Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫތު ޗެމްޕިއަންޝިޕް

ޓީސީ ބަލިކޮށް އީގަލްސްއިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި

މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2022 | ބުދަ 15:11
ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ކުލަބް އީގަލްސްއިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން އީގަލްސްއިން ފުރަތަމަ 25 މިނެޓުގެ ތެރޭގައި މުހިންމު ދެ ކުޅުންތެރިންނަށް އަނިޔާވެ، ބަދަލުކުރަން ޖެހުނެވެ. އެގޮތުން ޒައިން ޒަފަރާއި މުޙައްމަދު ރަޔާން މުއްސަދު މަންސޫރަށް އަނިޔާވެ ބަދަލުކުރިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ޓީސީގެ ކުރިއަށް ކުޅޭ އަޙްމަދު ޒައުލް ނާޒިމާއި ޔޫސުފް ޝާއިފަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ އީގަލްސްގެ ކީޕަރު ޝައިހާން އަލީއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 65 ވަނަ މިނެޓުގައި ޓީސީގެ ގޯލްކީޕަރު ނައިޝަމް އަޙްމަދު ކުރިއަށް އެރި ބޯޅައެއް ހޯދައި، އީގަލްސްގެ ސަމާހު އަލީ އަށް ލިބުނު ނަމަވެސް އޭނާއަށް ރަނގަޅަށް ހަމަލާއެއް ފޮނުވައިނުލެވެނީސް ޓީސީގެ ޑިފެންޑަރު އަޙްމަދު މާއިޝް ރަޝީދު ވަނީ ދިފާއުކޮށްފައެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އީގަލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަމާޙް މޫސާ ފަތުހީއެވެ.

މި ލަނޑާއެކު ޓީސީން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އީގަލްސްގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 72 ވަނަ މިނެޓުގައި ޓީސީގެ އަޒޫމް އަލީ ފޮނުވާލި ހަމަލާ އީގަލްސްގެ ކީޕަރު ޝައިހާން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެފްއޭއެމް އިން 2011 ވަނަ އަހަރު ޔޫތު ޗެމްޕިއަންޝިޕް ބާއްވަން ފެށި ފަހުން ކުޅުނު ނުވަ މުބާރާތުގެ ތެރެއިން ހަތް ފަހަރު އީގަލްސް އިން ފައިނަލުގައި ކުޅޭނެ އެވެ. އީގަލްސް އިން ހަތަރު ފަހަރު މުބާރާތުގެ ތަށި ހޯދާފައިވާއިރު، ދެ ފަހަރު ވަނީ ފައިނަލުގައި ބަލިވެފައެވެ.

އަންނަ އަންގާރަ ދުވަހު ހަވީރު ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅޭ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި އީގަލްސްއާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަށަވަރުވަނީ ބުދަ ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗަށް ފަހުގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އެވެ.

ޔޫތު ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ފުރަތަމަ މެޗުގައި ޓީސީން އޮޑި ބަލިކޮށްފި

ފުރަތަމަ މެޗުގައި ޓީސީން އޮޑި ބަލިކޮށްފި

09 ޖޫން 2024
ޓީސީ ބަލިކޮށް، އެއްވަނަ ޓީމްގެ ގޮތުގައި ޔޫވީ ސެމީއަށް

ޓީސީ ބަލިކޮށް، އެއްވަނަ ޓީމްގެ ގޮތުގައި ޔޫވީ ސެމީއަށް

08 ޖޫން 2022
ވެލެންސިޔާ ސެމީއަށް

ވެލެންސިޔާ ސެމީއަށް

06 ޖޫން 2022
ޓީސީ ދެވަނަ މެޗުންވެސް މޮޅުވެ، ސެމީއަށް

ޓީސީ ދެވަނަ މެޗުންވެސް މޮޅުވެ، ސެމީއަށް

06 ޖޫން 2022

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު