޕިކް ގޭމްސް އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ގޭމްއާ ގުޅުންހުރި 23 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ބެއިޖިންގ އިން 60 ކޭސް ފެނިފައިވެއެވެ. ބެއިޖިންގ ގެ އޮފިޝަލުން ބުނެފައިވަނީ މީގެތެރެއިން ގިނަ ކޭސްތަކަކީ ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ކަމަށެވެ. ނަމަވެސް ވަރަށް މަދުން އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ފެނިފައިވާކަމަށް ވަނީ ބުނެފައެވެ.

ޗައިނާގެ އަށް ޕްރޮވިންސަކުން ވަނީ އޮމިކްރޯން ވޭރިއަންޓް ފެނިފައެވެ. ނަމަވެސް ފެނިފައިވަނީ އޮމިކްރޯން ވޭރިއަންޓްގެ ކިތައް ކޭސްކަމެއް ޗައިނާއިން ހާމައެއްނުކުރެއެވެ.

ކޮވިޑް ޕެންޑަމިކް ފެށުނު ފަހުން ޗައިނާގެ ބޯޑަރު ވަނީ ގިނަ ބަޔަކަށް ބަންދުކޮށްފައެވެ. އަދި ޗައިނާއަށް އެތެރެވާ މީހުން ދެ ހަފްތާގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަންޖެހެއެވެ.

ޗައިނާގެ އިމިގްރޭޝަން އޮފިޝަލުން ބުނާ ގޮތުގައި 2021 ވަނަ އަހަރު ޗައިނާއަށް އެތެރެވި އަދި ޗައިނާއިން ބޭރުވި މީހުންގެ ނިސްބަތް އޭގެކުރީ އަހަރާއި އަޅާބަލާއިރު ވަނީ 65.9 އިންސައްތަ ދަށަށްގޮސްފައެވެ.

ކޮވިޑް-19ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު