Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯޓުތަކުގެ ޝަރީއަތްތައް

ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން ޕޮޒިޓިވްވާ މިންވަރަށް ބަލައި، ފިޔަވަޅު އެޅުއްވުމުގެ ބާރު އިސް ފަނޑިޔާރަށް

24 ޖެނުއަރީ 2022 | ހޯމަ 05:24

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކޯޓުތަކުން އަޅަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖެނުއަރީ 2022 | ހޯމަ 05:24
 ޤާނޫނުތަކާއި ޤަވާއިދުތަކާއި، ސުޕްރީމް ކޯޓުގެ އެންގުންތަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިދުމަތްތައް އޮންލައިންކޮށްވެސް ހަމަޖެއްސިދާނެ

ޤާނޫނުތަކާއި ޤަވާއިދުތަކާއި، ސުޕްރީމް ކޯޓުގެ އެންގުންތަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިދުމަތްތައް އޮންލައިންކޮށްވެސް ހަމަޖެއްސިދާނެ

ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން ޕޮޒިޓިވްވާ މިންވަރަށް ބަލައި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ ބާރު އިސް ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށް، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތަށް ބަލައި ޝަރުއީ ކޯޓުތަކުން އަމަލުކުރާނެ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ އެ އުސޫލު އާންމުކޮށް، ހޯމަ ދުވަހުން ފެށިގެން އެއަށް އަމަލުކުރުމަށް އަންގާފައެވެ.

Advertisement - newsAdvertisement

އުސޫލުގައި ބުނެފައިވާ ގޮތުން، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތަށް އަންނަ ބަދަލުތަކަށް ބަލައި، ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް ކުރީބައިގައި އިންތިޒާމުތައް ރާވަން ޖެހެއެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތަކާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން ޕޮޒިޓިވްވާ މިންވަރަށް ރިއާޔަތްކޮށް ފިޔަވަޅުތައް އަޅުއްވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރުކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މުޖުތަމައުގައި ބަލި ފެތުރޭ މިންވަރާއި، ކޯޓުތަކުގެ ޚިދުމަތްތައް ދޭ ގޮތުން ބަލި ފެތުރިގެން ދިއުމަށް އޮތް ފުރުސަތުތަކާއި، ކޯޓުތަކުގެ ޚިދުމަތްތަކަށް ބުރޫ އަރާފާނެ ނިސްބަތަށް ބަލައި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެ ކޯޓެއްގެ އިސްފަނޑިޔާރަށް އެޅުއްވިދާނެއެވެ.

މީގެއިތުރުން، ޙާލަތަށް ރިއާޔަތްކޮށް އެޅިދާނެ ފިޔަވަޅުތައްވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޤާނޫނުތަކާއި ޤަވާއިދުތަކާއި، ސުޕްރީމް ކޯޓުގެ އެންގުންތަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިދުމަތްތައް އޮންލައިންކޮށް ހަމަޖެއްސުމުގެ ކަންކަން ކުރެވިދާނެކަމަށް އުސޫލުގައި ބުނެއެވެ. އަދި ކޯޓުތަކުގެ އެކި ފަންކްޝަންތައް އެވަގުތަކަށް އެކަށީގެންވާ ގޮތެއްގެ މަތިން ގޭގައި ތިބެގެން ހިންގޭ ގޮތަށް މުވައްޒަފުންގެ މަސައްކަތުގެ ތާވަލު ހަމަޖެއްސުންވެސް ހިމެނެއެވެ. މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި، ޖަވާބުދާރީ ކުރުވުމުގެ ކަންކަން ކުރިއަށްދާން ޖެހެއެވެ.

އަދި ޚިދުމަތްތައް ފޯރުކޮށްދޭ ގޮތާއިމެދު ގެނެވޭ ބަދަލުތަކުގެ ސަބަބުން ޑޭޓާ މެނޭޖްމަންޓަށް އަސަރުކޮށްފާނެ މިންވަރު ބަލައި، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކޯޓުތަކުން އަޅަންޖެހޭކަމަށްވެސް ބަޔާން ކުރެއެވެ.

ރައްކާތެރިކަމުގެ ގޮތުން އެ ކޯޓެއްގެ އިސްގާޒީ އަޅުއްވާ ފިޔަވަޅުތައް އެ ފިޔަވަޅެއް އަޅުއްވަން ނިންމެވިތާ 3 ދުވަހުގެ ތެރޭގައި ޑީޖޭއޭއަށް އަންގަންވެސް ޖެހެއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމާއި، ކޯޓުތަކުގެ ސާފުތާހިރުކަމަށް ސަމާލުކަންދީ، ކޯޓުތަކުގެ މުވައްޒަފުންނަކީވެސް އެ ބަދަލުތައް ހޭނި، ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް ތައްޔާރަށް ތިބޭ ބަޔަކަށް ހަދައި، އެ ސަޤާފަތް އާލާ ކުރުމަށްވެސް އުސޫލުގައި ހަނދާން ކޮށްދީފައިވެއެވެ.

ކޮވިޑް-19ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"

20 ޑިސެމްބަރު 2025
"މައުސޫމާގެ މުސާރަ އަކީ ސިއްރެއް"
18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް