Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

ރަނުގެ ފައިސާ ދިނީ ފަންޑު ފޮއްޓަކުން ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2022 | ހުކުރު 12:51
ރަން ކިއުމަކީ އަންހެން ކުއްޖާއަށް ލިބިގެންވާ ޙައްޤެއް- އެ ޙައްޤު ދީނުގައިވެސް ކަށަވަރު ކޮށްދީފައިވޭ

ރަން ކިއުމަކީ އަންހެން ކުއްޖާއަށް ލިބިގެންވާ ޙައްޤެއް- އެ ޙައްޤު ދީނުގައިވެސް ކަށަވަރު ކޮށްދީފައިވޭ

ދިވެހިންގެ ތެރޭގައި އަބަދުވެސް އޮންނަ ނޭދެވޭ އާދައެކެވެ. މީސްމީހުންގެ ޒާތީ ކަންތަކާއި ބެހުމެވެ. އެއީ މީހަކާއި އިންކަމުގައި ވީނަމަވެސް، މާބަނޑު ވީކަމުގައި ވީނަމަވެސް ވަރިވިކަމުގައި ވިނަމަވެސްއެވެ. އެކަމާއި ފާޑުކިޔާ ކޮންމެވެސް ގޮތަކުން އެކަމާއި ބެހެން ޖެހެއެވެ. ނުބެހޭ އެއްކަމެއް ވެސް ނޯވެއެވެ.

ދައްކަން މިއުޅެނީ މި ފަހުން ކުރި ކައިވެންޏަކާއި، ކައިވެނީގެ ރަނާއި ގުޅިގެން ދިވެހިންނަށް ހަޖަމް ކުރަން އުނދަގޫވި ކަމެއްގެ ވާހަކައެވެ. ކައިވެނީގެ ރަނަކީ އިންނަން އުޅޭ އަންހެން ކުއްޖާ ބޭނުން ވަރަކަށް ކީދާނެ އެއްޗެކެވެ. އެއް ލާރިއަށްވެސް ކިޔަންވީއެވެ. މިލިއަނަކަށް ވެސް ކިޔަންވީއެވެ. އެއީ ކައިވެނި ކުރާ އަންހެން ކުއްޖާއަށް ލިބިގެންވާ ހައްގެކެވެ.  

ނިމިގެން މިދިޔަ ހަފްތާގައި އެންމެ އަރުހަޑުކޮށް ދެކެވުނު އެއް ވާހަކައަކީ ބައިލައްކައަށްވުރެ ގިނަ ރުފިޔާއަށް ރަންކީ ވާހަކައެވެ. ފޮޓޯތައް އާންމުވިތާ ކުޑިއިރުކޮޅެއްގެ ތެރޭގައި އީދަށް ކުކުޅެއް ކަތިލާން ފަތް ނޮޅާލިހެން އެއަންހެން ކުއްޖާ ނޮޅާ ހުސްކޮށްލިއެވެ. އެކި މީހުންގެ އެކި ޝަކުވާއިންނެވެ. މަލާމާތާއި ފުރައްސާރައިންނެވެ. މިހެންވެ ބުނެވެނީ ދިވެހިންނާ ނުބެހޭ ކަމެއް ނެތެވެ. ހުރިހާ ކަމަކާ ބެހޭނެއެވެ.

ހުވަދޫ ބަހުރުވައިގައި މަޖާޒީ ބަހެއް އޮވެއެވެ. އެއީ ހުރިހާ ކަމަކާއި ބެހޭ މީހުންނަށް ކިޔައި އުޅޭ އަނގަމަތީ ބަހެކެވެ. ހުރިހާ ކަމަކާއި ބެހި ފާޑުކިޔާ މީހުންނާ ދިމާލަށް "ތަތީ ގޫހަރަކޭ" ބުނެ އުޅޭނެއެވެ. މިފަހަރު ދިވެހިންނަށް މިވީ ހަމަ މިހެންނެވެ. އަލަތު ކައިވެނި ކުރި ދެމަފިރިން ޒަވާޖީ ހަޔާތް ފަށަން ގޮށްޖެހީމަ އަރައި އެމީހުން ނޮޅާ ހުސްކޮލިއެވެ.

ބައިލައްކައަށްވުރެ ގިނަ ރުފިޔާއަށް ރަން ކިޔައިގެން އެކަމާއި ހިތްހަމަ ނުހިގެން އިން ފިރިހެން މީހާ ވެސް ޝަކުވާއެއް ނުކުރެއެވެ. އެއީ އޭނާގެ ޖީބުން ކުރި ޚަރަދެކެވެ. އޭނާ ދިން އެއްޗެކެވެ. ރަނުގެ އަދަދު ފެނި ފޭސްބުކާއި އިންސްޓަގްރާމާއި ޓިކްޓޮކްގައި ހިތުހުރި އެއްޗެހި ކިޔާފައި އެބަހުއްޓެވެ. އެއްބައި މީހުން ކިޔަމުންދިޔައީ ލިބެން އޮތްތަނުގައި ލިބިގަންނާށެވެ. އަނެއްބައި މީހުން ކިޔަމުން ދިޔައީ ނޫނޭވާ އެއްފަހަރުން މުއްސަނދިވާށެވެ.

ސުވާލަކީ ރަނުގެ ގޮތުގައި ކިޔާ އެއްޗެއް އަދާކުރަން ޖެހޭނީ މުޖްތަމައުންތޯއެވެ. ފިރިހެން ކުއްޖާ ރަން ދައްކަން ޖެހޭނީ، އަދި އޭނައަށް ދޭ ރަނަކީ ރަށުގެ އެންމެން ހޯދައިދޭން ޖެހޭ އެއްޗެއް ނޫނެވެ. ފަންޑު ފޮއްޓެއް ބަހައްޓައިގެން ހޯދަދޭންޖެހޭ އެއްޗަކަށް ނުވެއެވެ. އެއީ ރައްޔިތުން ޒިންމާ ނަގަންޖެހޭ އެއްޗެއް ނޫނެވެ.

ރަނުގެ ގޮތުގައި 50 ހާސް ނުވަތަ ލައްކައެއްހާ ރުފިޔާ ކިޔުމަކީ އިންނަ މީހާއާއި އިންނަން އުޅޭ މީހާއާއި ދެމީހުންގެ ދެމެދުގައި އޮންނަ ކަމެކެވެ. މީހުންނާ އިންނަ އިރު ރަންކިޔަނީ ސަޕްރައިޒަކަށް ނުވަތަ ސަސްޕެންސަކަށް އޮންނަ އެއްޗެއް ނޫނެވެ. ދެމީހުން ވާހަކަވެސް ދައްކާ ބައެއް ފަހަރު ރީތި އަދަދުތައް ކިޔަން ނުވަތަ އެކި ކަންކަމާއި ގުޅުވައިގެންވެސް ކިޔައެވެ. އެއީ ޓަސްލާފައި އަންހެން ކުއްޖާ ކިޔާ އަދަދެއް ނޫނެވެ.

ދުވަހަކުވެސް މީހަކު ކުޑަ ރަނެއް ކިޔައިގެން އެކަމާއި އެއްޗެއް ނުކިޔައެވެ. ދެން ކުޑަ އަގެއް ކީމަ ކިޔަންވީ އެއީ ކޮންކަހަލަ މީހެއްތޯ އާއި، ބަލާ ބޮޑުކުރީމަ ދެނީ ބައި ރުފިޔާތޯ ހެއްޔެވެ. ދީނުގައި ރަނުގެ ގޮތުގައި ވަކި އަދަދެއް ކިޔާކަށް ނޯވެއެވެ. އެއީ އަންހެން ކުއްޖާގެ އިޚުތިޔާރުގައި އޮންނަ ކަމެކެވެ. ބައި ލާރިއަށް ކިޔަސް މިލިއަނަކަށް ކިޔަސް އެކަމާއި ބަޔަކު ބެހެން ނުޖެހެއެވެ. އަސަރު ކުރަންޏާ އެވަރުގެ ރަން ދޭނެ މީހަކު ހޯދާ އިންނަން ފުރުސަތުވެސް އެބަ އޮތެވެ. ނޫނީ އިން އިރު ކީ ރަން ކުޑަ ނަމަ ކައިވެނި ރޫޅާލާ އަލުން ބޮޑު އަދަދެއް ވެސް ކީދާނެއެވެ. ބައެއްމީހުން ހަމަ ނުބެހޭ އެއްކަމެއް ވެސް ނޯންނަނީއެވެ.

ކައިވެނިރަން ކިޔުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
އަނިޔާ ދިނީ ޓާގެޓްކޮށްގެން، އަނިޔާ ކުރުމަށްފަހު ފުރައްސާރަ ކުރި: ޠާލިބު

އަނިޔާ ދިނީ ޓާގެޓްކޮށްގެން، އަނިޔާ ކުރުމަށްފަހު ފުރައްސާރަ ކުރި: ޠާލިބު

17 މާރިޗު 2018
ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!

ސިއްހަތަށް ފައިދާ ހުރި ކެއުމަށް ލޯބިކުރާ މީހުންނަށް ރަނުގެ ފުރުސަތެއް!

14 މާރިޗު 2018
އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !

އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !

09 މާރިޗު 2018
އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!

އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!

17 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު