Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޫސްޓަރ ޑޯޒް ދިނުމުގެ ޕްރޮގްރާމް

ބޫސްޓަރ ޑޯޒް ޖަހައިދޭނެ މީހުން ހޯދަނީ

ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމަށް 56 ސްޓާފުން ހޯދުމަށް ވަނީ އިއުލާންކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖެނުއަރީ 2022 | ބުދަ 17:47
ކޮވިޝީލްޑް ވެކްސިން

ކޮވިޝީލްޑް ވެކްސިން

މިމަހުގެ ތެރޭގައި އާބާދީ ބޮޑުބަޔަކަށް ކޮވިޑް-19 ބޫސްޓަރ ޑޯޒް ޖެހުމަށް ތައްޔާރުވަމުން އަންނައިރު، ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމްގައި މަސައްކަތްކުރާނެ މީހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ވަނީ ވެކްސިން ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތަށް ސަޕޯޓް ސްޓާފުންގެ ގޮތުގައި 4 ސްޓާފުންނާއި، ފްލޯ މެނޭޖްކުރާނެ މީހުންގެ ގޮތުގައި 6 މީހުންނާއި، 32 ޕްރޮގްރާމް އެސިސްޓެންޓުންނާއި، 10 ވެކްސިނޭޓަރުންނާއި 4 މެޑިކަލް އޮފިސަރުން ހޯދުމަށް އިއުލާންކޮށްފައެވެ. މިހުރިހާ މަގާމުތަކަށްވެސް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށެވެ. މިހުރިހާ ސްޓާފުންވެސް ނަގަނީ 3 މަހުގެ މުއްދަތަށެވެ.

Advertisement - newsAdvertisement

ސަޕޯޓް ސްޓާފުންނަށާއި ޕްރޮގްރާމް އެސިސްޓެންޓުންނާއި ފްލޯ މެނޭޖަރުންނަށް މަހަކު 7500 ރުފިޔާ ލިބޭއިރު، ވެކްސިނޭޓަރުންގެ މުސާރައަކީ މަހަކު 14،700 ރުފިޔާއެވެ. އަދި މެޑިކަލް އޮފިސަރުންގެ މުސާރައަކީ މަހަކު 24،240 ރުފިޔާއެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 15ން ފެށިގެން ބޫސްޓަރ ޑޯޒު އާންމުންނަށް ދޭން ފަށާނެ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ. ނަމަވެސް އާންމުންނަށް ބޫސްޓަރ ޑޯޒް ޖަހަން އަދި ހުޅުވާލަފައެއް ނުވެއެވެ. އެހެންނަމަވެސް އެޗްޕީއޭއިން އަންނަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން އަދި ސިއްހީ ޚިދުމަތްތެރިންނަށް ބޫސްޓަރ ޑޯޒް ދެމުންނެވެ. މީގެތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެއެވެ.

ބޫސްޓަރ ޑޯޒް ޖަހަން ފެށުމަށް ފައިޒަރ ވެކްސިންގެ 100،620 ޑޯޒުގެ ޝިޕްމެންޓެއް މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ. އެހެންނަމަވެސް، ވެކްސިން ޖަހަން ނުފެށި ލަސްވަނީ ބޭނުންވާ ސިރިންޖު ނުލިބޭތީ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ބުނެފައިވަނީ، ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ސިރިންޖް ރާއްޖެއަށް ލިބޭނެކަމަށެވެ. އެއާއެކު ބޫސްޓަރ ޑޯޒް ޖެހުން ކުރިޔަށް ގެންދާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި 28،544 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު