ކ. މާލެ
|
15 ޖެނުއަރީ 2022 | ހޮނިހިރު 01:10
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިންގެ ހާލަތު
އިތުރު 726 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި
 
ބޫސްޓަރ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 29،815ށް އަރާފައި
 
ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 368،718ށް އަރާފައި
 
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،154ށް އަރާފައި

ރާއްޖެއިން އިތުރު 726 މީހުން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު ބޫސްޓަރ ޑޯޒް މާލެ ސަރަހައްދުން 341 މީހުން ޖަހާފައިވާއިރު އަތޮޅުތަކުން 385 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މިއާއެކު ބޫސްޓަރ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 29،815ށް އަރާފައެވެ.

ބުރާސްފަތި ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 31 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 30 މީހުންނާއި އަތޮޅުތަކުން އެކަކެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،154ށް އަރާފައެވެ.

ބުރާސްފަތި ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް 96 މީހުން ވަނީ ޖަހާފައެވެ. އެއި މާލެ ސަރަހައްދުން 87 މީހުންނާއި އަތޮޅުތަކުން 9 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 368،718ށް އަރާފައެވެ.

ރާއްޖެއަށް ކޮވިޑް-19ގެ އިތުރު ރާޅެއް ކުރިމަތިވެފައިވާއިރު ހޮނިހިރު ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލައިގެން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ދޭން އެޗްޕީއޭއިން ވަނީ މިހާރު ނިންމާފައެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް-19ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 6 މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން، 15 ޖެނުއަރީ ވާ ހޮނިހިރު ދުވަހުން ފެށިގެން ޖަހައިދޭން ނިންމާފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނީ، ބޫސްޓަރ ޑޯޒް ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އަދި ވެކްސިން ޖަހަން ދާއިރު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ނެތުމާއި، ކަރަންޓީންގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން ދެއްކޭނެ ހެދުމެއް ލުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް