Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް

ވެލެންސިޔާ ސެމީއަށް

ވެލެންސިޔާ ސެމީއަށް ދަތުރުކުރީ ގްރޫޕުގެ އެއްވަނާގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 6 ޖޫން 2022 | ހޯމަ 15:23
މުބާރާތުގައި ވެލެންސިޔާއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މުބާރާތުގައި ވެލެންސިޔާއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ޖާގަ ވެލެންސިޔާއިން ކަށަވަރުކޮށްފިއެވެ.

ވެލެންސިޔާއަށް ސެމީގެ ޖާގަ ޔަގީންވީ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު މެޗުން މޮޅު ވުމުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އީގަލްސްގެ މައްޗަށް ވެލެންސިޔާ ކުރިހޯދީ 1-0ންނެވެ. މެޗުގެ ހަމައެކަނި ގޯލު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ވެލެންސިޔާއަށް ކާމިޔާބު ކޮށްދިނީ އަހްމަދު ހަމްދާން އަޒްލީންއެވެ. މިއީ އީގާލްސް ހާފުގެ މެދެއްހާ ހިސާބު ހުރެފައި ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

ގްރޫޕް ބީގެ އެއްވަނާގައި ވެލެންސިޔާ ސެމީއަށް ދަތުރުކުރިއިރު، ފުރަތަމަ މެޗުން އެޓީމު ވަނީ 10-1ން ދަ ގްރާންޑޭ ބަލިކޮށްފައެވެ. ގްރޫޕް ބީން ސެމީއަށް ދަތުރުކުރާ ދެވަނަ ޓީމު ޔަގީންވާނީ ބުރާސްފަތި ދުވަހުއެވެ. ގްރޫޕްގެ ފަހު މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ދަ ގްރާންޑޭއާއި އީގަލްސް ބައްދަލުކޮށް މޮޅުވާ ޓީމެއް ސެމީއަށް ދާނެއެވެ.

ގްރޫޕް އޭއިން ސެމީގެ ޖާގަ މިހާތަނަށް ޔަގީންވެފައި އޮތީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. ޓީސީ ވަނީ ބާކީ އެއްމެޗު އޮއްވައި، ގްރޫޕްގެ އެއްވަނާގައި ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. ޓީސީން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފައެވެ.

މުބާރާތުގެ މެޗުތައް ދެން އޮންނާނީ ބުދަ ދުވަހުއެވެ. ބުދަ ދުވަހު ހަވީރު ޓީސީ ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ. އެރޭ އޮންނާނީ މާޒިޔާއާ ސަސް ބައްދަލުކުރާ މެޗެވެ.

ކުލަބު ވެލެންސިއާފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ޔޫތު ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު