Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީއެމްއެލްގެ މުސާރަތަކުގެ ތަފްސީލުތައް

ބީއެމްއެލްގެ މުސާރަތަކުގެ ތަފްސީލު ދޭން އެންގި އެންގުމަށް ހައިކޯޓުން ތާއީދުކޮށްފި

ބީއެމްއެލްގެ މުވައްޒަފުންނަށް ދޭ މުސާރައިގެ ތަފްސީލްތައް ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބީއެމްއެލްއަށް އެންގުމުން، ބޭންކުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ފެބުރުއަރީ 2023 | ހޯމަ 03:02
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުސާރަތަކުގެ ތަފްސީލު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ދޭ މުސާރައިގެ ތަފްސީލްތައް ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބީއެމްއެލްއަށް އެންގުމުން، އެ އެންގުން ބީއެމްއެލްއިން ހައިކޯޓުގައި އިސްތިއުނާފްކުރުމާ ގުޅިގެންނެވެ. ބީއެމްއެލްގެ ބޯޑު މެންބަރުންނާއި ސީނިއާ މުވައްޒަފުންގެ މަގާމާއި މުސާރައިގެ ތަފްސީލުތައް ހޯދަން އަހުމަދު އައިމަން ނަމަކަށް ކިޔާ މީހަކު ބީއެމްއެލްގައި އެދުނީ 2020 ވަނަ އަހަރުއެެވެ. ނަމަވެސް ބީއެމްއެލްއިން ވަނީ އެ މައުލޫމާތުތައް ހާމަކުރަން ދެކޮޅު ހަދާފައެވެ.

ބީއެމްއެލްއިން މައުލޫމާތު ހާމަނުކުރުމުން އައިމަންގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެ މައްސަލަ ހުށަހެޅުމުން، އެ އޮފީހުން ނިންމީ އެ މައުލޫމާތު ބީއެމްއެލްއިން ހާމަކުރަންޖެހޭނެކަމަށެވެ. ނަމަވެސް ބީއެމްއެލްއިން ވަނީ އެ މައުލޫމާތު ހާމަނުކޮށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފްކުރުމުން ކޯޓުން ހޯމަ ދުވަހު ކުރި ހުކުމުގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަނަކީ ދައުލަތުގެ އިދާރާއެއްކަމަށް ބެލެވޭނެކަމަށެވެ. އަދި ބީއެމްއެލްއަކީ ބޭންކިން ހިދުމަތް ދިނުމަށްޓަކައި ދައުލަތުން އުފައްދާފައިވާ އަދި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮތް ކުންފުންޏަކަށްވާއިރު އެ ބޭންކުގެ މައްޗަށް ވެސް އެ ގާނޫނު ހިންގޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ބީއެމްއެލްގެ މުސާރަ ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ބާތިލްކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތްކަމަށާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައިމަން ހޯދަން އެދުނު މައުލޫމާތުތަކަކީ ދޫނުކުރެވޭނެ މައުލޫމާތުތަކެއް ނޫންކަމަށް ވެސް އެ ހުކުމްގައިވަަނީ ބުނެފައެވެ.

ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ހިނގާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހެދި ގަވާއިދުގައި ލިޔެފައި އޮތުމަކީ ވެސް ގާނޫނާ ޚިލާފް ކަމެއް ނޫންކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސައިން މަޒީދެވެ.

ހައި ކޯޓުބީއެމްއެލްއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު