Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް

އިންތިޚާބަށް ކުރާ ކަމެކޭ ބުންޏަސް، ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް ފެށޭނެ: ރައީސް

ރައީސް ވިދާޅުވީ ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ މަތި ކޮމަންޑޫ އާއި ކޮމަންޑޫ ގުޅުވާލުންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖެނުއަރީ 2022 | ހޮނިހިރު 03:52
މަތިކޮމަންޑޫ

މަތިކޮމަންޑޫ

ށ. ކޮމަންޑޫ އާއި ޖެހިގެން އޮތް މަތިކޮމަންޑޫ ގުޅާލުމަކީ ސަރުކާރުގެ ވައުދެއްކަމަށާއި އެކަން ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ރަސްމީކޮށް ތަޢާރަފް ކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ މަތި ކޮމަންޑޫ އާއި ކޮމަންޑޫ ގުޅުވާލުންކަމަށެވެ. އެއީ ސަރުކާރުން ވެފައިވާ ވައުދެއްކަމަށާއި ލަސްތަކެއް ނުވެ އެމަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަސައްކަތް ފަށާ ވާހަކަ ބުނުމުން އެއީ ކެމްޕެއިނާ ދިމާކޮށް ދައްކާ ވާހަކައެއްކަމަށް ބަޔަކު ބުންޏަސް އެމަސައްކަތް ފަށައިގެން ކުރިޔަށް ގެންދާނެކަމަށެވެ. އެކަމުގެ ޕްލޭން މިހާރު ވަނީ ހަދާ ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫ އަކީ އާބާދީ ބޮޑު ކުޑަރަށެއްކަމަށެވެ. ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބި އެތައް ދުވަހެއް ވެއްޖެކަމަށާއި ރަށުގައި ހިއްކާފައިވާ ބިންކޮޅެއް އެބައޮތް ކަމަށެވެ. އެތަނުން ގޯތި ދޫކުރެވޭނެކަމަށާއި އެކަމަކީ މިހާރު ގާނޫނީ ގޮތުން ކައުންސިލްގެ އަތްމަތީގައި އޮތްކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ހައުސިންގ ޕްލޭންގެ ތެރެއިން ކޮމަންޑޫގައި ހައުސިން ޔުނިޓް އެޅުމަށް ލިސްޓު ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމަންޑޫއަށް ސަރުކާރުން ކޮށްދޭ އެހެން ކަންކަމުގެ ތެރެއިން ވަޒީފާގެ ފުރުސަތު ފަހިކުރުމަށް ވެފައިވާ ވައުދުގެ ތެރެއިން އެރަށާ ކައިރީގައި ހުރި ފަޅުރަށްތައް ޓޫރިޒަމަށް ހުޅުވައިލާނެ ކަން ރައީސް ސޯލިހު އިއުލާނު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީވެސް ކެމްޕޭނާ ގުޅުވައިގެން ކުރާ ކަމެކޭ ބުނި ނަމަވެސް އެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ކޮމަންޑޫ ދާއިރާގައި ދެން ހިމެނޭ އަނެއް ދެރަށް ކަމުގައިވާ ފޯކައިދޫގެ ޗަކަ ބިން ހިއްކުމަށް ފަހު އެތަނުން ގޯތި ދޫކުރާނެ ކަމަށާއި މަރޮށީގެ ބަނދަރުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހުށ.ކޮމަންޑޫ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
29 އެޕްރީލު 2024

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
26 ޖޫން 2023

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

26 ޖޫން 2023
ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް
28 ފެބުރުއަރީ 2023

ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

28 ފެބުރުއަރީ 2023
ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި
10 ޖެނުއަރީ 2023

3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

10 ޖެނުއަރީ 2023
3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު