Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ ބަލި

ނަފްސާނީ ބައްޔަށް ފަރުވާ ނުކޮށް ދޫކޮށްލައިގެން ތިބެވެން ނެތް - ރައީސް

6 ޑިސެމްބަރު 2022 | އަންގާރަ 03:40

ނަފްސާނީ ވޭންތައް ތަޙައްމަލުކުރަމުންދާ މީހުންނާއި ކުދިން އަދި ޒުވާނުން ވެސް ރާއްޖޭގައި ވަރަށް ގިނަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ޑިސެމްބަރު 2022 | އަންގާރަ 03:40
ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު

ނަފްސާނީ ވޭންތައް ތަޙައްމަލުކުރަމުންދާ މީހުންނާއި ކުދިންނަށް ފަރުވާ ނުކޮށް ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިފަދައިން ވިދާޅުވީ ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭން އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަފްސާނީ ވޭންތައް ތަޙައްމަލުކުރަމުންދާ މީހުންނާއި ކުދިން އަދި ޒުވާނުން ވެސް ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ. އެފަދަ ވޭނުގައި އުޅޭ މީހުންނާއި ކުދިންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ އަދި އެއަށްވުރެ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށާއި، އެހެންނަމަވެސް، އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ އަމުދުން ނުކޮށް ދޫކޮށްލައިގެން ތިބެވެން އޮތް ކަމެއް ވެސް ނޫން ކަމަށެވެ.

ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޒަމާނުއްސުރެ މިކަމަށް އަޅައިނުލެވި، މެދުވެރިވެފައި އޮތް މައްސަލަތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ނަފްސާނީ މައްސަލަތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ މެދު ހޭލުންތެރިކަން ކުޑަވުން ކަމަށާއި، ނަފްސާނީ މައްސަލައެއް ފާހަގަވުމުން، އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ހޯދަނީ ސައިކޮލޮޖިސްޓެއް، ކައުންސެލަރެއް، ނޫނީވިއްޔާ ތެރަޕިސްޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަފްސާނީ ފަރުވާގެ އެންމެ މުހިންމު ކަމަކީ، އެ ބަލީގެ އެންމެ ކުރީކޮޅުގައި ފަރުވާ ދޭން ފެށުން ކަމަށެވެ. އެކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ، އެމީހަކު ދިރިއުޅޭ ރަށަކުން އެ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މިކަމުގައި އެންމެ މުހިންމީ، ނަފްސާނީ ބަލި ނުވަތަ ނަފްސާނީ ޙާލަތެއް މެދުވެރިވާ ކަމުގެ ޢަލާމާތްތައް، އޭގެ ކުރީކޮޅުގައި ދެނެގަތުން ކަމަށާއި، އަދި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުން ކަމަށް ވިދާޅުވިއެވެ.

ނަފްސާނީ ސިއްހަތަށް ދިމާވެފައިވާ ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމަށް މިއަހަރު ހެދި ރެޕިޑް އެސެސްމެންޓުން ފާހަގަވި މުހިންމު ކަންކަމުގެ މައްޗަށް ބިނާކޮށް ފަށާފައިވާ "ކިހިނެއް؟" ކެމްޕޭނަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ކެމްޕެއިންގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި މި ކެމްޕެއިން ކުރިއަށްދާއިރު، ނަފްސާނީ ފަރުވާގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށާއި، މިހާރު ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައި ނަފްސާނީ ފަރުވާގެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަންރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުހެލްތު މިނިސްޓްރީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް