Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް

"ރާއްޖޭގައި ރިޝްވަތުގެ އަމަލުތައް ހިންގާ މިންވަރަށް ބަލާއިރު، ކުދި ރިޝްވަތުތައް ހިންގުން މަދު"

ޕްރޮޖެކްޓުތައް ޙަވާލުކުރާއިރު ޕްރޮކިއުމަންޓް އުސޫލުތަކާއި އެއްގޮތަށް އެކަންކަން ކުރަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2022 | ބުދަ 05:13
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 3 ޕޮއިންޓް ދަށްވެ، ރާއްޖެ ވަނީ 10 ގިންތި ދަށަށް ގޮސްފައި

ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 3 ޕޮއިންޓް ދަށްވެ، ރާއްޖެ ވަނީ 10 ގިންތި ދަށަށް ގޮސްފައި

ރާއްޖޭގައި ރިޝްވަތުގެ އަމަލުތައް ހިންގާ މިންވަރަށް ބަލާއިރު، ކުދި ރިޝްވަތުތައް ހިންގުން މަދު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގްރާންޓްސް އެންޑް އައުޓްރީޗް މެނޭޖަރ ޝާޒިޔާ އަލީ ވަނީ 2021 ވަނަ އަހަރުގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްއަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ.

ޝާޒިޔާ ވިދާޅުވީ، ރާއްޖޭގައި ރިޝްވަތުގެ އަމަލުތައް ހިންގާ މިންވަރަށް ބަލާއިރު، ކުދި ރިޝްވަތުތައް ހިންގުން މަދު ކަމަށެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ ގްރޭންޑް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާކަން ކަމަށް ޝާޒިޔާ ވިދާޅުވިއެވެ. އެގޮތުން މަދު ބައެއްގެ އަތުގައި ސަރުކާރުގެ ހިންގުމަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުންވެސް އެކަމަށް މަގުފަހިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ރައްޔިތުންގެ ފައިސާ ބޭނުންކުރާ ގޮތާއި، އެކަމާއި ގުޅިގެން ފެންމަތިވާ ގޮންޖެހުންތަކުގެ ސަބަބުންވެސް ކޮރަޕްޝަނަށް މަގުފަހިވާކަމަށް އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ޕްރޮޖެކްޓުތައް ޙަވާލުކުރާއިރު ޕްރޮކިއުމަންޓް އުސޫލުތަކާއި އެއްގޮތަށް އެކަންކަން ނުކުރެވުމަކީވެސް ކޮރަޕްޝަން އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ފަހަތަށް ދާން މެދުވެރިވެދާނެ ސަބަބެއްކަމަށް ޝާޒިޔާ ވިދާޅުވިއެވެ. ވުމާއެކު އެކަންކަން މަދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަންވެސް އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، ސިވިލް ސަރވިސްގެ މަސައްކަތްތަކަށް މުވައްޒަފުން ނަގާއިރު، ލިބިފައިވާ ފެންވަރަށް ބެލުމަށްވުރެ ބޮޑަށް އާއިލީ އަދި ރައްޓެހިކަމުގެ ގުޅުމަށް އިސްކަންދީގެން ވަޒީފާތައް ދިނުން ފަދަ ކަންކަމަކީވެސް ރަނގަޅު ކުރަން ޖެހިފައިވާ ކަމެއްކަމަށް ޝާޒިޔާ ވިދާޅުވިއެވެ. އަދި ތަހުގީގީ އިދާރާތަކަށް ބިރު ދެއްކުމާއި ނުފޫޒު ފޯރުވުން ފަދަ ކަންކަމަކީވެސް ޚާއްސަ ސަމާލުކަމެއް ދީގެން ޙައްލު ކުރަންޖެހޭ ކަންކަންކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްއަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.

ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ފަރާތުން ނެރުނު ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް އަންގާރަ ދުވަހު އާންމުކޮށްފައިވާއިރު، މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓުން ދަށުން ސްކޯރ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.

2020 ވަނަ އަހަރުގެ ސީޕީއައިއިން ދިވެހިރާއްޖެއަށް ލިބުނީ، 180 ގައުމުގެ ތެރެއިން 75 ގިންތި އަދި 43 ޕޮއިންޓް ކަމުގައި ވީނަމަވެސް 2021ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި އަދި 40 ޕޮއިންޓްކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންޓްރާންސްޕޭރަންސީފަލަ ސުރުޚީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު