Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީސީއާރު ޓެސްޓު ހެދުން

ޕީސީއާރު ޓެސްޓު ހެދުމަށް 3 ގަޑިއިރު ގަދަ އަވީގައި

މާލެ ސަރަހައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަންޖެހޭ ކަމަށް އެޗްޕީއޭން އެންގީ ކޮވިޑް ކޭސްތައް ގިނަވާތީ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 10 ޖެނުއަރީ 2022 | ހޯމަ 10:15
ޕީސީއަރު ޓެސްޓު ހެދުމަށް ސޯޝަލް ސެންޓަރު ކައިރީގައި ހަދާފައިވާ ކިއު

ޕީސީއަރު ޓެސްޓު ހެދުމަށް ސޯޝަލް ސެންޓަރު ކައިރީގައި ހަދާފައިވާ ކިއު

މާލެއިން އަތޮޅުތެރޭ ރަށްތަކަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓު ހަދަންޖެހޭކަމަށް ހެލްތު ޕްރޮޓްކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންގުމާއެކު ޓެސްޓު ހަދަންދާ މީހުން ގިނަވެ ކިއުތައް ދިގުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ހުންނަ ޕީސީއާރު ޓެސްޓުހަދާ ސެންޓަރަށް ހޯމަ ދުވަހުގެ މެންދުރު ގަޑީގައި ޕީސީއާރު ޓެސްޓު ހަދަން ދިޔަ މީހުންގެ ކިއު ވަނީ ހިރިޔާ ސްކޫލާ ހަމައަށް ދިގުވެފައެވެ. ގިނަ އަދަދެއްގެ މީހުން މި ސަރަހައްދުގައި ޓެސްޓު ކުރުމަށް ގޮސްތިބިއިރު، އެމީހުން ފާހަގަކުރި ގޮތުގައި ޓެސްޓު ހަދަން ގޮސްތިބީ ސްކޫލުގެ ކިޔެވުން ފެށުމުގެ ކުރިން އެނބުރި ރަށަށް ދިއުމަށެވެ. މި މީހުންނާއެކު ގިނަ އަދަދެއްގެ ކުޑަ ކުދިންވެސް ތިއްބެވެ.

ކިއުގައި ތިބި މީހުން ރާއްޖެއެމްވީއަށް މައުލޫމާތު ދިންގޮތުގައި އެމީހުން ތިން ގަޑިއިރަށްވުރެ ގިނައިރު ކިއުގައި މަޑުކުރަން ޖެހުނެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ މާލެ އަތޮޅުގެ އެކި ރަށްރަށުގައި ތިބެފައި މާލެ އައިސް، އަމިއްލަ ރަށަށް ދިއުމަށްޓަކައި ޕީސީއާރު ޓެސްޓު ހަދަން ގޮސްތިބި މީހުންނެވެ.

ގިނަ އަދަދެއްގެ މީހުން ޕީސީއާރު ޓެސްޓު ހެދުމަށް ކިއުގައި ޖެހެމުންދާއިރު އެމީހުން ތިބެން ޖެހެނީ ގަދަ އަވީގައެވެ. އަދި ސާމްޕަލް ނެގުމުގައި ލަސްވާތީ އެތައް ގަޑިއިރެއް މަޑުކުރަން ޖެހެއެވެ. ހެލްތު މިނިސްޓްރީން ބުނީ ސާމްޕަލް ނެގުމުގައި ކިޓް ލިބުމުގެ އެއްވެސް ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. ނަމަވެސް ސާމްޕަލް ނެގުމަށްޓަކައި ހަރަކާތްތެރިވާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން އެމަސައްކަތުގައި ލަސްތަކެއް ހުރިކަމަށެވެ.

10 ޖަނަވަރީ 2022ން ފެށިގެން މާލެ ސަރަހައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަންޖެހޭ ކަމަށް އެޗްޕީއޭން އެންގީ އާދީއްތަ ދުވަހުއެވެ. އެޗްޕީއޭން މިގޮތަށް ނިންމީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސް އިތުރުވެ އަދި މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސައްތަ އަށްވުރެ މަތިވުމާ ގުޅިގެންނެވެ.

ޕީސީއާރްކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު