Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވައިނަލްޑަމް ހޯދަން މަސައްކަތްކުރުން

ވައިނަލްޑަމް ހޯދަން ނިއުކާސަލުން މަސައްކަތްކުރަނީ

ޕީއެސްޖީގައި ވައިނަލްޑަމް ހުރީ އުފަލުން ނޫން ކަމަށް ރިޕޯޓުތައް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ޖެނުއަރީ 2022 | ބުދަ 12:53
ޕީއެސްޖީއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް

ޕީއެސްޖީއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް

ޕީއެސްޖީއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ހޯދަން ނިއުކާސަލް ޔުނައިޓެޑުން އަލުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ވައިނަލްޑަމް މީގެ ކުރިން ވަނީ ނިއުކާސަލުގައި އެއް ސީޒަން ހޭދަކޮށްފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޖުލައި މަހު ވައިނަލްޑަމް ނިއުކާސަލާ ގުޅުނުއިރު، އޭނާ ވަނީ އެ ސީޒަނުގައި އެ ޓީމަށް ކުޅެދިން 40 މެޗުގައި 11 ލަނޑު ޖަހާފައެވެ. އެއާއެކު 2016 ވަނަ އަހަރު ލިވަޕޫލުން ވަނީ 23 މިލިޔަން ޕައުންޑުގެ ފީއަކަށް ވައިނަލްޑަމުގެ ސޮއި ހޯދާފައެވެ.

ލިވަޕޫލުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ވައިނަލްޑަމް ޕީއެސްޖީއަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި އޭނާ ވަނީ އެ ޓީމާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެކަމަކު އޭގެ ފަހުން ވައިނަލްޑަމަށް ޕީއެސްޖީގައި އަދި މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، އޭނާ އެ ޓީމުގައި މި ވަގުތު ހުރީ އުފަލުން ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުގެ ގޮތުގައި އޮތް ނިއުކާސަލަށް މި ޓްރާންސްފާ ބާޒާރުގައި 200 މިލިޔަން ޕައުންޑް ޚަރަދުކުރެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން އެ ޓީމުން އަންނަނީ ލޯނު އުސޫލުން ވައިނަލްޑަމުގެ ސޮއި ހޯދަން މަސައްކަތްކުރަމުންނެވެ. އެކަމަކު އަލުން އަނބުރާ ކުރީގެ ކުލަބަށް ބަދަލުވާން ވައިނަލްޑަމް ބޭނުންނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ޓްރާންސްފާ ބާޒާރުގައި ނިއުކާސަލުން ބޮޑެތި ޚަރަދުތަކެއް ކުރާނެ ކަމަށް ބެލެވޭއިރު، ދާދި ފަހުން އެ ޓީމުން ވަނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި އިންގްލެންޑުގެ ޑިފެންޑަރު ކިއެރަން ޓްރިޕިއާގެ ސޮއި ހޯދާފައެވެ. މިއީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނުގެ ހިއްސާއާއެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަތް ފަހުން އެ ޓީމުން ކުރި ފުރަތަމަ ޓްރާންސްފާއެވެ.

މި ވަގުތު ޕީއެސްޖީއަށް ކުޅެމުން އަންނަ ވައިނަލްޑަމް މީގެ ކުރިން ލިވަޕޫލުގައި ކާމިޔާބު ފަސް އަހަރު ހޭދަކޮށްފައިވާއިރު، އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 236 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ފަހުން ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވައިނަލްޑަމްގެ ހިއްސާ ބޮޑެވެ.

ޖިއޮޖީނިއޯ ވައިނަލްޑަމްނިއުކާސަލް ޔުނައިޓެޑް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ފަހަތުން އަރައި އާސެނަލް އިން ނިއުކާސަލް ބަލިކޮށްފި

29 ސެޕްޓެމްބަރު 2025
ފަހަތުން އަރައި އާސެނަލް އިން ނިއުކާސަލް ބަލިކޮށްފި
05 އޯގަސްޓު 2025

ސެސްކޯ ހޯދުމަށް ނިއުކާސަލް އިން 90 މިލިއަން ޔޫރޯ ހުށަހަޅައިފި

05 އޯގަސްޓު 2025
ސެސްކޯ ހޯދުމަށް ނިއުކާސަލް އިން 90 މިލިއަން ޔޫރޯ ހުށަހަޅައިފި
16 ޖުލައި 2025

އިސާކް ހޯދަން ލިވަޕޫލް އިން މަސައްކަތް ކުރަނީ

16 ޖުލައި 2025
އިސާކް ހޯދަން ލިވަޕޫލް އިން މަސައްކަތް ކުރަނީ
05 ޑިސެމްބަރު 2024

ނިއުކާސަލް އިން ލިވަޕޫލާ އެއްވަރު ކޮށްފި

05 ޑިސެމްބަރު 2024
ނިއުކާސަލް އިން ލިވަޕޫލާ އެއްވަރު ކޮށްފި
03 ނޮވެމްބަރު 2024

ނިއުކާސަލް އަތުން ބަލިވެ، އާސެނަލް ހަތަރަކަށް

03 ނޮވެމްބަރު 2024
ނިއުކާސަލް އަތުން ބަލިވެ، އާސެނަލް ހަތަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު