Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީގެ މަރު: މާވިންއަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަސްދީ، 30 ދުވަހަށް ބަންދު

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2022 | ބުރާސްފަތި 06:41
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށެވެ. ބުރާސްފަތި ދުވަހު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މާވިންގެ މައްޗަށް ކުރާ ދައުވާގެ ބައެވެ. މާވިން ވަނީ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކުކަމަށް ބުނެފައެވެ. އޭނާ ވަކީލަކު ހަމަޖައްސާފައިވީނަމަވެސް، ކޯޓަށް އެ މައުލޫމާތުތައް ހިއްސާކޮށްފައެއް ނުވެއެވެ. ދައުލަތުންވެސް ވަނީ ވަކީލަކާއެކު އަޑުއެހުމުގައި ބައިވެރި ވުމުގެ ފުރުސަތު ދެއްވުމަށް އެދިލައްވާފައެވެ.

މާވިންގެ މައްސަަލައިގެ މުއްދަތު މަޖިލީހުގައި އޭނާގެ ވަކީލު ބައިވެރިވި ނަމަވެސް، ބުރާސްފަތި ދުވަހު ކޯޓުން ފުލުހުން މެދުވެރިކޮށް އޭނާއަށް ގުޅާލުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

މާވިންގެ ބަންދުގެ މުއްދަތު ހަމަވަނީ 20 ޖެނުއަރީއަށް ކަމަށްވުމާއެކު، ދައުލަތުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވުމަށް އެދިފައެވެ. އަދި ވަކީލަކު ނެތް ނަމަވެސް، ބަންދުގެ މުއްދަތު ހަމަވާތީ ބަންދު މުރާޖައާ ކުރުމަށްފަހު، ފަހުން ވަކީލަކާއެކު އަލުން ބަންދު މުރާޖައާއަށް ހުށައަޅައިގެން ދިފާއަށް ކުރިއަށް ގެންދެވިދާނެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ޝަރީއަތުން ވަނީ މާވިންއަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި ބަންދު މުރާޖައާ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައިގައި މާވިން ބަންދު ކުރުމަށް ދައުލަތުން އެދެނީ 2 ސަބަބަކަށް ބަލާފައެވެ. އެއީ މާވިންގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ގިނަ ހެކިތަކެއް ހުރުމާއި، މާވިންގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވައި މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުންކަަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ދައުލަތުން ވަނީ މާވިން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިފައެވެ.

އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށް މާވިން ބުނެއެވެ. އެހެންނަމަވެސް އޭނާ ވަނީ ދޫނިދޫ ކަސްޓޯޑިއަލްގެ ބަދަލުގައި ޖަލަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އެގޮތުން ކަސްޓޯޑިއަލްގައި ހުންނަތާ 85 ދުވަސްވެފައިވާކަމަށް އޭނާ ބުނެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. ގާޒީ ވަނީ މާވިންއަށް ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ލިއްބައިދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމަވައި، 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމަށް ނިންމަވާފައެވެ. މި މައްސަލައިގައި ވަކީލަކު އައްޔަނު ކުރުމުން އިތުރު އަޑުއެހުމެއް ބާއްވަވާނެކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ދޫނިދޫ ކަސްޓޯޑިއަލްގެ ބަދަލުގައި ޖަލަށް ބަދަލުކޮށްދިނުމަށް އެދުނު އެދުމާއި ގުޅޭގޮތުން އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު