Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަމިއްލަ ނަފްސަށް އަޅާލުން

އަމިއްލަ ނަފްސަށް އަޅާލާނީ ކިހިނެއް؟

8 ޖެނުއަރީ 2022 | ހޮނިހިރު 11:46

އުފާވެރި ހަޔާތަކަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިމާ ހުރުމަށް އަމިއްލަ ނަފްސަށް އަޅާލުމަކީ ވަރަށް މުހިންމު ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޖެނުއަރީ 2022 | ހޮނިހިރު 11:46
ސެލްފް ކެއަރ

ސެލްފް ކެއަރ

މީހަކު ކަމަކާ ދެރަވެ ހިތާމަކުރާނަމަ ނުވަތަ ކަމަކުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރާއިރު ވަރަށް ގިނައިން މީހުން ބުނެ އުޅޭ އެއް ވާހަކަ އޮވެއެވެ. އަމިއްލައަށް ނަފްސަށް އަޅާލުމަށެވެ. އަމިއްލަށް ނަފްސަށްޓަކައި ކަންތައްތަކެއް ކުރަންޖެހޭނެ ވާހަކައެވެ. އެހެންނަަމަވެސް ގިނަ ފަހަރަށް އެކަންތައްތައް އެގޮތަށް ކުރާނީ ކިހިނެއް ކަމެއް މީހުންނަކަށް ނޭނގެއެވެ.

އަމިއްލަ ނަފްސަށް އަޅާލުމަކީ ތިމާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި ތިމާ އަމިއްލައަށް ކުރާ ކަންކަމެވެ. އުފާވެރި ހަޔާތަކަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިމާ ހުރުމަށް އަމިއްލަ ނަފްސަށް އަޅާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ނަފްސަށް އަޅާލުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ބަލިތަކުންނާއި ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންކަމުން ކުރިމަތި ކުރުވާ ނުތަނަވަސްކަމާއި ހާސްކަމުން ތިމާ ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. އެގޮތުން ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ލިބި، ތިމާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެގެންދެއެވެ. އަދި މިކަމުގެ ސަބަބުން ގާތްތިމާގެ މީހުންނާއި ރައްޓެހިންނާމެދު އޮންނަ ގުޅުމަށްވެސް މަގުފަހި ވެގެންދެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް އަމިއްލަ ނަފްސަށްޓަކައި ހުސްކޮށް، ތިމާ ގަޔާވާ ފަދަ ކޮންމެވެސް ކަމެއް ކުރުމަކީ މުހިންމު ކަމެކެވެ.

އަމިއްލަ ނަފްސަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަަކުގެ ތެރޭގައި; ގަވާއިދުން ކަސްރަތުކުރުމާއި, ކުރާހިތްވާ މަސައްކަތެއް ނުވަތަ ހުނަރެއް ދަސްކުރުމާއި، މަޖަލާއެކު އުފެއްދުންތެރި ކަންކަން ކުރުމުގައި ވަގުތު ހޭދަކުރުމާއި، އެހެން މީހުންނަށް އަޅާލުމާއި، އަރާމުކުރުމާއި، އަދި އެކަށީގެންވާ ވަރަށް ނިދުން ހިމެނެއެވެ. މީގެއިތުރުން ދުޅަހެޔޮ ކާނާ ބޭނުންކުރުމާއި، މުޖުތަމައުގައި ތިމާގެ ބައިވެރިވުން އިތުރުކުރުމާއި، ރަލާއި މަސްތުވާތަކެއްޗާ ދުރުހެލިވުމާއި، ދިރިއުޅުމުގެ ކަންކަމުގައި ދުރުވިސްނުން ގެންގުޅުމުގެ އިތުރުން، ކަމެއް ދިމާވެއްޖެނަމަ އެ ކަމެއް ބަލައިގަނެ ކުރިއަށް ދިޔުން ވެސް ހިމެނެއެވެ.

ކަސްރަތު ކުރުމަކީ ސިއްހަތު ރަނގަޅު ފުރިހަމަ ހަށިގަނޑެއް ލިބުމުގެ އިތުރުން މީހާގެ ހާސްވުންތަކާއި އުނދަގޫތަކުން ވިސްނުން ދުރުކޮށްދީ، ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށް ވެސް އެހީތެރިވެދޭނެކަމެކެވެ. އެހެންކަމުން ވަގުތު ހުސްކޮށް، ފެހިކަން ގަދަ މާހައުލެއްގައި ނުވަތަ މޫދާއި ކައިރި ސަރަހައްދަކަށް ގޮސް ކުރާ ހިތްވާ ކަސްރަތެއް ކުރުމުން މީހާގެ ދުވަސް އުޖާލާވެ ހިތްފަސޭހަކަން ލިބިގެންދެއެވެ. ކުރާ ހިތްވާ މަސައްކަތެއް ނުވަތަ ހުނަރެއް ދަސްކުރުމަށްޓަކައި އެ ހުނަރެއް ހޯދަައި، އެ ފަންނުގެ މީހުންނާއި ބައްދަލުވެ އެކުވެރިކަން ބަދަހި ކުރެވިދާނެއެވެ. މަޖަލާއެކު އުފެއްދުންތެރި ކަންކަން ކުރުމުގައި ވަގުތު ހޭދަކުރުމަށްޓަކައި ކުރާ ކަންތައްތަކުން ތިމާގެ ކެރުންތެރިކަން އިތުރުކޮށްދީ އަމިއްލަ ނަފްސާ މެދު ރަނގަޅަށް ވިސްނުމަށް ބާރު ލިބި ހިތްވަރު ލިބިގެންދާނެއެވެ.

މީގެއިތުރުން ހިލޭ އެހީދޭ ޖަމިއްޔާއަކަށް ނުވަތަ އެހެންވެސް ގޮތަކުން މުޖުތަމައަށް ފައިދާވާނެ ކަންކަމުގައި މަސައްކަތްކުރާ މީހުންނާއެކު އެފަދަ މަސައްކަތުގައި ބައިވެރިވެ، އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީވެދިނުމަކީ ވެސް ތިމާގެ ނަފްސަށް ހަމަޖެހުން ލިބޭނެ ކަމެކެވެ. އަމިއްލަށް ނަފްސަށް އެކަށީގެންވާ ވަގުތުދީ ހިތްހަމަޖެހޭ މާހައުލެއްގައި ހަމަޖެހިލައިގެން އަރާމު ކުރުމަށް ވެސް އާދަކުރަންވާނެއެވެ. ރެއާއި ދުވާލު މަދުވެގެން 8 ގަޑިއިރު ނިދަންވާނެއެވެ. އަދި އާދަވެގެން އެއް ވަގުތެއްގައި ނިދާފައި އެއްވަގުތެއްގައި ހޭލުން ވެސް މުހިންމެވެ. ގަޑިން ގަޑިއަށް ރަނގަޅަށް ކާން އާދަކުރަންވާނެއެވެ. ޚާއްސަކޮށް ކޮންމެ ދުވަހަކުވެސް ހެނދުނުގެ ނާސްތާ ރަނގަޅަށް ނެގުމާއި ކޮންމެ އިރަކު ހަށިގަނޑަށް ފައިދާ ހުރި ކާނާގެ ބާވަތްތައް ބޭނުންކޮށް، ގިނައިން ފެން ބޯންވާނެއެވެ.

މުޖުތަމައުގައި އުޅޭ އެކި މީހުންނާ ގުޅުން ބަދަހިކޮށް، ރަހުމަތްތެރިންނާއި އާއިލާ މީހުންނަށް ގުޅައި ހާލު ބަަލައި ރަނގަޅު ގުޅުމެއް ދެމެހެއްޓުމަށް މަސައްކަތް ކުރަންވާނެއެވެ. ރަލާއި މަސްތުވާތަކެއްޗާއި ދުރުހެލިވެ، އެކި މީހުންގެ ވިސްނުމާއި ދެކޭ ގޮތް ތަފާތުވާނެކަން ދެނެހުރެ، އެހެން މީހަކު ދެކެފާނެ ގޮތަކަށް ނުވިސްނައި، ތިމާ ހާސިލު ކުރަން ބޭނުންވާ ކަންކަމަށް ވާސިލު ވުމަށް ވެސް މަސައްކަތް ކުރަންވާނެއެވެ. ދެރަވާ ނުވަތަ ހިތްހަމަނުޖެހޭ ކަމެއް ދިމާވިޔަސް އެކަމެއް ބަދަލުކޮށް އެއީ ނުވާ ކަމަކަށް ހެދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ހިތްވަރާއެކު އެކަމަކާއި ކުރިމަތިލާންވާނެއެވެ.

މިއީ އަމިއްލަ ނަފްސަށް އަޅާލުމަށްޓަކައި ތިމާއަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. އެގޮތުން ކަމެއް ނުކުރެވޭނެ ނުވަތަ ނުވާނެ ކަމަށް ވިސްނުމަށްވުރެން ތިމާއަށް ކުރެވެން އޮތީ ކޮންކަންތައްތަކެއްތޯ ބަލައި އެ ކަންތައްތައް ކުރާނީ ކިހިނެއްތޯ އޮޅުންފިލުވައި އެކަންތައްތައް ކުރުމަށް އިސްކަންދޭށެވެ. މިއީ ތިމާގެ ނަފްސަށްޓަކައި ކުރަން ކޮންމެހެން މުހިންމު ކަންތައްތަކެވެ.

ނޯޓް: މި ލިޔުމަކީ "ނަފްސާނީ ހޭހަން" ފޮތުން ނަގާފައި ލިޔުމެކެވެ.

ނަފްސާނީ ދުޅަހެޔޮކަން

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

17 ޖުލައި 2025

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި

17 ޖުލައި 2025
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި
10 އޮކްޓޯބަރު 2023

ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

10 އޮކްޓޯބަރު 2023
ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
06 އެޕްރީލު 2023

ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތަށް 4 އަހަރު - މިހާތަނަށް 64،000ށް ވިރެ ގިނަ މީހުން ބަލައިފި

06 އެޕްރީލު 2023
ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތަށް 4 އަހަރު - މިހާތަނަށް 64،000ށް ވިރެ ގިނަ މީހުން ބަލައިފި
07 ފެބުރުއަރީ 2023

ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީގެން އެ ހިދުމަތް ފުޅާކުރަން ފެށީ މި ސަރުކާރުން - މެންބަރު ޣަފޫރު

07 ފެބުރުއަރީ 2023
ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީގެން އެ ހިދުމަތް ފުޅާކުރަން ފެށީ މި ސަރުކާރުން - މެންބަރު ޣަފޫރު
07 ފެބުރުއަރީ 2023

ނަފްސާނީ ސިއްހަތުގެ ހިދުމަތް ދެމުންދާކަމުގެ ހެއްކަކީ ކިއު ލިސްޓު ކުޑަވުން - މެންބަރު އަހުމަދު އަބްދުﷲ

07 ފެބުރުއަރީ 2023
ނަފްސާނީ ސިއްހަތުގެ ހިދުމަތް ދެމުންދާކަމުގެ ހެއްކަކީ ކިއު ލިސްޓު ކުޑަވުން - މެންބަރު އަހުމަދު އަބްދުﷲ
07 ފެބުރުއަރީ 2023

ނަފްސާނީ ސިއްހަތާއި ގުޅޭ ގަރާރު ހުށަހަޅައި ބަހުސްކުރަން ފަށައިފި

07 ފެބުރުއަރީ 2023
ނަފްސާނީ ސިއްހަތާއި ގުޅޭ ގަރާރު ހުށަހަޅައި ބަހުސްކުރަން ފަށައިފި
22 ޑިސެމްބަރު 2022

ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް" އުފައްދަވައިފި

22 ޑިސެމްބަރު 2022
ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް" އުފައްދަވައިފި
09 ޑިސެމްބަރު 2022

ނަފްސާނީ ބަލި ތަހައްމަލު ކުރާތާ 25 އަހަރު، މިއީ ހިތަށާއި ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު އަނިޔާއަކާއި ތަކުލީފެއް

09 ޑިސެމްބަރު 2022
ނަފްސާނީ ބަލި ތަހައްމަލު ކުރާތާ 25 އަހަރު، މިއީ ހިތަށާއި ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު އަނިޔާއަކާއި ތަކުލީފެއް
06 ޑިސެމްބަރު 2022

ނަފްސާނީ ބައްޔަށް ފަރުވާ ނުކޮށް ދޫކޮށްލައިގެން ތިބެވެން ނެތް - ރައީސް

06 ޑިސެމްބަރު 2022
ނަފްސާނީ ބައްޔަށް ފަރުވާ ނުކޮށް ދޫކޮށްލައިގެން ތިބެވެން ނެތް - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް