Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޯމަން އެއްބަސްވުން އާކުރުން

ބަޔާނުގެ އެއްބަސްވުން ކިންގްސްލީ ކޯމަން އާކޮށްފި

12 ޖެނުއަރީ 2022 | ބުދަ 13:57

ބަޔާނާއެކު ކުރިއަށް އޮތް ތަނުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ޖެނުއަރީ 2022 | ބުދަ 13:57
ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކިންގްސްލީ ކޯމަން

ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކިންގްސްލީ ކޯމަން

ބަޔާން މިއުނިކާއެކު ހަދާފައި އޮތް އެއްބަސްވުން ފްރާންސްގެ ފޯވާޑް ކިންގްސްލީ ކޯމަން އާކޮށްފިއެވެ.

ފްރާންސްގެ ޕީއެސްޖީން 2013 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށައި، އޭގެ ފަހުން 2014 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސްއަށްވެސް ކުޅުނު ކޯމަން އެންމެ ފުރަތަމަ ބަޔާނަށް ބަދަލުވީ 2015 ވަނަ އަހަރު ދެ އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އޭގެ ފަހުން ބަޔާނުން ވަނީ ކޯމަންގެ އެއްބަސްވުން ދާއިމީކޮށްފައެވެ.

މިހާރު އުމުރުން 25 އަހަރުގެ ކޯމަން ބަޔާނާއެކު މީގެ ކުރިން ހަދާފައި އޮތް އެއްބަސްވުން އަންނަ އަހަރު ހަމަވަން އޮތްއިރު، ބުދަ ދުވަހުގެ ވަގުތެއްގައި އެ ޓީމުން ވަނީ ކޯމަންގެ އެއްބަސްވުން އާކުރިކަން އިއުލާންކޮށްފައެވެ. އަދި އައު އެއްބަސްވުމާއެކު 2027 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އެ ޓީމުގައި ކޯމަން މަޑުކުރާނެ ކަމަށްވެސް އެ ކުލަބުން ވަނީ ބުނެފައެވެ.

ބަޔާނުގެ އެއްބަސްވުން އާކުރުމަށްފަހު ދިން އިންޓަވިއުއެއްގައި ކޯމަން ބުނީ އެއްބަސްވުން އާކުރެވުމުން އުފާކުރާ ކަމަށާއި، އެގޮތުން ބަޔާނަކީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ މޮޅު އެއް ކުލަބު ކަމަށެވެ. އަދި އެ ކުލަބާއެކު ކުރިއަށް އޮތް ތަނުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ބަޔާނުގައި ކޫމަން ކާމިޔާބު ދުވަސްތަކެއް ހޭދަކުރަމުން އަންނައިރު، ކޯމަން ވަނީ އޭނާގެ އުމުރުން 19 އަހަރުވީއިރު، ޔޫރަޕުގެ ވަރުގަދަ ތިން ލީގެއްގެ ޗެމްޕިއަން ޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން ޕީއެސްޖީއާއެކު ކޯމަން ފްރެންޗް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގުވެސް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އަދި ބަޔާނާއެކު މިހާތަނަށް ކޯމަން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، އޭގެ ތެރޭގައި ޖަރުމަން ލީގު ހަ ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި، ފީފާ ކުލަބު ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކޯމަން ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 36 މެޗު ކުޅެދީ، އެ ގައުމާއެކު މިދިޔަ ސީޒަނުގެ ޔުއެފާ ނޭޝަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ކިންގްސްލީ ކޯމަންބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް