Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައިކޯޓުގެ ނިންމުން

އައިކޮމްގެ ނިންމުންތައް ހައިކޯޓަށް ނުބެލޭނެކަމަށް ކަނޑަނޭޅޭނެ – ސުޕްރީމް ކޯޓް

ހައިކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގުގެ ގާނޫނުގެ ދަށުން އިންފޮރމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް ހައިކޯޓަށް ނުބެލޭނެ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2022 | ހުކުރު 08:24
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާ ނިންމުންތަކުގެ މައްސަލަތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި، އެފަދަ މައްސަލަތައް އެ ކޯޓުން ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުންހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އެމްޑަބްލިއުއެސްސީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ގާނޫނުން ހައިކޯޓަށް ލިބިދީފައި ނުވާ މައްސަލައަކަށްވާތި، އެ މައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ހުކުމް ކުރުމާއި ގުޅިގެން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމާއި ގުޅިގެންނެވެ. ހައިކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގުގެ ގާނޫނުގެ ދަށުން އިންފޮރމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް ހައިކޯޓަށް ނުބެލޭނެ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލަ އެމްޑަބްލިއުއެސްސީގެ އިތުރުން އެޓަރނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވެއެވެ. މި މައްސަލަ އިސްތިއުނާފްކޮށްފައިވާ އިރު، އިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއަކަށް ނުވާތީ އިންފޮރމޭޝަން ކޮމިޝަނަރު ނިންމި މައްސަލަ ހައިކޯޓުން ނުބެލޭނެ ކަމަށް ނިންމާ، އޭގެ ފަހުން އައިކޮމްގެ ނިންމުންތަކުގެ މައްސަލަ ހައިކޯޓުން ބަލައިގަނެފައި ނުވެއެވެ.

ހައިކޯޓުގެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެމްޑަބްލިއުއެސްސީގެ ފަރާތުންނާއި ހައިކޯޓުގެ ގަޒިއްޔާގައި ހަސްމެއްގެ ގޮތުގައި ނުހިމެނޭ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހާއި، އެމްޑަބްލިއުއެސްސީ އަދި އައިކޮމްއިން ވެސް ހައިކޯޓުގެ ގަޒިއްޔާ ނިންމާފައިވަނީ ގާނުނާއި ހިލާފަށް ކަމަށް އިއްތިފާގުވެފައިވެއެވެ. އަދި މި ތިން ފަރާތުން ވެސް އެއްފަރާތުން އަނެއް ފަރާތުން ދައްކާފައިވާ ވާހަކައަށް ތާއީދުކޮށްފައިވެއެވެ.

އަދި މި ތިން ފަރާތުން ވެސް ވަނީ ހައިކޯޓުގެ ނިންމުމަކީ އަސާސީ ހައްގުތަކާ ފުށުއަރާ ނިންމުމެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން އައިކޮމްގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުލިބިގެން އުޅޭ މީހަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި އިސްތިއުނާފުކުރުމުގެ ހައްގު ގެއްލިގެން ދިއުން ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުގެ ނިންމުން ބާތިލްކޮށް ކުރި ހުކުމުގައި ބުނެފައިވަނީ ހައިކޯޓުގެ ގަޒިއްޔާގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ހ ގެ ދަށުން އެމްޑަބްލިއުއެސްސީން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ގާނޫނުން ހައިކޯޓަށް ލިބިދީފައިނެތް މައްސަލައެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ގާނޫނާއި ހިލާފަށްކަމުން، ހައިކޯޓުގެ ހުކުމް ބާތިލް ކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.

އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ހ ގެ ދަށުން ހުށަހެޅޭ މައްސަލަތަކަކ އެ މާއްދާގެ ސަރީހަ އިބާރާތުން ހައިކޯތަށް އިސްތިއުނާފުން ބެލުމުގެ އިހްތިސާސް ލިބިދެވިފައިވާ މައްސަލަތަކެއް ކަނޑައަޅައި، އެމްޑަބްލިއުއެސްސީގެ ފަރާތުނ ހުށަހެޅި އައިކޮމްގެ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ށ ގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކޮށް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.

މި މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު މުހައްމަދު އިބްރާހިމްގެ އިތުރުން ރިޔާސަތު ބެލެހެއްޓި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.

ހައި ކޯޓުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން

ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން

19 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު