Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ބަޔާނުން ލީޑު ފުޅާކުރިއިރު، ލެވަންޑޯސްކީއަށް 300 ވަނަ ލަނޑު

ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ 46 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޖެނުއަރީ 2022 | އާދީއްތަ 06:03
ކޮލޯން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ކޮލޯން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކޮލޯން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރިއިރު، އެ ޓީމުގެ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ލީގުގައި 300 ލަނޑު ހަމަކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ތޯމަސް މުލާ ދިން ބޯޅައަކުން ލެވަންޑޯސްކީ ވަނީ ބަޔާނަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި މުލާ ތަނަވަސްކޮށްދިން އިތުރު ފުރުސަތަކުން ބަޔާނުގެ ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ކޮރެންޓިން ޓޮލީސޯއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 62 ވަނަ މިނެޓުގައި ލެރޯއި ސާނޭ ދިން ޕާހަކުން ލެވަންޑޯސްކީ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ސާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ.

މި ހެޓްރިކާއެކު ލެވަންޑޯސްކީ ޖަރުމަން ލީގުގައި 300 ލަނޑު ހަމަަކުރީ 369 މެޗުންނެވެ. ޖަރުމަން ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮންނަނީ ލެޖެންޑަރީ ފޯވާޑް ގާޑް މުލާގެ އަތުގައެވެ. އޭނާ ވަނީ ޖަރުމަން ލީގުގެ ތާރީޚުގައި 365 ލަނޑު ޖަހާފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކޮލޯން އަތުން ހޯދި މޮޅާއެކު ބަޔާނުން ވަނީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން ބަޔާނަށް ކުޅުނު 19 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް 19 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. އަދި ބަޔާން އަތުން ބަލިވި ކޮލޯން އޮތީ ތާވަލުގެ އަށްވަނައިގައި 19 މެޗުން 28 ޕޮއިންޓާއެކުއެވެ.

ޖަރުމަން ލީގުބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު