Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ޔޫތު ޗެމްޕިއަންޝިޕް އަންނަ ހޯމަ ދުވަހު ފަށަނީ

20 ޖެނުއަރީ 2022 | ބުރާސްފަތި 14:48

މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ޖެނުއަރީ 2022 | ބުރާސްފަތި 14:48
2019 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި އީގަލްސް ޓީމު

2019 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި އީގަލްސް ޓީމު

މި ސީޒަނުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕަކީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މީގެ ކުރިން މި މުބާރާތް 21 އަހަރުން ދަށަށް ޚާއްސަކޮށްގެން ބާއްވަމުން އައިރު، މިހާތަނަށް 19 އަހަރުން ދަށަށް ހާއްސަކޮށްގެން ޔޫތު ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެކަންޏެވެ. އެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުލަބު ގްރީން ސްޓްރީޓްސްއިންނެވެ.

މި ފަހަރުގެ މުބާރާތުގައި ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކުލަބެވެ. މި އަހަރުގެ މުބާރާތުގައި މަހިބަދޫ ވާދަކުރާއިރު، އެ ޓީމުން މީގެ ކުރިންވެސް ވަނީ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ.

މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕުގެ ގުރުލުން ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދިޔައިރު، މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ކުލަބު އީގަލްސް އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ގްރީން ސްޓްރީޓްސް އާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. މުބާރާތުގެ ގްރޫޕް ބީގައި ހަތަރު ޓީމެއް ހިމެނޭއިރު، އެ ޓީމުތަކަކީ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ވެލެންސިއާ އާއި މަހިބަދޫގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު، ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. ސެމީގެ މެޗުތައް އަންނަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހު 13 ވަނަ ދުވަހަށެވެ.

ސަސް އާއި އީގަލްސް ބައްދަލުކުރާ މެޗުން މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފަށާއިރު، އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރެވެ. އެ ފަހަރުގެ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އީގަލްސްއިންނެވެ. އެ ފަހަރުގެ މުބާރާތް ސައްތައިން ސައްތަ ރިކޯޑަކާއެކު އީގަލްސްއިން ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ މިހާތަނަށް ހަތަރު ފަހަރު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ޔޫތު ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

10 ޖޫން 2024

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން
09 ޖޫން 2024

ފުރަތަމަ މެޗުގައި ޓީސީން އޮޑި ބަލިކޮށްފި

09 ޖޫން 2024
ފުރަތަމަ މެޗުގައި ޓީސީން އޮޑި ބަލިކޮށްފި
08 ޖޫން 2022

ޓީސީ ބަލިކޮށް، އެއްވަނަ ޓީމްގެ ގޮތުގައި ޔޫވީ ސެމީއަށް

08 ޖޫން 2022
ޓީސީ ބަލިކޮށް، އެއްވަނަ ޓީމްގެ ގޮތުގައި ޔޫވީ ސެމީއަށް
06 ޖޫން 2022

ވެލެންސިޔާ ސެމީއަށް

06 ޖޫން 2022
ވެލެންސިޔާ ސެމީއަށް
06 ޖޫން 2022

ޓީސީ ދެވަނަ މެޗުންވެސް މޮޅުވެ، ސެމީއަށް

06 ޖޫން 2022
ޓީސީ ދެވަނަ މެޗުންވެސް މޮޅުވެ، ސެމީއަށް
04 ޖޫން 2022

ޔޫތު ޗެމްޕިއަންޝިޕް: ވެލެންސިއާއިން ދަ ގްރާންޑޭ ކޮޅަށް 10 ލަނޑު ޖަހައިފި

04 ޖޫން 2022
ޔޫތު ޗެމްޕިއަންޝިޕް: ވެލެންސިއާއިން ދަ ގްރާންޑޭ ކޮޅަށް 10 ލަނޑު ޖަހައިފި
02 ޖޫން 2022

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފެށުން ޓީސީއަށް

02 ޖޫން 2022
16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފެށުން ޓީސީއަށް
01 ޖޫން 2022

16 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް މާދަމާ ފަށަނީ

01 ޖޫން 2022
16 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް މާދަމާ ފަށަނީ
10 ފެބުރުއަރީ 2022

ޔޫވީ ބަލިކޮށް ސަސް ފައިނަލަށް

10 ފެބުރުއަރީ 2022
ޔޫވީ ބަލިކޮށް ސަސް ފައިނަލަށް
09 ފެބުރުއަރީ 2022

ޓީސީ ބަލިކޮށް އީގަލްސްއިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި

09 ފެބުރުއަރީ 2022
ޓީސީ ބަލިކޮށް އީގަލްސްއިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް