Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ހާތާ ބާލިން އަތުން ބަޔާނަށް ފަސޭހަ މޮޅެއް

ހާތާ ބާލިން އަތުން ބަޔާން މޮޅުވީ 4-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ޖެނުއަރީ 2022 | ހޯމަ 07:50
ހާތާ ބާލިން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ހާތާ ބާލިން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ހާތާ ބާލިން އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ނަގައިދިން ހުރަހަކުން ކޮރެންޓިން ޓޮލީސޯ ވަނީ ލަނޑެއް ޖަހައި، ބަޔާނަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖޯޝުއާ ކިމިކް ހުރަސްކޮށްދިން ބޯޅައަކުން ތޯމަސް މުލާ ވަނީ ލަނޑެއް ޖަހައި، ބަޔާނުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ބަޔާނުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 75 ވަނަ މިނެޓުގައި ހާތާ ބާލިންގެ ގޯލްކީޕަރު އަލެކްސަންޑަ ޝްވޮލޯ ހެދި ގޯހެއްގެ ފައިދާ ނަގައި، ލެރޯއި ސާނޭ ވަނީ ބަޔާނުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ބަޔާނުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ސާޖް ގްނާބްރީއެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ހާތާ ބާލިންއިން ވަނީ މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. ބަޔާނުގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާގެން އެކެލެންކަމްޕެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ބަޔާނުން އަލުން ހަ ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 20 މެޗުން 49 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް 20 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. އަދި ބަޔާން އަތުން ބަލިވި ހާތާ ބާލިން އޮތީ ތާވަލުގެ 13 ވަނައިގައި 20 މެޗުން 22 ޕޮއިންޓާއެކުއެވެ.

ޖަރުމަން ލީގުބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު