Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 މާފުށީ ޖަލުގެ ހާލަތު

މާފުށީ ޖަލުގައި 44 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވް، 210 ގައިދީން ކަރަންޓީނުގައި

މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި އެ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ޖެނުއަރީ 2022 | އަންގާރަ 02:10
މާފުށި ޖަލު

މާފުށި ޖަލު

މާފުށީ ޖަލުގައި މިވަގުތު 44 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 210 ގައިދީއަކު ކަރަންޓީން ކޮށްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

ގައިދީންގެ އިތުރުން މިހާރު 7 އޮފިސަރަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ކަރަންޓީނުގައި އެއް އޮފިސަރަކު ހުރިކަމަށް ކަރެކްޝަންސް އިން ބުނެއެވެ. މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި އެ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އޭގެފަހުން ކަރެކްޝަންސް އިން އަންނަނީ ކޮންމެ ދުވަހަކުހެން މާފުށީ ޖަލުގެ ކޮވިޑްގެ ހާލަތު ހާމަކުރަމުންނެވެ. އެގޮތުން ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެދުވަހު 63 ގައިދީން ޕޮޒިޓިވްވެފައިވެއެވެ. އަދި 419 ގައިދީން ކަރަންޓީނު ކޮށްފައިވެއެވެ. އެދުވަހު 5 ޕްރިޒަން އޮފިސަރުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެފަހުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހާ ހަމައަށް އައިއިރު ގައިދީންގެ އެކްޓިވް ކޭހުގެ އަދަދު 44ށް ތިރިވެފައިވާއިރު އޮފިސަރުންގެ އެކްޓިވް ކޭހުގެ އަދަދު ވަނީ 7ގައެވެ. މިހާތަނަށް 62 ގައިދީއަކު ބަލިން ފަސޭހަވެފައިވާއިރު 16 އޮފިސަރުން ވަނީ ބަލިން ފަސޭހަވެފައެވެ.

ކަރެކްޝަންސް އިން ބުނީ، ކަރަންޓީންގައި ތިބި ގައިދީން ތިބޭނީ އެހެން ގައިދީންނާ ވަކިން ކަމަށެވެ. އެމީހުންގެ ކަރަންޓީން މުއްދަތުގައި، ޖަލު ގޮޅިން ބޭރަށް ނުނެރޭނެ ކަމަށެވެ. އަދި ޕޮޒިޓިވްވާ ގައިދީން އެކަހެރި ކުރެވި، ބޭނުންވާ ސިއްޙީ ފަރުވާ ދެމުން ގެންދާ ކަމަށެވެ. ހާލަތު ގޯސްވެއްޖެ ނަމަ ފެސިލިޓީތަކަށް ގެންދިޔުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކުގެ އިތުރުން ކޯޓު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޮންލައިންކޮށެވެެ.

މީގެ ކުރިންވެސް ޖަލުތަކުގައި ހާލަތު ގޯސްވެ 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު ރާއްޖޭގައި އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުން އަންނަނީ 15،721 ކޭހެވެ. ކޮންމެ ދުވަހަކު ރިކޯޑް މިންވަރަކަށް ރާއްޖެއިން އަންނަނީ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.

ކޮވިޑް-19މާފުށި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
24 އޮކްޓޯބަރު 2025

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

24 އޮކްޓޯބަރު 2025
މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި
11 އޮކްޓޯބަރު 2025

މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

11 އޮކްޓޯބަރު 2025
މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު