Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ޗައިނާގެ ހާލަތު

އޮލިމްޕިކްސް ގޭމްސް ބޯމަތިވެފައިވަނިކޮށް ބެއިޖިންގ އިން އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ފެނިއްޖެ

މިކޭސް އާ ގުޅިގެން 2430 ސާމްޕަލެއް ވަނީ ޓެސްޓްކުރުމަށް ނަގާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޖެނުއަރީ 2022 | އާދީއްތަ 03:28
ބެއިޖިންގ ގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ

ބެއިޖިންގ ގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ

ވިންޓަރ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާގެ ކެޕިޓަލް ސިޓީ ބެއިޖިންގ އިން އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ފެނިގެން ރިޕޯޓްކޮށްފިއެވެ.

ޗައިނާގެ ސްޓޭޓް ޓީވީން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓްގެ ކޭހެއް އެ ސްޓޭޓުން ވަނީ ފެނިފައެވެ. މިއާއެކު އެމީހާ ދިރިއުޅެމުންދިޔަ އެޕާޓްމެންޓް ހުރި އިމާރާތާއި އޭނާ މަސައްކަތްކުރި ތަން ބަންދުކޮށް މި ދެސަރަހައްދާ ގުޅުންހުރި މީހުންގެ ތެރެއިން 2430 ސާމްޕަލެއް ވަނީ ޓެސްޓްކުރުމަށް ނަގާފައެވެ.

އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ވިންޓަރ އޮލިމްޕިކްސް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު ޗައިނާއިން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެއިތުރުން ޗައިނާގެ އައު އަހަރާދިމާކޮށް އެތައް ހާސް ބަޔަކު ޗައިނާ އަށް އައުމާއި ޗުއްޓީއާ ދިމާކޮށް އެތައް ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާނެތީ ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ ކަމާބެހޭ އިދާރާތަކުން ވަނީ މީގެކުރިން އެކަމުގެ އިންޒާރުދީފައެވެ.

ގިނަ ސިޓީތަކެއްގެ ސަރުކާރުތަކަކުން ވަނީ ޗުއްޓީގައި ވިޔަސް ކޮންމެހެން ބޭނުން ޖެހިގެން ނޫންގޮތަކަށް އެމީހުން ދިރިއުޅޭ ޓައުން ދޫކޮށް ނުދިޔުމަށް އެދިފައެވެ. މީގެއިތުރުން އެތައް ސަތޭކަ ބައިނަލްއަގްވަމީ އަދި އެތެރޭގެ ފްލައިޓްތަކެއްގެ އުދުހުންތައްވެސް ވަނީ މެދުކަނޑާލާފައެވެ.

ބެއިޖިންގ އިތުރުން ޗައިނާގެ ހަތަރު ޕްރޮވިންސަކުން ވަނީ އޮމިކްރޯން ވޭރިއަންޓް ފެނިގެން ރިޕޯޓްކޮށްފައެވެ. ނަމަވެސް ޗައިނާގައި އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ މީހުންގެ އަދަދެއް ސާފެއްނޫނެވެ.

ޗައިނާގެ 14 ސަރަހައްދަކުން މިހާތަނަށް އައިއިރު އޮމިކްރޯން ވޭރިއަންޓް ފެނިފައިވާއިރު އެކޭސްތަކަކީ ޗައިނާއަށް އެތެރެވި މީހުންކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެއެވެ.

ކޮވިޑް-19ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު