Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބީޗް ވޮލީ ޓީމަށް ކޯޗެއް ހަމަޖެއްސުން

ބީޗް ވޮލީ ޓީމަށް ދުނިޔޭގެ ފެންވަރު ކޯޗެއް

9 ޖެނުއަރީ 2022 | އާދީއްތަ 09:46

ރާއްޖެއަށް މަތީ ފެންވަރުގެ ބީޗް ވޮލީބޯޅަ ކޯޗެއް ހަމަޖައްސައިދިނީ އެފްއައިވީބީން

އަތޫފް އާތިފް
އަތޫފް އާތިފް | 9 ޖެނުއަރީ 2022 | އާދީއްތަ 09:46
ބީޗް ވޮލީބޯލަ ޓީމުގެ ކޯޗަކަށް ގެނައި ވިނީޝިއުސް (ވ) އަދި ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ކ)

ބީޗް ވޮލީބޯލަ ޓީމުގެ ކޯޗަކަށް ގެނައި ވިނީޝިއުސް (ވ) އަދި ވީއޭއެމްގެ ރައީސް މުޙައްމަދު ރަނޭޝް (ކ)

ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމަށް ދުނިޔޭގެ ފެންވަރު ކޯޗެއް ކަމަށް ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ގެނަސްފިއެވެ.

އުމުރުން 37 އަހަރުގެ ވިނީޝިއުސް ހޮނިހިރު ދުވަހު ރާއްޖެ އައިސްފައިވާއިރު، އޭނާއަކީ ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމަށް މިހާތަނަށް އިރުޝާދުދޭނެ އެންމެ މަތީ ފެންވަރުގެ ކޯޗެވެ. ރާއްޖެއަށް މަތީ ފެންވަރުގެ ބީޗް ވޮލީބޯޅަ ކޯޗެއް ހަމަޖައްސައިދިނީ ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ އެފްއައިވީބީންނެވެ.

ފިޒިކަލް ޓްރެއިނިން އާއި ސްޓްރެންތު ޓްރެއިނިން އިން އެންމެ މަތީ ފާސް ހާސިލްކޮށްފައިވާ ކޯޗު ވިނީޝިއުސް އަކީ ބީޗްވޮލީބޯޅައިގެ އިތުރުން އިންޑޯ ވޮލީބޯޅައިގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކުރާ ފަރާތެކެވެ. ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގައި އެރޮބިކްސް އާއި ޖިއު ޖިޓްސޫ އުނގަނައިދިނުމުގައި ވެސް ވިނީޝިއުސް ބައިވެރިވެއެވެ.

ކޯޗެއްގެ ގޮތުގައި ވިނީޝިއުސް ވަނީ މީގެ ކުރިން އިންޑޯ ވޮލީގައި ބްރެޒިލާއި ޔޫއޭއީ ޓީމުތަކުގެ ފިޓްނަސް ޓްރެއިނަރެއްގެ ޒިންމާ އަދާކޮށްފައެވެ. މީގެ އިތުރުން ބްރެޒިލްގެ ގައުމީ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯޅަ ޓީމުގައި ހެޑް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވެއެވެ.

ވިނީޝިއުސްގެ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބްރެޒިލްގެ އަންހެން ބީޗް ވޮލީ ބޯޅަ ޓީމުތަކަށް 2013 ވަނަ އަހަރުގެ ވޯލްޑް ޓުއާ އިން އެއް ވަނަ އަދި ދެ ވަނަ ހޯދައިދީފައެވެ. އަދި 2013 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އިން ތިން ވަނަ ހޯދައިދިނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގައި ކޮންޓިނެންޓަލް ކަޕްގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދިނެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ޓުއާގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދީފައެވެ.

މިއަހަރަކީ ބީޗްވޮލީގައި ރާއްޖެއަށް ބޮޑު އަހަރެކެވެ. އެގޮތުން ބީޗް ވޮލީގައި ރާއްޖެއަށް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް މިއަހަރު އެބައޮތެވެ.

ބީޗްވޮލީ ޓުއާގެ މުބާރާތެއް މި އަހަރު ރާއްޖޭގައި ކުރިއަށް ގެންދަން ވަނީ ޝެޑިއުލްކޮށްފައެވެ. ރާއްޖޭގައި ބޭއްވޭ ބީޗްވޮލީ ޓުއާގެ މެޗުތައް ކުރިއަށްދާނީ މި އަހަރުގެ އޮކްޓޫބަރު 13-16 އަށެވެ. މިއީ ދުނިޔޭގެ ފެޑެރޭޝަނުން ބާއްވާ މި ފަދަ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ވަނީ 2015 ވަނަ އަހަރު އޭވީސީ ބީޗްވޮލީ މުބާރާތުގެ މެޗުތަކެއް ކުރިއަށް ގެންގޮސްފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް