Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކިޔަވައިދޭ އުސޫލަށް ބަދަލުގެނައުން

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތުތަކަށް ބަދަލުގެނެސްފި

ކޮވިޑާއި ގުޅިގެން ކިޔަވައިދޭ އުސޫލަށް ބަދަލު ގެނައީ ހަމައެކަނި މާލެ ސަރަހައްދުގެ ސްކޫލްތަކަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2022 | ހުކުރު 14:16
ކޮވިޑްގެ ހާލަތު ގޯސްވެ ސްކޫލަތުގައި ފިޔަވަޅުތަކެއް ވަނީ އަޅާފައި

ކޮވިޑްގެ ހާލަތު ގޯސްވެ ސްކޫލަތުގައި ފިޔަވަޅުތަކެއް ވަނީ އަޅާފައި

ކޮވިޑް ކޭސްތައް އިތުރުވެ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔަވައިދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19ގެ ވައިރަސް ހަލުއިކަމާއިއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން 2021-2022 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ކިޔަވައިދިނުން ސްކޫލްތަކުގައި އާދީއްތަ ދުވަހު ފަށާއިރު މާލޭގެ ސްކޫލްތަކުގައި ފުރަތަމަ ހަފްތާގައި ކިޔަވައި ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޚާއްސަ ސަމާލުކަން ދީގެން ކަމުގައެވެ.

Advertisement - newsAdvertisement

އެގޮތުން ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައި ދުރުކަން ދެމެހެއްޓުމަށާއި، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުންބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުމާއި، ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓު ދުރުމިން ބެހެއްޓުމަށް ވެސް ވަނީ އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 1ން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް އަންގާފައިވާނެ ކަމަށެވެ. އެހެންނަމަވެސް ސްކޫލްތަކުގެ ކެޕޭސިޓީއަށް ބެލުމަށްފަހު އިތުރު ދުވަސްތަކުގައި ސްކޫލްތަކަށް ހާޒިރުވެގެން ކިޔަވައިދެވޭނަމަ ވަކިވަކި ސްކޫލްތަކުން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ. ރާއްޖެ.އެމްވީއަށް މައުލޫމާތުދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން ވެސް ސްކޫލަށް ހާޒިރުވެގެން ކިޔަވަން އަންގާފައިވާނީ 2 ދުވަހު ކަމަށާއި، ނަމަވެސް ސްކޫލްތަކުގެ އާބާދީއަށް ބެލުމަށްފަހު ފިޔަވަޅުތަކާއެކު ކިޔަވައިދެވޭނަމަ އިތުރު ދުވަސްތަކުގައި ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ ކަމަށެވެ. އަދި ސްކޫލަށް ހާޒިރު ނުވާ ދުވަސްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށާއި، ސްކޫލަތަކުން އެ އިންތިޒާމްތައް ހަމަޖައްސާ ބެލެނިވެރިންނަށް އަންގާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސާނަވީ އަދި މަތީ ސާނަވީ (ގްރޭޑް 9، 10، 11 އަދި 12) ގެ ދަރިވަރުން ހުރިހާ ދުވަހެއްގައި ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި ދަންފަޅިތައް ބަހާލައިގެން ކިޔަވައިދޭނެ ގޮތްތަކާއި ސްކޫލްތަކުން ހަމަޖައްސާ އުސޫލުތައް ބެލެނިވެރިންނަށް ސްކޫލްތަކުން އަންގާނެ ކަމަށެވެ. އަދި ކިޔަވައިދިނުމުގައި ބަދަލުތަކެއް ގެނެސްފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގެ ސްކޫލްތަކަށް އެކަނި ކަމަށާއި، އަތޮޅުތެރޭގެ އެއްވެސް ސްކޫލެއްގެ ކިޔެވުމަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސްކޫލްތަކުގައި އަމަލުކުރަން އަންގާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުމާއި، ކޮވިޑް-19ން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ދެއްވާ އިރުޝާދުތަކަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ. އެޑިއުކޭޝަނުން ބުނީ ވަކި ސްކޫލްތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ސްކޫލްތަކުން ބެލެނިވެރިންނާއި ހިއްސާ ކުރާނެ ކަމަށެވެ.

ޗުއްޓީ ނިމި ސްކޫލްތައް އަލުން ހުޅުވާއިރު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މިހާރުވަނީ އަންގާފައެވެ. މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާރކިއުލަރގައި ވަނީ އެޗްޕީއޭ އިން އާއްމު ކޮށްފައިވާ މިންގަނޑުތަކަށް އަމަލުކުރަން އަންގައި، މައިގަނޑު ފަސް ކަމެއް ތަންފީޒު ކުރަން އެދިފައެވެ.

ސްކޫލްތަކުން ތަންފީޒު ކުރުމަށް އަންގާފައިިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ބޭރުން އަންނަ ކުދިން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދައި އަދި އެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމާއި، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ކުއްޖަކު ނުވަތަ މުވައްޒަފަކު އެ ރަށަަކަށް ގޮސް 3-4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމެވެ.

މީގެ އިތުރުން ސްކޫލްގެ ތެރޭގައި ކުދިންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅައިގެން ތިބުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުރުމާއި، މި ދުވަސްވަރު ސްކޫލުގެ ތެރޭގައި ގްރޫޕް ހަދައިގެން އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކު ވެސް ކައިބޮއި ނުހެދުމަށް ވަނީ އަންގާފައެވެ. އަދި ސްކޫލްގެ ތެރޭގައި ގާއިމު ކޮށްފައިވާ "އިންފެކްޝަން މެޝާސް" ގެ ކަންކަން ފުރިހަމަ އަށް ތަންފީޒުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމުން 2020 ވަނަ އަހަރުވެސް ގްރޭޑު ހަތަކުން ފެށިގެން ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދިނީ އޮންލައިންކޮށެވެ.

ކޮވިޑް-19އޮމިކްރޯން ވޭރިއަންޓްސްކޫލުމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު