Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮންޓެކްޓް ޓްރޭސް ކުރުން

ކޮންޓެކްޓް ޓްރޭސްކުރަން ދަތިވެ، ޑައިރެކްޓް ކޮންޓެކްޓުންގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެ

ޓެސްޓުކުރުމަށް ސާމްޕަލެއް ނަގާފައިވާނަމަ "ކޮވިޑް ސޭފް" ޕޯޓަލް މެދުވެރިކޮށް ނަތީޖާ ބެލުމަށް ވަނީ އަންގާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2022 | ބުދަ 09:28
ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެންދަނީ

ކޮވިޑް19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގައިގެންދަނީ

ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ދަތިވެ މާލެ ސަރަހައްދުން ޕޮޒިޓިވްވާ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަޙައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ، އާންމުކޮށް ކުރިއަށްގެންދާ ގޮތަށް ޕޮޒިޓިވްވާ ހުރިހާ ފަރާތްތަކަށް ގުޅާ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ދަތިވާ ކަމަށެވެ. އެހެންކަމުން ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވްވާ މީހާގެ ކޮންޓެކްޓުންގެ މައުލޫމާތު ވީހާވެސް އަވަހަށް ހޯދައި ދެނެގަތުމަށްފަހު އެކަން ލިޔުމުން އެންގުން އަވަސްކުރުމުގެ ގޮތުން ޕޮޒިޓިވްވެފައިވާ މީހުންގެ ފަރާތުން އެ އެޖެންސީއަށް އީމެއިލް ގެ ޒަރިއްޔާއިން ފޮނުވުމަށް ވަނީ އެދިފައެވެ.

Advertisement - newsAdvertisement

އެގޮތުން ޕޮޒިޓިވްވެފައިވާކަން އެންގުމުގައި ލަސްވުމުގެ ފުރުޞަތު އޮތުމުން، ކޮވިޑް-19ށް ޓެސްޓުކުރުމަށް ސާމްޕަލެއް ނަގާފައިވާނަމަ "ކޮވިޑް ސޭފް" ޕޯޓަލް މެދުވެރިކޮށް ނަތީޖާ ބެލުމަށް ވަނީ އަންގާފައެވެ. އަދި ކޮވިޑު-19 ގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަން އެނގުމުން ct@health.gov.mv އީމެއިލް އަށް ޕޮޒިޓިވް މީހާގެ މަލޫމާތު (ނަން، އައިޑީ / ޕާސްޕޯރޓް ނަންބަރ، ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ ތަފްސީލް) އަދި ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތަކުގެ ލިސްޓް (ނަން، އައިޑީ/ ޕާސްޕޯރޓް ނަންބަރ، ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ ތަފްސީލް އަދި ޕޮޒިޓިވް ވި ފަރާތާއި ދިމާވި ތާރީޚް) ފޮނުވުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން މި މައުލޫމާތު އަމިއްލައަށް ފޮނުވުމަށް ދަތިވާ މީހުން (ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި އަމިއްލައަށް އެފަދަ ކަމެއް ނުކުރެވޭނެ މީހުން)ގެ މައުލޫމާތު އެ މީހެއްގެ ނުވަތަ އެ ކުއްޖެއްގެ ބެލެނިވެރިޔާގެ ފަރާތުން ފޯރުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އަދި އިތުރު އުދަގުލެއްވާނަމަ ޞިއްޙީ ޚިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދުމަށާއި، ބައްޔާ ގުޅިގެން އިތުރުކަމެއްފާހަގަ ކުރަން ބޭނުންވާނަމަ 1676 އަށް ގުޅައިގެން އެކަމެއް ރިޕޯޓުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މާލެ ސަރަޙައްދުގައި ކޮވިޑް-19 ގެ ކޭސް އިތުރުވެ އަދި މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސައްތައަށްވުރެ މަތިވެފައިވާތީ 10 ޖަނަވަރީ 2022 އިން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅަން ވަނީ ނިންމާފައެވެ.

އެގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރ ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުމަށާއި، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ 10 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުން އަދި ކަރަންޓީނުން ދޫކުރެވޭނީ 10 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނެއެވެ. މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން 'ކޮވިޑްސޭފް' ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކާފައި ދަތުރުކުރުމަށާއި، ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން 'ހާލުބެލުން ޕޯޓަލް' އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް ވަނީ އެދިފައެވެ.

"އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެނިފައިވާތީއާއި މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމާއި، 50 މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ މިފަދަ ކަންކަން އެޗްޕީއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށް ވަނީ އަންގާފައެވެ.

އަދި މަގުމަތީ ބާޒާރުތައް ނުބޭއްވުމާއި، ކުޅިވަރު މުބާރާތްތައް، ކުޅިބަލާމީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ.

ކޮވިޑް-19ކޮވިޑް19ކޮވިޑް-19 ވެކްސިންހެލްތު ޕްރޮޓެކްޝަން އެޖެންސީހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު