Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާޑެއްދޫ އެއަރޕޯޓް

ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

ސަރުކާރުގެ އޮފަރ ގައި ވާ ގޮތުން ވިލާ އެއަރ އަށް 18 މިލިއަން ޑޮލަރު ލިބުމުގެ އިތުރުން، އދ އަތޮޅުން އެއަރޕޯޓް ތަރައްގީ ކުރާތީ ދިން 2 ފަޅު ވެސް ގާސިމް ގެ ކުންފުންޏަށް ލިބޭނެ

ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 17:19
ޤާސިމް އާއި ޔާމީން އެކުގައި ނަންގަވާފައިވާ ފޮޓޯ އެއް

ޤާސިމް އާއި ޔާމީން އެކުގައި ނަންގަވާފައިވާ ފޮޓޯ އެއް

ގދ. ކާޑެއްދޫ އެއަރޕޯޓް ސަރުކާރަށް ހަވާލު ކުރާތީ، ސަރުކާރުން 18 މަސް ދުވަހުގެ ތެރޭގައި ގާސިމް އަށް 18 މިލިއަން ޑޮލަރު ދިނުމަށް ނިންމި ކަން ހާމަ ވެއްޖެއެވެ.

މިކަން ހާމަވީ ގާސިމް އެކްސް ގައި ހާމާ ކުރެއްވި، މިކަމާ ބެހޭ ރައީސް އޮފީހުގެ ރަސްމީ ސިޓީ އިންނެވެ.

Advertisement - newsAdvertisement

ގާސިމް އެ ސިޓީ އެކްސް ގައި ލީކު ކޮށްލެއްވި ކަމަށް ބެލެވެނީ، ހުކުރު ވިލޭރޭ ޕިއެންއެފް އިން ބޭއްވި "ވޭކް އަޕް" ޖަލްސާ ގައި ކާޑެއްދޫ އެއަރޕޯޓު ސަރުކާރަށް ހަވާލު ކުރާތީ ގާސިމް އަށް ލިބޭ ބޮޑު ފައިދާގެ ވާހަކަ ރައީސް ޔާމީން ދެއްކެވުން ކަމަށް ބެލެވެއެވެ.

ގާސިމް އެކްސް ގައި ވަނީ ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރުމަށް ސަރުކާރުން 18 މިލިއަން އެމެރިކާ ޑޮލަރު ގާސިމްގެ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އަށް ދިނުމަށް އެއްބަސްވާ ކަމަށް ރައީސް އޮފީހުން މިދިޔަ އަންގާރަ ދުވަހު (އޮގަސްޓް 19، 2025) ފޮނުވާފައިވާ ސިޓީ އެއް އެޓޭޗް ކޮށްފައެވެ.

ގާސިމް ވިދާޅުވީ "ރައީސް އޮފީހުގެ ސިޓީ ކިޔުއްވާލީމާ ޔާމީން އެވިދާޅުވާ އަދަދެއް ނޫން ކަމާއި އެއީ ކޮން އަދަދެއްގެ ފައިސާއެއްކަން ސާފުވާނެ." ކަމަށެވެ.

ކާޑެއްދޫ އެއަރޕޯޓް އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަށް ކުރި އިޢުލާނާ ގުޅިގެން ވިލާއިން ހުށަހެޅި ޕްރޮޕޯސަލަށް އެތަން ސަރުކާރުން ދޫކޮށްލީ ސަރުކާރަށް ގެއްލުންވާލެއް ބޮޑުކަމުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެތަން ހިންގައިގެން ބޮޑު ގެއްލުމެއް އެ ކުންފުންޏަށްވެސް ލިބެމުންދާ ކަމަށެވެ.

އެހެން ނަމަވެސް އެތަނަށް ވިލާ އިން ކުރި ބޮޑު އިންވެސްޓްމަންޓަށް ބެލުމަށްފަހު ބަދަލުގެ ގޮތުން ސަރުކާރުން ދޭން ނިންމެވީ 18 މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ.

"އެހެން ވިޔަސް ސަރުކާރަށް ދޫކޮށްލީ އެތަން ސަރުކާރުން ޑިވެލޮޕް ކުރަން ބޭނުންވާތީ." ކަމަށް ގާސިމް ވިދާޅުވިއެވެ.

އިތުރަށް ގާސިމް ވިދާޅުވީ، ވިލާ އިން އެތަނަށް ކައިރި މުސްތަގްބަލެއް ގައި އަވަހަށް އިތުރަށް އިންވެސްޓް ކުރެވެން ނެތް ކަމަށެވެ.

އެތަން އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދީމާ ލިބޭނެ ފައިދާގެ ބޮޑުކަންވެސް އެނގި ތިބެ ސަރުކާރަށް ދޫކޮށްލީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ހުކުރުވިލޭރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާ ގައި ކުރީގެ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ގާސިމް އަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ޔާމީން ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓަކީ ތަރިކަ މުދަލެއް ގޮތަށް ބޭނުން ކުރަމުންދާ ތަނެއް ކަމަށާއި، ކޮންމެ ސަރުކާރެއް އަޔަސް އެތަން އޮންނަނީ ޤާސިމް އަށް ލިޔުއްވާފައިވާ ތަނެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެތަން ހިންގަން އުޅެ އުޅެ ނުހިންގިގެން އެތަން އެންމެ ފަހުން އަޅަން ޖެހުނީ ސަރުކާރުގެ ބޮލުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކުޑަ އަދަދެއް ނޫން. 30 މިލިއަން ޑޮލަރު، ދައްކަން ހުރި ޓެކްސް ފައިސާ މާފު ކޮށްދީފަ އެއާޕޯޓް މި ނެގީ. ކޮން ކަހަލަ ލަދު ހުތުރު ކަންތައް ތޯ މިއީ. ސަރުކާރުން އެއާޕޯޓްގަނޑާއި ހަވާލުވާން ޖެހުނީ. ދެން މީގެ ތެރޭގައި ކޮރަޕްޝަން އެކުލެވި ނުދާނެތޯ؟ ކޮންމެވެސް މީހަކު މަނީ ލައުންޑަރ ކުރާނެ ދެއްތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.

ކާޑެއްދޫ އެއްބަސްވުން ބާތިލު ކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ވިލާ އެއަރ އަށް ފޮނުވި ސިޓީ

"ޤާސިމް ދެއްތޯ އަޅުގަނޑުމެން ކައިރީ ވިދާޅުވީ، ދިމްޔާތަކީ ވެސް އެ ލިބުނު ކޮންމެވެސް ތަނަކުން ކޮޅުދާލިކޮޅަކުން ހަދާލިތަނެއް ކަށް ނޭނގެއޭ، އެކަމަކު މިއަދު އެ ޤާސިމް ވިދާޅުވާނެތޯ 30 މިލިއަން ޑޮލަރު މާފު ކޮށްދިނީމަ، ކޮޅުދާލި ވާހަކަ ހަނދާން ހުންނާނެބާ؟ ހަނދާނެއް ނުހުންނާނެއޭ." ރައީސް ޔާމިން ވިދާޅުވިއެވެ.

ބަދަލު ހޯދުމުގެ ގޮތުން ވިލާ އެއަރ އިން ރައީސް އޮފީހަށް ހުށަހެޅި ހުށަހެޅުމުގައި އެއަރޕޯޓް ތަރައްގީ އަށް 100 މިލިއަން ޑޮލަރު އަރާނެ ކަމަށް "އާރނެސްޓް އެންޑް ޔަންގް" އިން ލަފާ ކޮށްފައިވާ ކަމާއި، އެހެން ނަމަވެސް ބަދަލުގެ ގޮތުގައި، ދައުލަތުން 21 މިލިއަން ޑޮލަރު ދިނުން އެދޭ ކަމަށް ވިލާ އެއަރ އިން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ އޮފީހުން ބެލި ބެލުމުން، ކާޑެއްދޫ އެއަރޕޯޓުގެ އަގަކީ 18.5 މިލިއަން ޑޮލަރު ކަމަށާއި، އެއަރޕޯޓް ތަރައްގީ ކުރުމަށް ޖާމިނު ކޮށް ދައުލަތުގެ ފަރާތުން އދ އަތޮޅުން ދޫކޮށްފައިވާ 2 ފަޅުގެ އަގު ކަމުގައިވާ 15 މިލިއަން އެމެރިކާ ޑޮލަރު ހިމަނައިގެން ޖުމްލަ އަގަކީ 33.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް 14 އޮގަސްޓް 2025 ގައި ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ ގޮތުން އެއަރޕޯޓަށް ކޮށްފައިވާ ޚަރަދުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު ދޭން ނިންމީ ކަމުަގައި ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި ވިލާ ގްރޫޕުން ދައުލަތައް ދައްކަން ޖެހޭ ޓެކްސް 18 މަސް ދުވަހަށް ބަހާލައިގެން އެޖެސްޓްމަންޓް ހަދާ ގޮތަށް ވެސް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ.

ސަރުކާރުގެ އޮފަރ ގައި ވާ ގޮތުން ވިލާ އެއަރ އަށް 18 މިލިއަން ޑޮލަރު ލިބުމުގެ އިތުރުން، އދ އަތޮޅުން އެއަރޕޯޓް ތަރައްގީ ކުރާތީ ދިން 2 ފަޅު ވެސް ގާސިމް ގެ ކުންފުންޏަށް ލިބޭނެއެވެ.

ސަރުކާރުން މިހާރު ވަނީ ގދ. ކާޑެއްދޫ އެއަރޕޯޓުގެ ލީސް އެގްރީމެންޓް ބާތިލު ކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ އޮފަރ ގާސިމް ގެ ވިލާ އެއަރ އިން ގަބޫލު ކުރާ ނަމަ އެކަން ސަރުކާރަށް އެންގުމަށް އެދޭ ކަމަށް ބުނެފައެވެ.

ރައީސް ޔާމިންގާސިމް އިބްރާހީމްކާޑެއްދޫ އެއާޕޯޓު ވިލާ ގްރޫޕްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު