Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެ ކޮމަންޑޫ ގުޅުވާލުން

ކޮމަންޑޫ ރައްޔިތުންނަށް ލިބިގެންދާ ހިތްހަމަޖެހުން ހުއްޓުވަން ބަޔަކު މަސައްކަތް ކުރޭ – ފައްޔާޒު

އޭސީސީއަށާއި އެކިއެކި ތަންތަނަށް މައްސަލަ ހުށަހަޅައިގެން މަތިކޮމަންޑޫގެ މަޝްރޫއު ހުއްޓުވަން ބަޔަކު މަސައްކަތްކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2022 | ހުކުރު 18:43
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކޮމަންޑޫގެ ބޮޑު މަޝްރޫއު ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކޮމަންޑޫގެ ބޮޑު މަޝްރޫއު ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ކޮމަންޑޫ ރައްޔިތުންނަށް ލިބިގެންދާ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ހުއްޓުވަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލާ ބޮޑު ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާފައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މަތިކޮމަންޑޫ ގުޅާލުމުން ބޯހިޔާވަހިކަމަށް ހައްލެއް ލިބިގެންދާއިރު އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށެވެ. އޭގެ މަންފާ ކޮމަންޑޫ ރައްޔިތުންނަށް އަދި މުޅި ށ. އަތޮޅަށް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިއަދު މަސައްކަތް ކުރަމުން ދަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކުގެ ތެރެއިން ކަމަށެވެ. ސަރުކާރުން ކުރަމުން މިދަނީ ޚުދުމުޚުތާރު ވެރިކަމެއް ނޫން ކަމަށާއި، ޚުދުމުޚުތާރު ވެރިކަމެއް ރާއްޖޭގައި ބަޔަކު ކޮށްފައިވާ ކަމަށެވެ. ބޭނުން ގޮތަކަށް ބޭނުން ކަމެއް ކޮށްލެވެން އެއިރު އޮތް ކަމަށާއި، ބޭނުން ގޮތަކަށް މަޖިލީހުން ގާނޫނުތައް ބަދަލުކޮށްލާ، ސަރުކާރުން ބުނި ގޮތަކަށް އަމަލުކުރި ކަމަށެވެ.

އެއިރު އެ ބާރާ އާރާ އޮއްވާ މިކަންކަން (ކޮމަންޑޫ އަދި މަތިކޮމަންޑޫ ގުޅުވާނުލެވޭ) ނުކުރޭ ކަމަށާއި، މި ސަރުކާރުން މިކަންކަން މިކުރަނީ ސަރުކާރުގެ މައްޗަށް ފާރަވެރިވާނެ އެތައް މުއައްސަސާއެއް އޮވެ، ރާއްޖޭގެ މީޑިއާއިން ވެސް ކޮންމެ ފަދަ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދީގެން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޮމަންޑޫގައި ކުރިއަށްދާ ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި ކުރެވުނު ކަންތައްތަކުގެ މުޅިން ނުބައި މައުލޫމާތު މީޑިއާއަކުން އާންމު ކުރި ކަމަށާއި، ސަރުކާރުން އެމީހުން ހިފާ ހައްޔަރުކޮށް ބަންދެއް ނުކުރާނެ ކަމަށެވެ. ހުރިހާ ފާރަވެރިކަމަކާއި އެއްކޮށް ކަންކަން ކުރުމަކީ ރައްޔިތުން ބޭނުންވާ ދުވަސް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ކޮމަންޑޫ ރައްޔިތުންނަށް ލިބިގެންދާ ބޮޑު ހިތްހަމަޖެހުން ހުއްޓުވަން ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. އޭސީސީއަށް މައްސަލަ ހުށަހަޅާ، އަދި އެކިއެކި ދިމާލަށް މައްސަލަ ހުށަހަޅައިގެން މަތިކޮމަންޑޫގެ މަޝްރޫއު ހުއްޓުވަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގައި ކޮމަންޑޫގެ ބިން ހިއްކުމާއި، ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ އިތުރުން ކޮމަންޑޫގެ އެއްގަމުތޮށި އަދި ބަނދަރުގެ ތޮށިގަނޑު މަރާމާތުކުރުން ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކުމާއި، 1520 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 353 މީޓަރުގެ ސަރަހައްދެއްގައި ގްރައިންސް ޖެހުމާއި، 200 މީޓަރުގެ ބްރިޖެއް އެޅުން ހިމެނެއެވެ. އަދި މިހާރު ހުރި ރިވެޓްމެންޓްގެ 1662 މީޓަރުގެ ސަރަހައްދެއް ރެކްޓިފައިކޮށް ރީޕްރޮފައިލް ކުރުމާއި، މިހާރު ހުރި ބޭރުތޮށީގެ 30 މީޓަރުގެ ސަރަޙައްދެއް ރެކްޓިފައިކޮށް ރީޕްރޮފައިލް ކުރުމާއި، އެންވަޔަރަމަންޓްރަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ޖުމްލަ 249.90 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ށ.ކޮމަންޑޫކޮމަންޑޫ ދާއިރާމިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

18 ނޮވެމްބަރު 2024
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް އާއި އެކު ޚިދުމަތްދޭ ފަރާތްތަކުން އިންޓަރނެޓް ގަންނަ އަގު 50 އިންސައްތަ ކުޑަކުރެވިގެންދާނެ - ފައްޔާޒް

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް އާއި އެކު ޚިދުމަތްދޭ ފަރާތްތަކުން އިންޓަރނެޓް ގަންނަ އަގު 50 އިންސައްތަ ކުޑަކުރެވިގެންދާނެ - ފައްޔާޒް

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: މިނިސްޓަރު ފައްޔާޒު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: މިނިސްޓަރު ފައްޔާޒު

11 އޯގަސްޓު 2023

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު