Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބީޗް ވޮލީ ޓީމު

ބީޗް ވޮލީ ކުރިއެރުވޭނީ އެކުގައި ގިނަ ވަގުތު މަސައްކަތްކޮށްގެން: ގައުމީ ކޯޗު

13 ޖެނުއަރީ 2022 | ބުރާސްފަތި 10:58

ބުދަ ދުވަހު ވަނީ ބީޗްވޮލީ ޓީމުގެ ފަރިތަކުރުންތައް ފަށާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 13 ޖެނުއަރީ 2022 | ބުރާސްފަތި 10:58
ގައުމީ ބީޗް ވޮލީ ޓީމުގެ ބްރެޒިލް ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީ

ގައުމީ ބީޗް ވޮލީ ޓީމުގެ ބްރެޒިލް ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީ

ރާއްޖޭގައި ބީޗްވޮލީބޯޅަ ކުރިއެރުވޭނީ އެކުގައި ގިނަ ވަގުތު މަސައްކަތްކޮށްގެން ކަމަށާއި، މިވަގުތަށް ބަލާނަމަ ބީޗްވޮލީބޯޅައިގެ ފެންވަރު ހުރީ އޭނާއަށް ކަމުދާ މިންވަރެއްގައި ކަމަށް ބީޗްވޮލީބޯޅަ ޓީމާއި އަލަށް ގުޅުނު ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީ ބުނެފިއެވެ.

ހުޅުމާލޭ ބީޗްވޮލީބޯޅަ ކޯޓުގައި ބުދަ ދުވަހު ވަނީ އައު ކޯޗު ވިނީޝިއުސް އާއިއެކު ފުރަތަމަ ޓްރެއިނިން ސެޝަން ކުރިއަށް ގެންގޮސްފައެވެ.

ބުދަ ދުވަހު ކުރިޔަށްދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނީ ދާދި ފަހުން ބޭއްވި ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ޕެއާ ކަމަށްވާ އަޙްމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު އަލީ (ޑެންޒޯ)ގެ އިތުރުން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)އެވެ.

ޓްރެއިނިން ސެޝަންއަށްފަހު މީޑިއާ އާއި ވާހަކަ ދައްކަމުން ވިނީޝިއުސް ބުނީ އެފްއައިވީބީ މެދުވެރިކޮށް އޭނާއަށް މި ލިބުނު ފުރުސަތަކީ އޭނާގެ ކެރިޔަރުގައިވެސް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގެ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި، އެގޮތުން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.

ބީޗް ވޮލީބޯޅަ ކުރިއެރުވުމަށް އެންމެ މުހިންމު ކަމަކީ އެކުގައި މަސައްކަތް ކުރުން ކަމަށާއި، ހެނދުނު ނޫނީ މެންދުރު ޓްރެއިނިން ބޭއްވި ކަމުގައިވިޔަސް ކުޅުންތެރިން ތިބެންވީ ތައްޔާރަށް ކަމަށާއި، ބްރެޒިލުގައި ލިބުނު ތަޖުރިބާއަށް ބަލާއިރު ދަސްވެފައިވާ ކަމަކީ މަސައްކަތް ކުރުން ކަމަށެވެ.

ވިނީޝިއުސް ބުނީ ހަމައެކަނި ބީޗްވޮލީ ޓްރެއިން ކޮށްގެން ކުރި ނާރާނެ ކަމަށާއި ޖިމް ޓްރެއިނިންގ އާއި ވީޑިއޯ ދިރާސާކުރުންވެސް މީގައި މުހިންމު ކަމަށެވެ.

ވިނީޝިއުސްގެ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބްރެޒިލްގެ އަންހެން ބީޗް ވޮލީ ބޯޅަ ޓީމުތަކަށް 2013 ވަނަ އަހަރުގެ ވޯލްޑް ޓުއާ އިން އެއް ވަނަ އަދި ދެ ވަނަ ހޯދައިދީފައެވެ. އަދި 2013 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އިން ތިން ވަނަ ހޯދައިދިނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގައި ކޮންޓިނެންޓަލް ކަޕްގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދިނެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ޓުއާގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދީފައެވެ.

މިއަހަރަކީ ބީޗްވޮލީގައި ރާއްޖެއަށް ބޮޑު އަހަރެކެވެ. އެގޮތުން ބީޗް ވޮލީގައި ރާއްޖެއަށް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް މިއަހަރު އެބައޮތެވެ.

ބީޗްވޮލީ ޓުއާގެ މުބާރާތެއް މި އަހަރު ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ޝެޑިއުލްކޮށްފައެވެ. ރާއްޖޭގައި ބޭއްވޭ ބީޗްވޮލީ ޓުއާގެ މެޗުތައް ކުރިއަށްދާނީ މި އަހަރުގެ އޮކްޓޫބަރު 13-16 އަށެވެ. މިއީ ދުނިޔޭގެ ފެޑެރޭޝަނުން ބާއްވާ މި ފަދަ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ވަނީ 2015 ވަނަ އަހަރު އޭވީސީ ބީޗްވޮލީ މުބާރާތުގެ މެޗުތަކެއް ކުރިއަށް ގެންގޮސްފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް