Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުލޫމާތު ފޯރުކޮށް ނުދޭ މައްސަލަ

މައުލޫމާތު ފޯރުކޮށް ނުދިން، ދައުލަތުގެ 19 މުއައްސަސާއެއްގެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް!

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅިފަހުން މައުލޫމާތު ފޯރުކޮށްދިން 12 ފަރާތެއް ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖެނުއަރީ 2022 | އާދީއްތަ 11:50
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ

ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ

މައުލޫމާތު ފޯރުކޮށްނުދިން ދައުލަތުގެ 19 މުއައްސަސާއެއްގެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް, އެސޯސިއޭޝަން ފޮރ ޑިމޮކްރެސީއިން ދަ މޯލްޑިވްސްއިން ބުނެފިއެވެ.

އެސޯސިއޭޝަން ފޮރ ޑިމޮކްރެސީން ބުނީ, ޑިމޮކްރެޓިކް ގައުމެއްގައި މައުލޫމާތު ހޯދައި ލިބިގަތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި، ރާއްޖޭގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާގައި އެ ހައްގުވަނީ ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ކަމަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމަށް 12 ޖެނުއަރީ 2014ގައި ރާއްޖޭގައި ގާނޫނެއްވެސް ވުޖޫދުކުރެވިފައި އެބައޮތް ކަމަށާއި، އެ ގާނޫނުގެ 37 ވަނަ މާއްދާގައި "އަމިއްލަ އިސްނެގުމުގައި އާންމު ކުރުމުގެ ޒިންމާ"ގެ ދަށުން ބައެއް ކަހަލަ މައުލޫމާތަކީ ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭނެ މައުލޫމާތުތަކެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ މުއައްސަސާތަކުން އެ މާއްދާ ތަންފީޒު ނުކުރާ ކަމަށް އެސޯސިއޭޝަން ބުނެއެވެ.

Advertisement - newsAdvertisement

އެސޯސިއޭޝަން ފޮރ ޑިމޮކްރެސީއިން ހިންގާ ޕްރޮޖެކްޓް ''RTI37''ގެ ދަށުން 12 ޑިސެމްބަރ 2021ގެ ނިޔަލަށް ދައުލަތުގެ 73 މުއައްސަސާއެއްގައި ބައެއް މައުލޫމާތުތައް ފޯރުކޮށްދިނުމަށް 21 ނޮވެމްބަރ 2021ގައި ލިޔުމުން އެދިފައިވާ ކަމަށެވެ. އެއީ ދައުލަތުގެ އިދާރާގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި، ވާޖިބުތަކުގެ ތަފުސީލުތަކާއި، ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި، ހަމަތައް ކަމަށެވެ. އަދި ދައުލަތުގެ އިދާރާއިން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތާއި، އާންމުކޮށް ޝާއިއުކުރާ މައުލޫމާތުގެ ބާވަތް، އަދި މައުލޫމާތަށް އެދުމުގައި އަމަލުކުރަންވީ އުސޫލާއި، ދައުލަތުގެ އިދާރާގެ އެންމެހާ މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި އިނާޔަތްތައް ކަމަށް އެ އެސޯޝިއޭޝަނުން ބުނެއެވެ.

އެ އެސޯޝިއޭޝަނުން ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، މައުލޫމާތު ހޯދުމަށް ހުށަހަޅަންޖެހޭ ފޯމު ހުށަހެޅުމުން ގާނޫނުގެ 6 ވަނަ މާއްދާގެ (ޅ)ގައި ވާފަދައިން މައުލޫމާތަށް އެދި ހުށަހެޅުމުން ލިބުނުކަމުގެ ރަސީދު ފޮނުވާފައިވަނީ 30 މުއައްސަސާއަކުން ކަމަށާއި، މުއްދަތު ހަމަވުމުގެ ކުރިން އެދިފައިވާ މައުލޫމާތު 35 މުއައްސަސާއަކުން ފޮނުވި ނަމަވެސް އޭގެ ތެރެއިން 5 ފަރާތަކުން ފޮނުވި މައުލޫމާތު ފުރިހަމަނުވާ ކަމަށެވެ.

އެހެންކަމުން އެ 5 ފަރާތާއި، މުއްދަތު ހަމަވިފަހުން މައުލޫމާތު ފުރިހަމަނުކޮށް ޖަވާބު ފޮނުވި ފަރާތަކާއެކު ޖުމުލަ 6 ފަރާތެއްގެ މައްސަލަ މިހާރު ވާނީ ގާނޫނުގައިވާ ގޮތުގެ މަތިން މުރާޖާކުރުމަށް އެދިފައެވެ. މައުލޫމާތު ފޯރުކޮށް ނުދިން ޖުމުލަ 31 ފަރާތެއްގެ މައްސަލަ މިހާރު ވާނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅިފަހުން މައުލޫމާތު ފޯރުކޮށްދިން 12 ފަރާތެއް ހިމެނޭ ކަމަށް އެސޯޝިއޭޝަނުން ބުނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ވިޓޯލްއާއެކު ހެދި އެއްބަސްވުމުގައި ހުރި ކަންކަމާއި، ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލު ދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ޖަވާބެއް ނުދިން

29 އޮކްޓޯބަރު 2024
ވިޓޯލްއާއެކު ހެދި އެއްބަސްވުމުގައި ހުރި ކަންކަމާއި، ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލު ދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ޖަވާބެއް ނުދިން
23 ޖުލައި 2024

ރައީސް އޮފީހުން މައުލޫމާތު ނުދީގެން އެންމެ ފަހުން އައިކޮމްއިން ޕީޖީއަށް، ތަހުގީގަށްފަހު ދައުވާކޮށްފާނެ

23 ޖުލައި 2024
ރައީސް އޮފީހުން މައުލޫމާތު ނުދީގެން އެންމެ ފަހުން އައިކޮމްއިން ޕީޖީއަށް، ތަހުގީގަށްފަހު ދައުވާކޮށްފާނެ
08 އެޕްރީލު 2024

އާރްޓީއައި ލާންޖެހޭ ހިސާބަށް ނުދާނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް މައުލޫމާތު ނުދީގެން އައިކޮމްއަށް ހުށަހަޅާ މައްސަލަތައް %58 އިތުރު

08 އެޕްރީލު 2024
އާރްޓީއައި ލާންޖެހޭ ހިސާބަށް ނުދާނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް މައުލޫމާތު ނުދީގެން އައިކޮމްއަށް ހުށަހަޅާ މައްސަލަތައް %58 އިތުރު
13 މާރިޗު 2023

އަމީނީ މަގުގެ އެއްބަސްވުން ހާމަކުރަން ހައިކޯޓުންވެސް ތާއީދުކޮށްފި

13 މާރިޗު 2023
އަމީނީ މަގުގެ އެއްބަސްވުން ހާމަކުރަން ހައިކޯޓުންވެސް ތާއީދުކޮށްފި
06 ފެބުރުއަރީ 2023

ބީއެމްއެލްގެ މުސާރަތަކުގެ ތަފްސީލު ދޭން އެންގި އެންގުމަށް ހައިކޯޓުން ތާއީދުކޮށްފި

06 ފެބުރުއަރީ 2023
ބީއެމްއެލްގެ މުސާރަތަކުގެ ތަފްސީލު ދޭން އެންގި އެންގުމަށް ހައިކޯޓުން ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު