Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާމްޕަލް ނަގާ ސެންޓަރުތައް

ދެން ސާމްޕަލް ނަގާނީ ސޯޝަލް ސެންޓަރުގެ ބަދަލުގައި ތާޖުއްދީނުން

އެފްއޭއެމް ބިލްޑިންގ އިން ކޮންމެ ދުވަހަކު މެންދުރު 2ން ފެށިގެން އިރުއޮއްސި 6އާ ހަމައަށް ސާމްޕަލް ނަގައިދެމުން ގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޖެނުއަރީ 2022 | ހޯމަ 10:49
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން

މާލެ ސަރަހައްދުހައި ޕީސީއާރު ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލް ނަގާ ސެންޓަރުތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބަދަލު ގެނެސްފިއެވެ.

އެޗްޕީއޭއިން ބުނީ ސޯޝަލް ސެންޓަރުގެ ބަދަލުގައި ދެން ސާމްޕަލް ނަގާނީ ތާޖުއްދީން ސްކޫލުންކަމަށެވެ. އެގޮތުން ތާޖުއްދީން ސްކޫލުން ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ 9ން 12އަށެވެ. އަދި ހަވީރު 3ން އިރުއޮއްސި 6 އަށެވެ. މީގެއިތުރުން ބުރާސްފަތި ދުވަހުގެ 9ން މެންދުރު 12 އަށް އަދި ހުކުރު ދުވަހުގެ ހަވީރު 3ން އިރުއޮއްސި 6އަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން އެފްއޭއެމް ބިލްޑިންގ އިން ކޮންމެ ދުވަހަކު މެންދުރު 2ން ފެށިގެން އިރުއޮއްސި 6އާ ހަމައަށް ސާމްޕަލް ނަގައިދެމުން ގެންދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ވިލިމާލެއިންވެސް ކޮންމެ ދުވަހަކު ހަވީރު 4ން ފެށިގެން އިރުއޮއްސި 6:30 ވަންދެން ސާމްޕަލް ނަގައިދެމުން ގެންދާނެއެވެ.

އެޗްޕީއޭއިން އިތުރު ސެންޓަރަކުން ސާމްޕަލް ނަގާގޮތަށް ބަދަލު ގެނެސްފައިމިވަނީ 10 ޖަނަވަރީން ފެށިގެން މާލެ ސަރަހައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަންޖެހޭ ކަމަށް އެޗްޕީއޭއިން ނިންމި ނިންމުމާއެކު ސާމްޕަލް ނަގާ ތަންތަނުގައި ކިޔުތައް ދިގުވެފައިވަނިކޮށެވެ. ބައެއް މީހުން ކިޔުގައި މަޑުކޮށްގެން ތިން ގަޑިއިރުވެސް ހޭދަކުރަންޖެހިފައިވެއެވެ. މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވާތީ ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލެއަށް އައިސްފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ސާމްޕަލް ނެގުމުގައި ކިޓް ލިބުމުގެ އެއްވެސް ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. ނަމަވެސް ސާމްޕަލް ނެގުމަށްޓަކައި ހަރަކާތްތެރިވާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން އެމަސައްކަތުގައި ލަސްތަކެއް ހުރިކަމަށެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު