Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރުޓީއައި

ވިޓޯލްއާއެކު ހެދި އެއްބަސްވުމުގައި ހުރި ކަންކަމާއި، ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލު ދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ޖަވާބެއް ނުދިން

ހުށަހަޅާފައިވާ އާރުޓީއައިގެ ޖަވާބުދާރީވުމުގެ މުއްދަތު ހަމަވި އިރުވެސް ރައީސް އޮފީހުން ވެސް އަދި ކަމާއި ބެހޭ މިނިސްޓްރީއަކުންވެސް ޖަވާބެއް ނުދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 14:22
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މައުލޫމާތު ނުދީ ހިފަހައްޓާކަމަށް އައިކޮމްއިންވެސް ބުނޭ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މައުލޫމާތު ނުދީ ހިފަހައްޓާކަމަށް އައިކޮމްއިންވެސް ބުނޭ

ތެޔޮ ގަތުމަށް އެސްޓީއޯއިން ވިޓޯލްއާއެކު ހެދި އެއްބަސްވުމުގައި ހުރި ކަންކަމާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލު ދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ޖަވާބެއް ނުދިނެވެ.

ރާއްޖެ ޓީވީން ވަނީ 4 ކަމަކާއި ގުޅޭގޮތުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދިފައެވެ.

Advertisement - newsAdvertisement

އެގޮތުން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ހުށަހަޅާފައިވަނީ، ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ބޭނުންވާ ހުރިހާ ތެލެއް ފޯރުކޮށްދޭން ސްވިޒަލޭންޑްގައި މަރުކަޒުކޮށްފައިވާ ނެދަލެންޑްސްގެ ބޮޑު ތެޔޮ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެއެއްބަސްވުމުގެ ދަށުން އާންމު ކޮށް ރައްޔިތުން ސާފުކުރުމަށް އެދޭ މުހިންމު މައުލޫމާތޯ ހޯދުމަށް އާރުޓީއައި ހުށަހަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީއަށެވެ.

މީގެ އިތުރުން އދ ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ބޭއްވި ސައިޑް އިވެންޓްތަކުގައި ދައުލަތުން ހަރަދުވި ފައިސާގެ ތަފްސީލާއި، މި ދަތުރުފުޅުގައި ރައީސް މުއިއްޒުގެ މީޑިއާ ޓީމުގައި ހިމެނވިވަޑައިގަންނަވަނީ ކިތަށް ބޭފުޅުންތޯއާއި އެ ބޭފުޅުންނަށް ދައުލަތުން ހަރަދުވި ފައިސާގެ ތަފްސީލު ހޯދުމަށް ވާނީ އެދިފައެވެ. މި މައުލޫމާތު ހޯދުމަށް އެދިފައިވަނީ ވެސް ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މި މައުލޫމާތު ހޯދަން އެދުނީ ރައީސް އޮފީހުންނެވެ.

މީގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއަރުވަން ދިވެހި ސަރުކާރުން ޗައިނާގެ ޕީޕަލްސް ބޭންކާއެކު ސޮއިކުރެވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން ރާއްޖޭން ނަގާފައިވާ ދަރަނިތައް ދިވެހި ރުފިޔާއިން ދެއްކޭނެތޯ ސާފު ކުރުމަށްވެސް ވާނީ އާރުޓީއައި ހުށަހަޅާފައެވެ. އަދި ދިވެހި ވިޔަފާރިވެރިންނަށް ދިވެހި ރުފިޔާއިން ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެތޯ އާއި އަދި ޗައިނާ އިން ރާއްޖެ އަންނަ ފަތުރުވެރިން ރިސޯޓްތަކަށް ފައިސާ ދައްކާނީ ޔުއާނުންތޯ އަދި ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކާއެކު ސޮއި ކުރެވުނު އެމްއޯޔޫ އާއްމުކުރާނެތޯއެވެ. މި އާރުޓީއައި އަކީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅި ހުށަހެޅުމެކެވެ. އަދި މައުލޫމާތު ހޯދަން އެދިފައިވަނީ ރައީސް އޮފީހުންނެވެ.

މީގެ އިތުރުން 4 ވަނަ ކަމަކަށް މައުލޫމާތު ހޯދުމަށް އެދިފައިވަނީ ރައީސުލްޖުމްހޫރިއްޔާ 1446 ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަހު (ގައުމީ ދުވަހު) ގައުމީ ޖަލްސާގައި ދެއްވި ތަގުރީރުގައި ރާއްޖެ އދ ގެ ފުރިހަމަ މެންބަރަކަށް ހެދުމަށް އދ ގައި ކުރެވުނު ބަހުސްތަކުގައި އެކި ގައުމުތަކުން ދެއްކެވި ވާހަކަތައް ކަމަށް ވިދާޅުވެ، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ މަސްދަރަކީ ނުވަަތަ އެ މައުލޫމާތު ހޯއްދެވީ ކޮން ބައެއްގެ ފަރާތުންތޯ އާއި ކޮން ރިސަރޗަކުންތޯ ސާދުކޮށްދެއްވުމަށާއި ގައުމީ ދުވަހު ރައީސް ދެއްވި ތަގުރީރު ތައްޔާރުކޮށްދެއްވީ ކޮންބޭފުޅެއްތޯ ސާފުކުރުމަށް ވާނީ އެދިފައެވެ. މި މައުލޫމާތަކީ ވެސް މިދިޔަ މަހުގެ 8 ވަނަ ދުވަހު ހޯދަން އެދުނު މައުލޫމާތެވެ.

ނަމަވެސް މިހާތަނަށް ވެސް މިއިން އެއްވެސް އާރުޓީއައި އަކަށް ޖަވާބު ދީފައި ނުވެއެވެ. އަދި މި ސަރުކާރަކީ ނޫސްވެރިންނާއި ބީރަށްޓެހި ސަރުކާރަކަށްވެ، ނޫސްވެރިންނަށް ޖަވާބު ނުދީ ހާމަކަން ކުޑަސަރުކާރެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރެއްވީ ވެރިކަމަށް ވަޑައިގެންނެވި ފަހުން 1 ފަހަރުއެވެ.

އާރު.ޓީ.އައިރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު