Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާޓާލް މާޒިޔާއާ ގުޅުން

މާޒިޔާއަށް މޮންޓަނީގްރޯގެ ޑިފެންޑަރެއް

18 ޖެނުއަރީ 2022 | އަންގާރަ 14:32

ކާޓާލް އާއެކު މާޒިޔާގެ ސްކޮޑުގައި ބިދޭސީ ތިން ކުޅުންތެރިން ހިމެނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖެނުއަރީ 2022 | އަންގާރަ 14:32
މާޒިޔާއާ ގުޅުނު މޮންޓަނީގްރޯގެ ޑިފެންޑަރު ނަމާންޏާ ކާޓާލް

މާޒިޔާއާ ގުޅުނު މޮންޓަނީގްރޯގެ ޑިފެންޑަރު ނަމާންޏާ ކާޓާލް

މޮންޓަނީގްރޯގެ ޑިފެންޑަރު ނަމާންޏާ ކާޓާލް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ކާޓާލް އަކީ ޔޫރަޕުގެ ހަތަރު ގައުމެއްގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ޑިފެންޑަރެކެވެ. ކާޓާލް އެންމެ ފަހުން ކުޅެފައިވަނީ މޮންޓަނީގްރޯގެ ފުރަތަމަ ޑިވިޝަނުގެ ކުލަބު ރޫޑާ ޕްލްޔެލީވިޔާއަށެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ގްރީސް އާއި، ބޮސްނިއާ އަދި ސާބިއާގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފައެވެ.

މި ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިން ބިދޭސީ ޑިފެންޑަރެއް ގެނައިރު، މި އަހަރުގެ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގެ ސީދާ ޖާގައެއް މާޒިޔާއަށް ވަނީ ލިބިފައެވެ. އަދި އެ ޓީމުން މިހާރު އަންނަނީ ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރަމުންނެވެ. ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ޖާގައެއް ހޯދަން ބުދަ ދުވަހުގެރޭ މާޒިޔާއިން ތާވަލުގެ އެއްވަނައިގައި އޮތް ވެލެންސިއާއާ ދެކޮޅަށް ކުޅޭއިރު، އެ މެޗުން މޮޅުވާން މާޒިޔާއަށް މަޖުބޫރެވެ. އެއާއެކު ކާޓާލް ވަނީ އަންގާރަ ދުވަހުގެ ހަވީރު މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކަށް ނުކުމެފައެވެ.

ކާޓާލް އާއެކު މާޒިޔާގެ ސްކޮޑުގައި މިހާރު ބިދޭސީ ތިން ކުޅުންތެރިން ހިމެނެއެވެ. އެއީ މި ސީޒަނަށް މާޒިޔާއަށް ގެނައި ނޭޕާލުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ އިތުރުން ސެއިންޓް ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ދެން މި ސީޒަނަށް މާޒިޔާއިން ގެނައި އަނެއް ދެ ކުޅުންތެރިންނަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އެވެ.

މަޝްހޫރު ފުޓްބޯޅަ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން މި ސީޒަނާ މާޒިޔާއިން ކުރިމަތިލާފައިވާއިރު، ޕްރެޒިޑެންޓްސް ކަޕަށްފަހު ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް