Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫތު ޗެމްޕިއަންޝިޕް

ޔޫވީ ބަލިކޮށް ސަސް ފައިނަލަށް

ޕެނަލްޓީގައި ސަސް ކުރި ހޯދީ 3-2 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2022 | ބުރާސްފަތި 12:24
ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ސަސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ސަސް އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕްގައި ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. އެއާއެކު ޖެހި ޕެނަލްޓީން ސަސް ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ޔޫވީން ސަސްގެ ހާފަށް ބާރުބޮޑުކުރިއިރު، ޔޫވީގެ ކުރިއަށް ކުޅޭ އަބްދުލް ރަޙްމާން ތިބްޔާން އަލީ ސައީދު އާއި ޒައިޝާން އަޝްރަފް ފޮނުވާލި ހަމަލާތައް ސަސްގެ ކީޕަރު މީސަމް އަބްދުﷲ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ހާފުގައި ސަސްގެ ވިޝާހު އަބްދުލް މަޖީދަށް ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފުގައި ޔޫވީން ސަސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗުގެ 62 ވަނަ މިނެޓުގައި ޒައިޝާން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފައެވެ. ޔޫވީގެ ޒައިޝާން ފޮނުވާލި ބޯޅަ ސަސްގެ ކީޕަރު މީސަމް ވަނީ ދިފާއުކޮށްފައެވެ. އަދި ސަސްގެ ފުރަތަމަ ޕެނަލްޓީ ޖެހި ސާލިފް ހުސެއިންގެ ޕެނަލްޓީ ޔޫވީގެ ކީޕަރު ޝައިބާން ވަނީ މަތަކޮށްފައެވެ. ޔޫވީގެ ކެޕްޓަން މުޙައްމަދު ޒައިން ޝުޖާއު ޖެހި ޕެނަލްޓީވެސް މީސަމް ވަނީ ދިފާއުކޮށްފައެވެ. ސަސްގެ ދެވަނަ ޕެނަލްޓީ ޖެހި އިޝް އާފް މުޙައްމަދު ފިރާގު ވަނީ ކާމިޔާބުކޮށްފައެވެ. ޔޫވީން ތިން ވަނަ ޕެނަލްޓީ ލަމާން ޒުހައިރު ވަނީ ކާމިޔާބު ކޮށްފަ އެވެ. ސަސްގެ ތިން ވަނަ ޕެނަލްޓީ އަހުމަދު އައިހަމް މޫސާ ޖެހިއިރު، ދިޔައީ އަރިމަތިން ބޭރުންނެވެ.

ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ވަނަ ޕެނަލްޓީ ޒަހުވާން މުހައްމަދު ފޮނުވާލިއިރު، ކީޕަރު މީސަމް މަތަކުރި އެވެ. އެކަމަކު، މީސަމް ކުރިއަށް ޖެހިފައި މަތަކުރުމުން ދެ ވަނަ ފަހަރަށް ޖަހަން ދިނުމުން ޒަހުވާން ވަނީ ކާމިޔާބުކޮށްފައެވެ.

ސަސްގެ ހަތަރު ވަނަ ޕެނަލްޓީ ވިޝާހު ވަނީ ކާމިޔާބުކޮށްފަ އެވެ. ޔޫވީ ތިބްޔާން އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ޖެހުމުން ކީޕަރު މީސަމް އެ ބޯޅަ ހުއްޓުވައި އެ ޓީމަށް މޮޅުވާން ފުރުސަތު ހޯދައިދިނެވެ. ސަސްގެ ފަސް ވަނަ ޕެނަލްޓީ ޖަހައި އަލީ ޒާލިފް ވަނީ އެ ޓީމު މޮޅުކޮށްދީފައެވެ.

ސަސް އިން ފުރަތަމަ ފަހަރަށް ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ފަހަރު މި ވަނީ ފައިނަލުން ފުރުސަތު ހޯދައިފައެވެ. އަންނަ އާދިއްތަ ދުވަހު ފ، ނިލަންދޫ ޓާފް ދަނޑުގައި ކުޅޭ ފައިނަލުގައި ސަސް ކުޅޭނީ ކްލަބް އީގަލްސްއާއެވެ. އީގަލްސް ފައިނަލުން ފުުރުސަތު ހޯދީ ޓީސީ ސްޕޯޓްސް ކްލަބް ސެމީގައި ބަލިކުރުމަށް ފަހުއެވެ.

ޔޫތު ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ފުރަތަމަ މެޗުގައި ޓީސީން އޮޑި ބަލިކޮށްފި

ފުރަތަމަ މެޗުގައި ޓީސީން އޮޑި ބަލިކޮށްފި

09 ޖޫން 2024
ޓީސީ ބަލިކޮށް، އެއްވަނަ ޓީމްގެ ގޮތުގައި ޔޫވީ ސެމީއަށް

ޓީސީ ބަލިކޮށް، އެއްވަނަ ޓީމްގެ ގޮތުގައި ޔޫވީ ސެމީއަށް

08 ޖޫން 2022
ވެލެންސިޔާ ސެމީއަށް

ވެލެންސިޔާ ސެމީއަށް

06 ޖޫން 2022
ޓީސީ ދެވަނަ މެޗުންވެސް މޮޅުވެ، ސެމީއަށް

ޓީސީ ދެވަނަ މެޗުންވެސް މޮޅުވެ، ސެމީއަށް

06 ޖޫން 2022

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު