Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑަށް ޓެސްޓްކުރާ އިތުރު ސެންޓަރުތައް

ސިނަމާލެ ބްރިޖް ޕާކިންގ ޒޯންގައި ކޮވިޑަށް ޓެސްޓްކުރާ ސެންޓަރެއް

ހުޅުމާލެ ފޭސް 2 ގެ އެޗް8 ޓަވަރުންވެސް ސާމްޕަލް ނަގައިދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ޖެނުއަރީ 2022 | ބުދަ 01:06
ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން

ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން

ސިނަމާލެ ބްރިޖް ޕާކިންގ ޒޯންގައި ބުދަ ދުވަހުން ފެށިގެން ކޮވިޑަށް ޓެސްޓްކުރުމަށް ސެންޓަރެއް ހުޅުވާފައި ހުންނާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އެތަނުން ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ހެނދުނު 9ން މެންދުރު 12ށް އަދި މެންދުރުފަހު 3ން އިރުއޮއްސި 6ށް ސާމްޕަލް ނަގައި ދޭނެކަމަށެވެ. މީގެއިތުރުން ހުކުރު ދުވަހު މެންދުރުފަހު 3ން އިރުއޮއްސި 6ށް ސާމްޕަލް ނަގައިދެމުންދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މިވަގުތު ކޮވިޑް-19ގެ ނަންބަރުތައް ރިކޯޑް މިންވަރަކަށް އިތުރުވަމުން އަންނައިރު އެޗްޕީއޭއިން އަންނަނީ ސާމްޕަލް ނެގުމަށް އިތުރު ސެންޓަރުތައް ގާއިމުކުރަމުންނެވެ. އެގޮތުން މިހާރު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ހިޔާ ފްލެޓްގެ "އެޗް8" ޓަވަރުގައި ކޮވިޑަށް ޓެސްޓްކުރުމުގެ ސެންޓަރެއްވެސް ވަނީ ގާއިމުކޮށްފައެވެ. އެޗްޕީއޭއިން ބުނީ އެތަނުން ކޮންމެ ދުވަހަކު މެންދުރުފަހު 3:30ން ފެށިގެން އިރުއޮއްސި 6:30ން ވަންދެން ޚިދުމަތް ދެމުންގެންދާނެކަމަށެވެ.

މީގެއިތުރުން ހުޅުމާލެ ރުއްގަނޑު 1 ގައި ހަދާފައިވާ ސެންޓަރުންވެސް ކޮވިޑަށް ޓެސްޓްކުރެވޭނެއެވެ. އެތަން ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:30ން 12:30ށް އަދި މެންދުރު ފަހު 3:30ން އިރުއޮއްސި 6:30ށް ހުޅުވާފައި ހުންނައިރު ކޮންމެ ހުކުރު ދުވަހެއްގައި މެންދުރުފަހު 3:45ން އިރުއޮއްސި 6:45ށް އެތަނުން ސާމްޕަލް ނަގައިދޭނެއެވެ.

މީގެއިތުރުން މާލެއިން ސޯޝަލް ސެންޓަރުން ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00ން 12:00ށް އަދި މެންދުރު ފަހު 3:00ން އިރުއޮއްސި 6:00ށް އަދި ކޮންމެ ހުކުރު ދުވަހެއްގައި މެންދުރުފަހު 3:00ން އިރުއޮއްސި 6:00ށް ސާމްޕަލް ނަގައިދޭނެއެވެ. އަދި ހެންވޭރު ފުޓްބޯޅަ ދަނޑުން ކޮންމެ ދުވަހަކު މެންދުރުފަހު 3:30ން ފެށިގެން އިރުއޮއްސި 6:30ށް ސާމްޕަލް ނަގައިދެމުންދާނެއެވެ.

ކޮވިޑަށް ޓެސްޓްކުރުމަށް ޕީސީއާރު ޓެސްޓް ހެދުމުގެ އިތުރުން ކޮވިޑް ޖެހިފައިވޭތޯ ބެލުމަށް ހަދާ، އެންމެ އަވަހަށް ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް ވެސް އެޗްޕީއޭގެ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވަނީ ހަދައިދޭން ފަށާފައެވެ. އެކަމަކު އެ ޓެސްޓް ހަދާނީ ބަލީގެ އަލާމާތް ހުންނަ މީހުންގެއެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު