Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޫޓުވައިފި،ލޫޓުވައިފި

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

އެމްޑީޕީގެ މުޒާހަރާއަށް މީހުން ދިއުން މަދުކުރުމަށް ގާސިމް އިބްރާހިމް އެކްސްގައި ޕޯސްޓެއް ކުރި

ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2025 | ހުކުރު 10:13
ރައީސްގެ އޮފީހުގައި ގާސިމް އިބްރާހިމް އާއި ރައީސް މުއިއްޒު ބައްދަލުކުރައްވަނީ

ރައީސްގެ އޮފީހުގައި ގާސިމް އިބްރާހިމް އާއި ރައީސް މުއިއްޒު ބައްދަލުކުރައްވަނީ

ލޫޓުވައިފި، ލޫޓުވައިފި ނަމުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ - އެމްޑީޕީ އިން ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަަހައްދުގައި ބާއްވާ ބޮޑު މުޒާހަރާ އަށް މީހުން ދިއުން މަދު ކުރުމަށް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އެކްްސް ގައި ކުރި ޕޯސްޓާ އެކު ގިނަ ބަޔަކު ރަތައް އަރައިފިއެވެ.

ސަތޭކަ އަށް ވުރެ ގިނަ މީހުން ގާސިމުގެ ޕޯސްޓަށް ކޮމެންޓް ކޮށްފައި ވާއިރު ގިނަ މީހުން ވަނީ ގާސިމްގެ ވާހަކަ އަށް ރައްދު ދީ އޭނާގެ ޕޯސްޓާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުމުގެ ޝުއޫރު ފާޅު ކޮށްފައެވެ.

އެކަކު ބުނެފައިވަނީ "ލޮބުވެތި ރައްޔިތުންނޭ، ގައުމޭ، ދީނޭ، ވިދާޅުވެ ތިޔަނެރުއްވި ފަތުވާއިން އެނގިފެނި ސާފުވެގެން ދިޔައީ މަނިކުފާނަކީ ރައްޔިތުންނަށް ވެސް ގައުމަށް ވެސް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނޫން،" ކަމަށެވެ.

އެހެން ފަރާތަކުން ކުރި ކޮމެންޓް ގައި ބުނެފައި ވަނީ "އެއްވެސް އިރެއްގައި ޤާސިމަކީ ރައްޔިތުންނައިގެން އުޅުއްވި ބޭފުޅެއް ނޫން، އަބަދުވެސް މުދަލާއި ފައިސާގެ ލައްޒަތުގައި ޖެހި މަނިކުފާނުގެ ޖާހާއި އިއްޒަތް ޤައުމާއި ރައްޔިތުންނަށް ވުރެ އިސްކުރެއްވި ބޭފުޅެއް،" ކަމަށެވެ.

މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ޝަރަފު އެރުއްވި ގާސިމް އިބްރާހިމް އަށް ކާޑެއްދޫ އެއަރޕޯޓުގެ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު ސަރުކާރުން ދޭން އެއްބަސްވި ޚަބަރުގެ އިމޭޖެއް ޖެހުމަށްފަހު ކޮމެންޓް ކުރި ފަރާތަކުން ބުނެފައި ވަނީ ގާސިމް އަކީ "ކާކު ކަން ރައްޔިތުން ދަނޭ،" ކަމުގައެވެ.

ގާސިމް ގެ ޕޯސްޓަށް ހިތްހަމަ ނުޖެހިފައި ހުރި އެހެން ފަރާތަކުން ބުނީ "ކިތަންމެ އާދޭސް ކުރިއަސް 3 އޮކްޓޯބަރު ގައި ރައްޔިތުން ނުކުންނާނެ" ކަމަށާއި، އަދި "ގާސިމް އަކީ މިހާ ހާލުގައި ރައްޔިތުން އުޅޭ އިރު ހައްގު ހޯދިޔަ ނުދޭން އުޅުނު މީހެއް،" ކަމަށާއި މިހާރު ދިވެހިންނަށް ގާސިމުގެ ހަގީގަތް އެނގޭ ކަމުގައެވެ. "ރާއްޖެ އަކީ ވިލާ ކުންފުންޏެއް ނޫން،" ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެހެން މީހަކު ބުނެފައި ވަނީ "އަދި މިޔަށް ވުރެ ދިގު ބަޔާނެއް ނެރުނަސް މިކަމެއް ނުހުއްޓޭނެ،" ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނެފައި ވަނީ ގާސިމުގެ ބައިވެރިވުން ނެތް އެއްވެސް ސަރުކާރެއް އަދި ފެނިފައި ނުވާ ކަމަށާއި ގައުމާއި ރައްޔިތުންނަށް ލިބެމުންދާ ހުރިހާ ގެއްލުމެއްގެ ޒިންމާ ގާސިމު ނަންގަވަން ޖެހޭނެ ކަމަށެވެ.

ގާސިމުގެ ވާހަކަ އަށް ރައްދުން ދިން ފަރާތަކުން މުޒާހަރާ އަށް ދާން ޖެހޭ ސަބަބު ބަޔާން ކުރަމުން ބުނެފައިވަނީ މި ސަރުކާރުން ކުންފުނިތައް ސިޔާސީ ކޮށްފި ކަމަށާއި، މުސާރަތައް ބޮޑު ނުވާ ކަމަށާއި، ސިޔާސީ މީހުން މަތީ މަގާމުގައި ތިބެ މަސައްކަތެއް ނުކޮށް ބޮޑު މުސާރަ ގެންދަނީ ކަމުަގައެވެ. އޭގެ އިތުރުން ޑޮލަރު ނުލިބޭ ކަމަށާއި، އާސަންދަ ނުލިބޭ ކަން ފާހަގަ ކޮށްފައިވެއެވެ.

އެހެން ފަރާތަކުން ވަރަށް އިހްތިރާމާ އެކު ގާސިމް އަށް ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުމަށް އެދޭ ކަމަށް ލިޔެފައިވެއެވެ.

ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ވަނީ ގާސިމް އިސް ސަފުގައި ހުންނަވައިގެން އެމްޑީޕީގެ ފުރަތަމަ ގާނޫނީ ވެރިކަން ވައްޓާލުމުގައި ބައިވެރިވިކަން ވެސް ހަނދާން ކޮށްދީފައެވެ.

ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ތުހުމަތު ކުރި ގޮތުގައި މި ޕޯސްޓަކީ ވެސް ގާސިމް އަށް މުއިއްޒުގެ ސަރުކާރުން އިތުރު މަންފާތަކެއް ހޯދުމުގެ ބޭނުމުގައި ކުރި ޕޯސްޓެކެވެ.

ގާސިމް ކުރެއްވި ޕޯސްޓަށް ރައްދު ދިން އިތުރު ފަރާތަކުން ވަނީ ފެބްރުއަރީ 2018 ގައި ގާސިމު ކުރެއްވި ޕޯސްޓެއް އެޓޭޗް ކޮށްފައެވެ. އެ ޕޯސްޓުގައި އޭރު ގާސިމް ވިދާޅުވެފައި ވަނީ "ސަރުކާރުގެ ތެރޭގައި ކަރަޕްޝަން އާއި ފަސާދަ އާންމު ވެގެން ދާއިރު ކަމާ ބެހޭ ފަރާތްތަކުން ބަލަހައްޓައިގެން ތިބުމަކީ 'ލޯ އެންޑް އޯޑަރ' ތޯ،" ލިޔުއްވާފައެވެ.

ބައެއް ފަރާތްތަކުން ކޮވިޑްގެ ތެރޭގައި ގާސިމް ގެ މުވައްޒަފުންނަށް ކަންތައް ކުރެއްވި އިހާނެތި ގޮތް ހަނދާން ނުނެތޭ ކަމަށް ވެސް ކޮމެންޓް ކުރަމުން ލިޔެފައިވެއެވެ.

ގާސިމު މި ޓްވީޓް ކުރެއްވީ ކިހާ ވަރެއް ދިނީމާތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައިވެއެވެ.

ގާސިމް އިބްރާހީމްއެމްޑީޕީލޫޓުވައިފި މުޒާހަރާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު