Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

މި ސަރުކާރު އައި ފަހުން ރާއްޖޭގެ އެތައް ދަރަޖައެއް ފަހަތަށް ގޮސް ރައްޔިތުންގެ އަސާސީ ބޭނުންތައް ނުފުދި މަގުމަތިވެފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2025 | ހުކުރު 08:28
ކ. މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހު: ވިދާޅުވީ މުޒާހަރާތައް ހުއްޓޭނީ ރައީސް މުއިއްޒު ރައްޔިތުންނަށް ދޭ ދުއްތުރާތަށް ހުޓާލުމުން ކަމަށް.

ކ. މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހު: ވިދާޅުވީ މުޒާހަރާތައް ހުއްޓޭނީ ރައީސް މުއިއްޒު ރައްޔިތުންނަށް ދޭ ދުއްތުރާތަށް ހުޓާލުމުން ކަމަށް.

އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިޔަށް ގެންދާ މުޒާހަރާތަށް ހުއްޓުވޭނޭ ހަމަ އެކަނި ގޮތަކީ ރައީސް މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެހާ ވައުދުތައް ފުއްދައި ގައުމުގެ ރައްޔިތުންނަށް މިހާރު ކުރިމަތިކުރައްވަމުން އެ ގެންދަވާ އެންމެހާ ތަކުލީފުތައް ހުޓުމަކަށް ގެނައުން ކަމަށް ކ. މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހުގެ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އިން ހައްޔަރުކުރި މީހުންނާއި އެކު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ސުވާލާއި ޖަވާބު ސެޝަނެއްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހަސަން ސަލާހު އަކީ ވެސް އޮކްޓޯބަރ 3 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު މުޒާހަރާ އިން ހައްޔަރު ކޮށް، ފުލުހުން އެތަކެއް އަނިޔާތަކެއް ދީފައިވާ ފަރާތެކެވެ. އެގޮތުން ފުލުހުން ވަނީ ސަލާހުގެ އިނގިލި ބިންދާލައި ޖިސްމާނީ ގޮތުން އެތައް އަނިޔާތަކެއް ދީފައި އެވެ.

އޭނާ ދޫކޮށްލާފައި ވަނީ އެ މުޒާހަރާ އިން ހައްޔަރު ކުރި އިތުރު 5 މީހަކާއި އެކު އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު 15 ދުވަހު ޖަލުގައި ހޭދަ ކުރުމަށް ފަހުގައެވެ.

ސަލާހު ވިދާޅުވީ މި ސަރުކާރު އައި ފަހުން ރާއްޖޭގެ އެތައް ދަރަޖައެއް ފަހަތަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ އަސާސީ ބޭނުންތައް ނުފުދި ރައްޔިތުން މަގުމަތިވެ، ހާލުގައި ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ގައުމުގެ ހުރިހާކަމެއް ގޯސްކޮށް ދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށާއި މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރަނީ އެކަންކަން ރަނގަޅުކޮށް ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ.

ރައީސް މުއިއްޒު ރަށްރަށުގެ ތަރައްގީ އަށް ކުރައްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުތައް އަދިވެސް ނުފުއްދަވާ ކަން ފާހަގަކުރައްވައި ސަލާހު ވިދާޅުވީ، ރައީސް މުއިއްޒުގެ މި ސަރުކާރުގެ ސިޔާސަތު ތައް ފެއިލް ވެ މިއަދު ގައުމުގެ އެތަކެއް ރައްޔިތުންނެއްގެ އަސާސީ އެތައް ހައްގުތަކެއް ގެލިގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން މިއަދު އެމްޑީޕީން މަގުތަކަށް ނުކުމެ މި ކުރަމުން ގެންދާ މުޒާހަރާތައް ހުއްޓާލާނީ ރައީސް މުއިއްޒު ރަށްރަށުގައި ކުރިޔަށް ގެންދަން ވައުދުވެވަޑައިގެންފައިވާ އެންމެހާ މަޝްރޫޢު ތައް ކުރިޔަށް ގެންގޮސް، މިއަދު ރައްޔިތުންނަށް ޖައްސަމުން އަންނަ އުނދަގޫ ތަކާއި ދުއްތުރާތަކަށް ނިމުން އައި ދުވަހަކުން ކަމަށެވެ. އަދި މުޒާހަރާތައް ހުއްޓޭނޭ ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ސަލާހު ވިދާޅުވި އެވެ.

މުޒާހަރާ ނުކުރަން ބޭނުމިއްޔާ، ރައްޔިތުންނަށް މި ޖައްސާ އުނދަގޫތައް ހުއްޓާލައްވާފަ، އަޅުގަނޑުމެންނަށް މި ލިބެންވާ ހައްގުތައް އަޅުގަނޑުމެންނަށް ހޯދައި ދީ، ރަށްރަށުގައި މި ހިންގާ ޕްރޮޖެކްޓު ތައް ކުރިޔަށް ގެނގޮސްދިނުން، އެއީ ހަމަ އެކަނި މުޒާހަރާތައް ހުއްޓޭނޭ ގޮތަކީ.
ކ. މާފުށި ކައުންސިލުގެ ރައީސް، ހަސަން ސަލާހު

ރައީސް މުއިއްޒުގެ މި ސަރުކާރުން ހުރިހާ ކައުންސިލްތަކެއް ތަޅުއަޅުވާފައިވާކަން ފާހަގަކުރައްވައި ސަލާހު ވިދަޅުވީ މިއަދު ގައުމުގެ ހާލަތު މިވަނީ 1990 ގެ އަހަރުތަކަށް ދީލާލައިގެން ގޮސްފައި ކަމަށެވެ. އެގޮތުން މިއަދު ސަރުކާރުން އަމަލުކުރާ ގޮތުން ކަސުންސިލް އިދާރާގައި ހުރި ގޮނޑިއެއް ވެސް ބޭރަށް ނެރެލެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލާހު ވަނީ ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނެސްގެން އުޅޭ ކައުންސިލްތައް ތަޅު އެޅުވޭ ގޮތަށް އޮތް އޮތުން އަނބުރާ ގެނެސް، އެ ގާނޫނު ވަގުތުން އުވާލުމަށް ވެސް ގޮވާލާފައި އެވެ.

ސަލާހު ވިދާޅުވީ އަނިޔާކޮށް ޖަލައް ވެސް ލެވިދާނެ ކަމަށާއި އަދި ތަޅާ އަނިޔާ ވެސް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ގައުމުގެ އިސްލާހަށް މި ކުރާ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ސުވާލާއި ޖަވާބު ސެޝަންގައި ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި މީހުން ވަނީ އެ މީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައެވެ. އެ އެންމެން ވެސް ގޮވާލީ ހިތްވަރު ދޫކޮށް ނުލާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށެވެ.

ރައީސް މުއިއްޒުހަސަން ސޮލާހުއެމްޑީޕީމާފުށިމުޒާހަރާތައްސަރުކާރު-އިދިކޮޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު