Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް

ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރާއި ރައްޔިތުން އެކައްޗެއް ކިޔަންޖެހޭ: ޑރ ފައިސަލް

އާންމު ސިއްހަތާއި ގުޅޭ ނިންމުންތައް ނިންމާއިރު އެކަން ކުރާ ފަރާތުން އެއްގޮތަކަށް ނިންމުން ނިންމަންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2022 | އަންގާރަ 20:47
ޑރ އަހުމަދު ފައިސަލް ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ޑރ އަހުމަދު ފައިސަލް ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސަރުކާރާއި އާންމު ރައްޔިތުން އެކައްޗެއް ކިޔަންޖެހޭކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ ފައިސަލް ވިދާޅުވީ އާންމު ސިއްހަތާއި ގުޅޭ ނިންމުންތައް ނިންމާއިރު އެކަން ކުރާ ފަރާތުން އެއްގޮތަކަށް ނިންމުން ނިންމަންޖެހޭކަމަށެވެ. މިއަދު ނިންމާ ނިންމުމެއް މިރޭވާއިރު ބަދަލުވެގެން ނުވާނެކަމަށާއި އެގޮތަށް ހެދުމުން ކަމާބެހޭ ފަރާތްތަކާމެދު ރައްޔިތުންގެ އޮންނަ އިތުބާރު ގެއްލިގެންދާކަމަށް ޑރ ފައިސަލް ވިދާޅުވިއެވެ. އަދި ނިންމާ ނިންމުމާމެދު އާންމުންގެ މެދުގައި އޮޅުން ބޮޅުން އުފެދިގެންދާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ނިންމާ ނިންމުންތައް ވަކި ގޮތެއްގައި ހިފެހެއްޓުން މުހިންމު ކަމަށާއި މިކަމުން އަރައިގަތުމަށް އެންމެންވެސް ބޭނުންވާއިރު އެކައްޗެއް ކިޔުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ފައިސަލް ވިދާޅުވީ ރާއްޖެއިން މިހާރު ފެންނަމުން މިދާ ކޭސްތަކަކީ އޮމިކްރޯންގެ ކޭސްތަކެއްކަމަށެވެ. ޓެސްޓްކޮށްގެން މަދު އަދަދެއްގެ ކޭސްތައް ފެނުނު ކަމުގައިވިޔަސް ހަގީގަތުގައި މިހާރު ރާއްޖޭގައި އުޅެމުންދަނީ އޮމިކްރޯން ވޭރިއަންޓްކަމަށް ވިދާޅުވިއެވެ. މިއާއެކު ކޭސްތަކުގެ އަދަދު ކުރިޔަށް އޮތްތަނުގައިވެސް އިތުރުވެގެންދާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މީގެއިތުރުން އޮމިކްރޯން ވޭރިއަންޓަކީ މައިލްޑް ވޭރިއަންޓަކަށްވިޔަސް އެކި މީހުންނަށް ބަލީގެ އަސަރުކުރާ މިންވަރު ތަފާތުވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މާބަނޑު މީހުންނާއި ކުޑަކުދިންނާއި އެކި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ބަލީގެ އަސަރު ކުރާ މިންވަރު ތަފާތުވާނެކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން އެއީ މުހިންމު ކަމެއްކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ކޮވިޑް-19

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު