Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން

ބެޑްޝީޓަކަށް ލައިގެން ކެނެބިސް އެތެރެކުރި ބަންގްލަދޭޝް މީހާގެ މައްޗަށް ކުށް ސާބިތެއް ނުވި

މި މައްސަލައިގައި ނިޔާ ކަނޑައެޅުއްވީ ގާޒީ އާދަމް މުހައްމަދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2022 | އާދީއްތަ 08:27
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ނިޔާ ކަނޑައެޅުއްވީ ގާޒީ އާދަމް މުޙައްމަދު

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ނިޔާ ކަނޑައެޅުއްވީ ގާޒީ އާދަމް މުޙައްމަދު

ބެޑްޝީޓަކަށް ލައިގެން ކެނެބިސް އެތެރެކުރި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އާރިފްގެ މައްޗަށް އެ މައްސަލައިގައި އުފުލާފައިވާ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ 29 ޖޫން 2018 ގައި އާރިފް ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައިސް، ވީއައިއޭގެ ޓާރމިނަލްގައި ހުއްޓައި ކަސްޓަމްސްގެ އާންމު އުސޫލުގެ ދަށުން އޭނާގެ ދަބަސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ. އެގޮތުން އޭނާ ގެނައި ދަބަހެއްގައި އޮތް 2 ބެޑްޝީޓެއްގެ ތެރެއިން 1761 ގްރާމް ކެނެބިސް ވަނީ ފެނިފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުލަތުން އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށައަޅާފައިވެއެވެ. ނަމަވެސް އާރިފް އެއްވެސް ދިފާއީ ހެއްކެއް ހުށައަޅާފައެއް ނުވެއެވެ. ކަސްޓަމްސްގެ އޮފިސަރުން ސުވާލު ކުރުމުން އޭނާ ވަނީ އެ ދަބަހަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި، އެއީ އޭނާގެ ތިމާގެ މީހަކު ރާއްޖެއަށް ގެންދަން ހަވާލުކުރި ދަބަހެއްކަމަށް ބުނެފައެވެ. އޭނާ ގެނައި ދަބަހަކުން އެތަކެތި ފެނުނުކަން ޝަރީއަތަށްވެސް ސާބިތުވެއެވެ.

ދައުލަތުން ވަނީ މި މައްސަލަ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައިދެއްވުމަށް އެދިފައެވެ. އެގޮތުން އެއީ އެހެން މީހަކު ހަވާލުކުރި ތަކެތިކަމަށް އާރިފް ބުނި ނަމަވެސް، އޭނާއަށް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ދެއްކިފައިނުވާކަމަށް ދައުލަތުން ފާހަގަ ކުރެއެވެ.

ދިފާއުން ވަނީ މައްސަލައިގައި ހައްުޔަރުކޮށް ގާނޫނީ އިންޒާރު ދިންއިރު ހަދާފައިވާ ގޯސްތަކެއްގެ ވާހަކަ ފާހަގަ ކޮށްފައެވެ. އެއްކަމެއްގެ ގޮތުން ދައުވާލިބޭ މީހާއަކީ ދިވެހި ބަހާއި އިނގިރޭސި ބަސްވެސް ނޭނގޭ ބަންގްލަދޭޝް ރައްޔިތަކަށްވާއިރު، އޭނާއަށް ގާނޫނީ އިންޒާރު ދީފައިވަނީ ދިވެހިބަހުންކަން ފާހަގަ ކޮށްފައިވެއެވެ. އަދި އިޝާރާތުން ގާނޫނީ އިންޒާރު ދިނުމަށް މަސައްކަތް ކުރި ކަމަށް ފުލުހުންގެ ފަރާތުން އެކަމުގައި އުޅުނު އޮފިސަރު ބުނެފައިވާއިރު، "ކޮންމެވެސް ގޮތަކުން އިޝާރާތުން ގާނޫނީ އިންޒާރު ދިނުމުން" އެ ފުދުނީތޯ ޝަރީއަތުން ވަނީ ސުވާލު އުފައްދާފައެވެ. އަދި ފުލުހުން ގާނޫނީ އިންޒާރު ދީފައިވަނީ ސައްހަ އިޖުރާއަތަކަށް ކަމަށް ނުބެލެވޭކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ އަސްލު ވެރިފަރާތް ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައިނުވާކަމަށްވެސް ދިފާއުން ފާހަގަ ކުރެއެވެ. އެގޮތުން މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކުރަފަދަ "ކޮންޓްރޯލް ޑެލިވަރީ އޮޮޕަރޭޝަނެއް" މި މައްސަލައިގައި ހިންގުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޝަރީއަތަށްވެސް ގަބޫލު ކުރެވުނު ނަމަވެސް، އެއީ މައްސަލަތަކުގައި ފުލުހުންނަށް ލިބިގެންވާ އިޚުތިޔާރެއްކަން ޝަރީއަތުންވެސް ފާހަގަ ކުރެއެވެ. އަދި އެ އިޚުތިޔާރު ބޭނުން ނުކުރުމަށް ނިންމި ނިންމުމުގައި ނުނިޔަތެއް އޮތްކަމަށް ފާހަގަނުވާކަަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން، މައްސަލައިގައި ސީން އޮފް ކްރައިމް ރިޕޯޓެއް ތައްޔާރު ކޮށްފައި ނެތުމާއި، ބިދޭސީއަކު ހައްޔަރު ކުރުމަށް ތަރުޖަމާނަކާ ނުލައި ދިއުމަކީވެސް މި މައްސަލައިގެ ތަހުގީގު ފުރިހަމަ ނޫންކަމަށް ބުނެ ދިފާއުން ހުށައަޅާފައިވާ ނުކުތާތަކެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ނުކުތާތަކާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާ މައްސަލައެއްކަމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ނިޔާ ކަނޑައެޅުއްވީ ގާޒީ އާދަމް މުހައްމަދެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓްބަންގްލަދޭޝް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު