Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން

ރާޝިދުގެ ކެމްޕޭނަށް ޤާސިމް ކޮމަންޑޫއަށް ވަޑައިގަންނަވަނީ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނަނީ ފެބަރުއަރީ 5 ގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ޖެނުއަރީ 2022 | އާދީއްތަ 07:40
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޮމަންޑޫއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑު ދާއިރާގެ ބައި- އިލެކްޝަންގައި އެމްޑީޕީ، އެމްއެންޕީ އަދި ޕީޕީއެމްއިން ކެންޑިޑޭޓެއް ވާދަކުރެއެވެ. މިގޮތުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި، އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމާއި، ދާދި ފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް ވާދަކުރެއެވެ.

މި ދާއިރާގެ އިންތިޚާބުގެ ކެމްޕެއިން ހުރިހާ ޕާޓީއަކުންވެސް ކުރިއަށްގެންދާއިރު، އެމްޑީޕީންވެސް ގެންދަނީ ވަރަށް ބޮޑަށް ކެމްޕޭން ކުރަމުންނެވެ. މިކަމާއި ގުޅިގެން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށްތޯ ސާފުކުރުމަށް ކުރި ސުވާލަށް ޖަވާބުދެއްވަމުން އެޕާޓީގެ ޗީފް ސްޕޯކްސްޕަރސަން އަލީ ސާލިހު ވިދާޅުވީ މި ދާއިރާގެ ކެމްޕޭނަށް އެޕާޓީގެ އެންމެ އިސް ލީޑަރު ގާސިމް އިބްރާހިމް އަންގާރަ ދުވަހު ކޮމަންޑޫއަށް ވަޑައިގަންނަވަން ނިންމަވާފައިވާކަމަށެވެ. މިހާ ހިސާބުން ޖޭޕީގެ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށްކަން ސާފުވާނެ ކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާއިން އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓު، ރާޝިދުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮމަންޑޫއަށް ވަޑައިގަންނަވަން ނިންމަވާފައިވާއިރު، އެޕާޓީގެ އިސް މެމްބަރެއް ކަމުގައިވާ ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ރާޝިދުގެ ކެމްޕޭނަށް ކޮމަންޑޫއަށް ވަޑައިގެންފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ޖުމްހޫރީ ޕާޓީންނާއި އަދާލަތު ޕާޓީންނެވެ. މިކަމާއި ގުޅިގެން އަދާލަތު ޕާޓީން ބުނެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުގައި ފަށާފައިވާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ އެންމެ ބޮޑު މަސްލަހަތު މިވަގުތަށް އޮތް ކަން ކަމުގައި އެ ޕާޓީން ދެކޭ ކަމުގައެވެ.

އެމްޑީޕީން އިސްވެ ތިބެ ކޮމަންޑޫ ދާއިރާގެ ކެމްޕޭން ދަނީ ވަރަށް ބާރަށް ކުރިއަށްގެންދަމުންދެއެވެ. މިގޮތުން ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީން ވަނީ ށ. ފޯކައިދޫގައި ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންނަވާފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިބާއްވަނީ އެދާއިރާގައި ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. މެމްބަރު ހުސައިން ވަހީދު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

ގާސިމް އިބްރާހީމްޖުމްހޫރީ ޕާޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
03 އޮކްޓޯބަރު 2025

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

03 އޮކްޓޯބަރު 2025
ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!
22 އޯގަސްޓު 2025

ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

22 އޯގަސްޓު 2025
ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު