Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަފްސާނީ ދުޅަހެޔޮކަން

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 އޮކްޓޯބަރު 2023 | އަންގާރަ 17:41
ފަސްޓް ލޭޑީ، ފަޒްނާ އަހުމަދު

ފަސްޓް ލޭޑީ، ފަޒްނާ އަހުމަދު

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ ކަމަށް، ރައީސުމްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ އެ ފަދައިން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ވިލާކޮލެޖުން އިސްނަގައިގެން ކުރިއަށްގެންދާ "ސައިކޮލޮޖީ ސިމްޕޯޒިޔަމް އެންޑް އެގްޒިބިޝަން"ގެ ދެވަނަ އެގްޒިބިޝަން ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ، ނަފްސާނީ ފަރުވާގެ ޚިދުމަތަކީ ލާމަރުކަޒުކޮށް، އަތްފޯރާ އަގުގައި، ފުރިހަމައަށް ދެވޭ ޚިދުމަތަކަށް ވާންޖެހޭކަމަށެވެ. އޭރުން ދުޅަހެޔޮ އުފެއްދުންތެރި މުޖުތަމައެއް ބިނާކުރެވޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މުޖުތަމައުގެ އެއްވެސް ފަރުދެއް ބާކީނުކޮށް، ހެލްތު ކެއަރ ނިޒާމުގެތެރެއިން މިޚިދުމަތް މިހާރަށްވުރެ ފުޅާކޮށް ލިބެން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ ޖިސްމާނީ ދުޅަހެޔޮކަމާ އެއްގޮތަށް ނަފްސާނީ ދުޅަހެޔޮކަމަކީވެސް މުހިންމު ކަމެއް ކަމަށް މިއަދު މުޖުތަމައުން ގަބޫލުކުރާ ކަމަށެވެ. އަދި އިންސާނާ ދިރިހުރުމުގައި އޭނާގެ ނަފްސާނީ ހާލަތަކީ މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އެކަމަނާ އިތުރަށް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމުގެ ހަގީގަތް އެއީ އިންސާނީ ތަޖުރިބާއެއް ކަމަށެވެ. އަދި އެއީ ޖަޒުބާތުތަކާއި އުއްމީދުތަކާ ގުޅި ލާމެހިފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ނަފްސާނީ ދުޅަހެޔޮކަމަކީ ފަރުދުންނާއި އާއިލާއާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް އެހީވާ ބާރުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ "މެންޓަލް ހެލްތު އިޒް އަ ޔުނިވަރސަލް ހިއުމަން ރައިޓް" މި ޝިއާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުނަފްސާނީ ދުޅަހެޔޮކަން

އިތުރަށް ކިޔާލަން

17 ޖުލައި 2025

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި

17 ޖުލައި 2025
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި
02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
10 އޮކްޓޯބަރު 2023

ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

10 އޮކްޓޯބަރު 2023
ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް
09 އޮކްޓޯބަރު 2023

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!
09 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
17 ސެޕްޓެމްބަރު 2023

ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ

17 ސެޕްޓެމްބަރު 2023
ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ
17 ސެޕްޓެމްބަރު 2023

ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

17 ސެޕްޓެމްބަރު 2023
ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
15 ސެޕްޓެމްބަރު 2023

ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ

15 ސެޕްޓެމްބަރު 2023
ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ
11 ސެޕްޓެމްބަރު 2023

"އިރުކޮޅަކުން ބަލާލިއިރު، އިބޫ އެބައޮތް އެތާނގަ ހަމަ، ގޮނޑުދޮށުގައި ހަމަ ރީއްޗަށް އޮށޯވެލައިގެން"

11 ސެޕްޓެމްބަރު 2023
"އިރުކޮޅަކުން ބަލާލިއިރު، އިބޫ އެބައޮތް އެތާނގަ ހަމަ، ގޮނޑުދޮށުގައި ހަމަ ރީއްޗަށް އޮށޯވެލައިގެން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު