Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގއ މާމެންދޫ މާރާމާރީ

އުދައްޔުގެ މަރު: ދައުވާ އިއްވުމާއި ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި

ދައުވާ އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2022 | ބުދަ 09:11
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އެރަށު ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ބިލަތްމާގެ، ޝަރަފު ރަޝީދުއާއި، ގުލްފާމުގެ، މުޙައްމަދު މާޒިން

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އެރަށު ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ބިލަތްމާގެ، ޝަރަފު ރަޝީދުއާއި، ގުލްފާމުގެ، މުޙައްމަދު މާޒިން

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝީދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އަދި 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފުލައި، ޖުވެނައިލް ކޯޓުގައި ޝަރީއަތް ކުރިއަށް ދެއެވެ.

މި މައްސަލާގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ. 

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. އެގޮތުން މި އަޑުއެހުން ކުރިއަށް ގެންދެވީ ގާޒީ އަލީ ނަދީމެވެ.

މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ހެކި ރައްކާތެރި ކުރުމުގެ އަމުރަށް އެދި ހުށައަޅާފައިވާ ފޯމު އިސްލާޙު ކުރުމަށް ދައުލަތަށް ފުރުސަތެއް ދެއްވާފައިވެއެވެ. އެގޮތުން ބުދަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައްކާތެރި ކުރުމަށް އެދިފައިވާ ހެކިތަކުގެ ތެރޭގައި 25 ސިއްރު ހެއްކެއް ހިމެނޭ ކަމަށެވެ. އެ ފަރާތްތަކުގެ މައުލޫމާތު ހާމަވެއްޖަނަމަ ޖިސްމާނީ އަނިޔާއެއް ލިބުމާއި، ހެކި ނެތި ދިއުމުގެ ފުރުސަތުވެސް އޮތްކަމަށް ވަކީލާ ވިދާޅުވިއެވެ. އަދި ޙާދިސާ ހިނގި ތަނުގެ ސީސީޓީވީ ފުޓޭޖްވެސް ސިއްރު ކުރުމަށް ވަނީ އެދިފައެވެ. ދައުލަތުން ވަނީ ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު، ބައެއް ހެކި ރައްކާތެރި ކުރުމަށްވެސް އެދިފައެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ސިއްރު ހެކިންގެ ބަޔާންތައް ހާމަ ކުރުމަކީވެސް އެ ހެކިން ދެނެގަތުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށެވެ. އެއާއެކު، ބަޔާންތައްވެސް ސިއްރު ކުރުމަށް ވަކީލާ އެދިލެއްވިއެވެ.

ނަމަވެސް ދިފާއުން ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރުއްވާއިރު، ހެކިބަސް ދޭން ތިބި ފަރާތްތަކުގެ ވަނަވަރު ނުހިމަނައި، ބަޔާންތައް ދިފާއަށް ދިރާސާ ކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިލައްވާފައެވެ.

ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ހެކިންގެ ވަނަވަރާއި، ބަޔާނުން އެ ހެކިންނަކީ ކޮން ބައެއްކަން އެނގޭ ބައިތައް އުނިކޮށްފައި ދިފާއަށް ހިއްސާ ކުރުމާމެދު ދެކިލައްވާ ގޮތެއް އައްސަވާފައެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ބަޔާންތަކުގައި ހިމެނޭ އެއްވެސް މިންވަރަކީ އެ ހެކިންގެ މައުލޫމާތު އެނގޭނެފަދަ މައުލޫމާތެއް ނަމަ ސިއްރު ކުރުމަށްފަހު، ބާކީ ހުރި މައުލޫމާތު ހިއްސާ ކުރުމަށް އިއުތިރާޒު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތުތަކުގެ މިންގަނޑު ކަނޑައެޅުމުގެ އިހުތިޔާރު ދައުލަތަށް ދެއްވުމަށް ދައުލަތުގެ ވަކީލާ އެދިލެއްވިއެވެ.

ގާޒީ ވަނީ ހެކިވެރިންނަކީ ކާކުކަން އެނގޭނެ މައުލޫމާތުތައް ސިއްރު ކުރުމަށްފަހު ޝަރީއަތަށް ހިއްސާ ކުރުމަށް އަންގަވާފައެވެ. އަދި ދައުލަތުން އެދުނު ގޮތަށް މައުލޫމާތުތަކުގެ މިންގަނޑު ކަނޑައެޅުމުގެ އިޚުތިޔާރު ދައުލަތަށް ދެއްވުމަށް ގާޒީ ވަނީ އިއުތިރާޒު ކުރައްވާފައެވެ. ހާދިސާގެ ފުޓޭޖް ސިއްރު ކުރުމަށް ނިންމި ނަމަވެސް، ހެކިވެރިން ފެންނަ ބައި ސިއްރު ކުރުމަށްފަހު ފުޓޭޖް ޝަރީއަތަށް ހިއްސާ ކުރުމަށް ގާޒީ ވަނީ އަންގަވާފައެވެ. އެގޮތުގެ މަތިން ގާޒީ ވަނީ އަމުރު ނެރެދެއްވާފައެވެ.

މި އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ބަލަން ބޭނުންވާ ލިއެކިއުންތައް ހަމަނުވާކަމަށް ދިފާއުން ފާހަގަ ކުރުމާއި ގުޅިގެން ޝަރީއަތުން ވަނީ ލިއެކިއުންތައް ހަމަ ކުރުމަށް ފުރުސަތެއް ދެއްވާފައެވެ. އެގޮތުން 15 ދުވަހަށްފަހު މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. އެ އަޑުއެހުމުގައި އޮންނާނީ ދައުވާ ސާފު ކޮށްދިނުމާއި ދައުވާއަށް ޖަވާބުދާރީވުމެވެ.

މާމެންދޫކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު