Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންފޮރމޭޝަން ކޮމިޝަނަރ އައްޔަނުކުރުން

އިންފޮރމޭޝަން ކޮމިޝަނަރަކަށް އައްޔަނުކުރުމަށް ކޮމިޓީން ރުހުންދިނީ އާހިދު އަށް

އިންފޮރމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް 4 ނަމެއް ފޮނުއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 އޯގަސްޓު 2021 | އަންގާރަ 16:24
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް

ހުސްވެފައިވާ އިންފޮރމޭޝަން ކޮމިޝަނަރުގެ މަގާމަށް އަލްއުސްތާޛު އަޙުމަދު އާހިދު ރަޝީދު އައްޔަނުކުރުމަށް އެމަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އިންފޮރމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރައްޔިތުންގެ މަޖިލީހަށް 4 ނަމެއް ފޮނުއްވާފައެވެ. އެނަންތައް ދިރާސާކުރުމުގެ މަސައްކަތް އަންގާރަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން 4 ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު ނަންތައް ފާސްކުރުމަށް ކޮންމެ ނަމަކަށް ވަކިވަކިން ވަނީ ކޮމިޓީ ބައްދަލުވުމުގައި ވޯޓަށް އަހާފައެވެ. ކޮންމެ ބޭފުޅަކާ އިންޓަރވިއު ކުރުމަށްފަހު ވޯޓަށް އަހާފައިވާއިރު އާހިދުގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްވެފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާޤުންނެވެ.

Advertisement - newsAdvertisement

ދެން މިމަގާމަ ށް ކުރިމަތިލައްވާފައިވާ އަލްއުސްތާޛު ޝިހާމް މުޙައްމަދު ވަޙީދަށް ވޯޓު ދެއްވީ 6 މެމްބަރުންނެވެ. އަދި ޢަޒްލީމާ އަޙްމަދަށް 7 މެމްބަރުން ވޯޓު ދެއްވިއިރު މަރިޔަމް ޢަލީމަށް ވޯޓު ދެއްވީ 5 މެމްބަރުންނެވެ.

އެހެންކަމުން އިންފޮރމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމަށް ތަޅުމަށް ފޮނުވާނީ އަލްއުސްތާޛު އަޙުމަދު އާހިދުގެ ނަމެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ތ. ވިލުފުށި، އަތަމާގެ، ޙުސައިން ފިޔާޒް މޫސާ, މާޗު މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އެމަގާމަށް ފިޔާޒް އައްޔަނުކުރައްވާފައިވަނީ 31 އޮކްޓޫބަރު 2019ގައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން މީހެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާ އާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ގެ 43 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.

ރައްޔިތުންގެ މަޖިލިސްއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިޓޯލްއާއެކު ހެދި އެއްބަސްވުމުގައި ހުރި ކަންކަމާއި، ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލު ދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ޖަވާބެއް ނުދިން

ވިޓޯލްއާއެކު ހެދި އެއްބަސްވުމުގައި ހުރި ކަންކަމާއި، ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލު ދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ޖަވާބެއް ނުދިން

29 އޮކްޓޯބަރު 2024
ރައީސް އޮފީހުން މައުލޫމާތު ނުދީގެން އެންމެ ފަހުން އައިކޮމްއިން ޕީޖީއަށް، ތަހުގީގަށްފަހު ދައުވާކޮށްފާނެ

ރައީސް އޮފީހުން މައުލޫމާތު ނުދީގެން އެންމެ ފަހުން އައިކޮމްއިން ޕީޖީއަށް، ތަހުގީގަށްފަހު ދައުވާކޮށްފާނެ

23 ޖުލައި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު