Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގިނަބަޔަކު އެކުގައި ކައިވެނިކުރުން

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

ވެރިރަށް ކާބުލްގައި ބޭއްވުނު މި ޚާއްސަ އިވެންޓް އިންތިޒާމްކޮށްފައި ވަނީ ޗެރިޓީ ޖަމާއަތަކުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 26 ޑިސެމްބަރު 2023 | އަންގާރަ 13:49
އަފްޣާނިސްތާނުގައި ބޭއްވުނު "މާސް" ވެޑިންގ

އަފްޣާނިސްތާނުގައި ބޭއްވުނު "މާސް" ވެޑިންގ

އަފްޣާނިސްތާނުގައި 50 "ކަޕްލްސް" ގުޅިގެން، އެކުގައި ކައިވެނި ހަފްލާ ބާއްވައިފިއެވެ. މިއީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރި ކަމެކެވެ. އެހެނީ ސަގާފީ ކައިވެނި ހަފްލާއަކަށް ވަރަށް ބޮޑު ޚަރަދެއް ހިނގާއިރު، އާމްދަނީ މަދުން ލިބޭ ފަރާތްތަކުން އެފަދަ ބުރައެއް އުފުލުން އެއީ ބުރައަކަށް ވާތީއެވެ.

އަންގާރަ ދުވަހު ބޭއްވުނު ކައިވެނި ހަފްލާގައި އަންހެނުންނާއި ފިރިހެނުން ތިބީ ވަކިން ދެތަނެއްގައި ކަމަށް ވެއެވެ. އަދި އަންހެނުން ފެނިފައިވަނީވެސް ކެއުމަށް އިންސާފް ކުރުމަށްފަހު ކަމަށް ވެއެވެ.

ވެރިރަށް ކާބުލްގައި ބޭއްވުނު މި ޚާއްސަ އިވެންޓަށް ޚަރަދުކޮށްފައި ވަނީ ޗެރިޓީ ޖަމާއަތަކުން ކަމަށް ވެއެވެ. އެފަރާތުން ވަނީ ކޮންމެ ދެމަފިރިޔަކަށް ކާޕެޓަކާއި ހިފާގެންގުޅޭ ބައެއް އެޕްލަޔަންސް ދީފައެވެ.

ކައިވެނި ހަފްލާ ޤުރުއާން ކިޔަވާފައި ވީނަމަވެސް، އެއްވެސް ކަހަލަ މިޔުޒިކެއް ޖަހައި ޑާންސްކޮށްހަދާފައި ނުވާކަމަށް ޚަބަރުލިބެއެވެ. މިކަންކަން ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ޠާލިބާނުން އަލުން ވެރިކަމަށް އައިފަހުން މުޅިން މަނާކޮށްފައެވެ.

ކައިވެނި ހަފްލާ ނިމުމަށްފަހު ކޮންމެ ކަޕްލްއެއް ވަނީ ފެހިކުލައިގެ ރިބަނާއި ޕްލާސްޓިކް ފިނިފެންމަލުން ނަލަކޮށްފައިވާ ކާރުތަކެއްގައި ގޭގެއަށް ގެންގޮސްފައެވެ.

އަފްޣާނިސްތާނުގައި ސަގާފީ ހަރަކާތްތަކާއެކު ބާއްވާ ކައިވެނި ޕާޓީއަކަށް އާންމުގޮތެއްގައި 200،000އާ 250،000އާ ދެމެދުގެ އަދަދަކަށް އަފްޣާނީސް ޚަރަދުވާކަމަށް ވެއެވެ. ނަމަވެސް އެންމެން އެކުގައި ބޭއްވުމުން ޚަރަދުވަނީ 10،000އާ 15،000އާ ދެމެދުގެ އަދަދަކަށް ކަމަށް ވެއެވެ.  

އަފްޣާނިސްތާންކައިވެނި

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު