Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާތިފް ޝަކޫރުގެ މައްސަލަ

ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިއަދުވެސް އާތިފް ޝަކޫރުގެ ދައުވާ ކުރިއަށް ނުގެންދެވުނު

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ ހެނދުނު 09:30 އަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2022 | އާދީއްތަ 08:57
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގެ ތެރެއިން

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގެ ތެރެއިން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުގައި ހުންނަވައި، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ޝައްކު ކުރެވޭ މައުލޫމާތު، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައިނުވާތީ، އާތިފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުުމުގެ ގާނޫނާ ޚިލާފުވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ތާވަލުކޮށްފައި އޮތީ ހެނދުނު 09:30 އަށެވެ. އެހެންނަމަވެސް، އަޑުއެހުން ފަށާފައިވަނީ އޭގެ ގާތްގަނޑަކަށް ގަޑިއިރެއް ފަހުންނެވެ. ނަމަވެސް ދިފާއުގެ އަޑު ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން އެކަންކަން ޙައްލު ކުރުމަށް އަޑުއެހުން މެދުކަނޑާލުމަށްފަހު، ފަހުން ވަނީ އަޑުއެހުން ކެންސަލް ކޮށްފައެވެ. އާތިފް އަޑުއެހުމަށް ހާޒިރުވެ އިނީ އޭނާގެ ވަކީލު އާޒިމާ ޝަކުރު އާއި އެކުގައެވެ.

އަޑުއެހުން ކެންސަލްވެފައިވަނީ މައިކްތަކުގެ އަޑު ފޯރުކޮށްދިނުމުގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ. އެގޮތުން މި މައްސަލަ މީގެ ކުރިންވެސް ތާވަލު ކުރުމަށްފަހު އެކި ފަހަރުމަތިން ކެންސަލްވެފައިވެއެވެ. މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ.

އާތިފްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ، 10،000ރ. އާ 500،000ރ. އާ ދެމެދުގެ އަދަދުން ޖޫރިމަަނާ ކުރުން ނުވަތަ 1 އަހަރާ 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.

އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާއިން މަނީ ލޯންޑްރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގިއިރު އެކަން ފުލުހުންނަށް ނުފޮނުވަން ނިންމެވީ އާތިފް ޝަކޫރުކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުގަށް ފަހު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ާއާތިފް ޝަކޫރުކްރިމިނަލް ކޯޓްއާޒިމާ ޝަކޫރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު