Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުދުމުހުތާރު ވެރިކަން

ގާނޫނު އަސާސީ ވަނީ ޕެރަލައިޒް ކޮށްފައި، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން މަޝްވަރާގެ މޭޒަށް އަރަންޖެހޭ: ޑރ.ޑީޑީ

23 އޯގަސްޓު 2025 | ހޮނިހިރު 05:51

ސަރުކާރުން ދަނީ އެއްދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި، ހައްގުތަކަށް އަރައިގަންނަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޯގަސްޓު 2025 | ހޮނިހިރު 05:51
ފަަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވާހަކަދައްކަވަނީ

ފަަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގެ ފެހި ގާނޫނު އަސާސީ ޕެރަލައިޒް ކޮށްލާފައިވާ ކަމަށާއި، ރައްޔިތުންނާއި ގައުމުގެ ހައްގުގައި ސިޔާސީ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން މަޝްވަރާގެ މޭޒަށް އަރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ.ޑީޑީ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ އެއްދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލައި، ރައްޔިތުންގެ ހައްގުތަކަށް އަރާގަންނަމުން ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކުން އެ މަންޒަރު ފެންނަމުންދާ ކަމަށާއި، ރައްޔިތުން އިންތިޚާބު ކުރި ވެރިއެއް ނަމަވެސް މިއީ ރައްޔިތުންގެ ވެރިކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ ހުންނެވީ ރަސްކަލެއްގެ ވިސްނުންފުޅުކަން ފާހަގަކުރައްވައި ޑރ.ޑީޑީ ވިދާޅުވީ އެމަނިކުފާނުގެ އަތްޕުޅަށް ހުރިހާ ބާރުތަކެއް ނަންގަވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންގެ ހުރިހާ ބާރެއް ވައު ކުރަމުންދާ ކަމަށެވެ. އަދި ފެހި ގާނޫނު އަސާސީގެ ބާރުތައް ކަނޑުވާލާފައި މުޅި ގާނޫނު އަސާސީ ޕެރަލައިޒްކޮށްލާފައިވާ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

ޑރ.ޑީޑީ ވިދާޅުވީ މިސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގައި ބޮޑުތަޅުއަޅުވައި، ނުހައްގުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށް، ފަނޑިޔާރުގެ ގޭގެ ބާރުވެރިކަން ވެސް ކަނޑުވާލާފައިވާ ކަމަށެވެ. ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، މިހާރު މިނިވަން މީޑީއާތަކުގައި ތަޅުއެޅުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޑީޑީ ވިދާޅުވީ ގައުމުގައި ހުދުމުހުތާރު ވެރިކަމެއްގެ ނުރައްކާތެރި ރަނގަބީލު ޖެހެމުންދާއިރު، ރައްޔިތުންނާއި، ގައުމުގެ ހައްގުގައި މިސަރުކާރާ ދެކޮޅު ހުރިހާ ސިޔާސީ ލީޑަރުން މަޝްވަރާގެ މޭޒަށް އަރައި، ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށެވެ.

މިއީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް. މިކަމުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިދިކޮޅު ހުރިހާ ފަރާތްތަކުން ވަރަށް ފުންކޮށް ވިސްނައިވަޑައިގެން، އެއްމޭޒު ދޮށަށް މަޝްވަރާ މަޖިލީހަށް ވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވާފައި ތިބި ބޭފުޅުންގެ ތެރޭގައި ރައީސް ސާލިހާއި، ރައީސް ޔާމީން ހިމެނިވަޑައިގަންނަވާނެ. އެހެންވީމަ މިދެބޭފުޅުންގެ މަޝްވަރާގެ މޭޒުދޮށަށް ވަޑައިގެން މިގައުމުގެ މިހާރު މިއޮތް އަނިޔާވެރި ވެރިކަމުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ އެނގޭތޯ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ

ޑރ.ޑީޑީ ވިދާޅުވީ ސިޔާސީ ވާދަވެރިކަން އެއްފަރާތް ކުރުމަށްފަހު، މިއަދު އޮޕަޒިޝަން ޕާޓީތަކުގެ ވެރިން ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަމަށާއި، މިގައުމުގެ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ގާނޫނު އަސާސީގެ ދިފާއުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ރައްޔިތުން އެކައްޗެއްކިޔައި، އެއްކޮށް ނުކުންނަންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް