Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ގްރީން ބަލިކޮށް މާޒިޔާއަށް ރަނގަޅު ފެށުމެއް

25 ޖެނުއަރީ 2022 | އަންގާރަ 13:38

މާޒިޔާ މޮޅުވީ ގްރީން އަތުން 3-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ޖެނުއަރީ 2022 | އަންގާރަ 13:38
މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ ގްރީން އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާއިން ތަފާތު މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ގްރީނަށް މި މެޗުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މުޅި މެޗުގައިވެސް ގްރީނަށް މާޒިޔާ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އުވެއިސެވެ.

އޭގެ ފަހުން މެޗުގެ 16 ވަނަ މިނެޓުގައި މާޒިޔާގެ ޔޫޝައު ބިން އަލީ ނަޝީދު އޭޢރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން މާޒިޔާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ އާދަމް ލަޔާން ރަޝީދު ފޮނުވާލި ޕެނަލްޓީ ގްރީންގެ ގޯލްކީޕަރު އަލީ އަބާން މުޙައްމަދު ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި މާޒިޔާއިން ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ހިލޭ ޖެހުމެއްގައި ޔޫޝައު ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ކެޕްޓަން މުޙައްމަދު އިޔާން ހަސަނެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި މާޒިޔާއިން ތިންވަނަ ލަނޑެއް ޖެހިއިރު، މި ލަނޑަކީ ގްރީންގެ މުޙައްމަދު ވިއާމް ވަހީދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން މާޒިޔާ މޮޅުވިއިރު، މި ގްރޫޕުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސް ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއާއެކު އެއްވަނައިގައި އޮތް މާޒިޔާ އާއި ދެވަނައިގައި އޮތް އީގަލްސްއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ގްރީން އާއި ސަސްއިން ކުޅުނު މެޗުތަކުން އެ ދެ ޓީމު ބަލިވެފައިވާއިރު، ދެން މި ގްރޫޕުގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އެ ޓީމުން އަދި މިހާތަނަށް މި މުބާރާތުގައި މެޗެއް ކުޅެފައެއް ނުވެއެވެ.

ޔޫތު ޗެމްޕިއަންޝިޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
01 ނޮވެމްބަރު 2025

އޮޑިން ގްރީން ބަލިކޮށްފި

01 ނޮވެމްބަރު 2025
އޮޑިން ގްރީން ބަލިކޮށްފި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
02 އޮކްޓޯބަރު 2025

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް